Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް ދިން ހަމަލާ

ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާ – 25 ތަނެއް ބަލައި ފާސްކޮށް 14 މީހަކު ހައްޔަރުކޮށްފައިވޭ

150ށް ވުރެ ގިނަ މީހުން މައުލޫމާތު ހިއްސާކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 09:55
ރައީސް ނަޝީދަށް ދިން ހަމަލާގައި އައިޑީ ގޮއްވާލި ސަރަހައްދުގައި ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދަނީ

ރައީސް ނަޝީދަށް ދިން ހަމަލާގައި އައިޑީ ގޮއްވާލި ސަރަހައްދުގައި ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދަނީ

މެއި 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މިހާތަނަށް 25 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް މަސް ދުވަސް ވެފައިވާ އިރު، އާދީއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ހަމަލާއަށްފަހު މިހާރު ކުރިއަށްގެންދެވޭ ތަހުގީގަށް އެކި ގޮތްގޮތުން މައުލޫމާތު ހާމަކޮށްފައިވާ 150ށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އަދި އާންމު ފަރާތްތަކުން ލިބުނު މައުލޫމާތާއި ފުލުހުންގެ ތެރެއިން ލިބުނު މައުލޫމާތުގެ މައްޗަށް މިހާތަނަށް ޖުމްލަ 25ށް ވުރެ ގިނަ ތަންތަން ބަލައި ފާސްކޮށް 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝިފާއު ވިދާޅުވީ މި ތަހުގީގަށް އާންމުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުން ލިބެމުންދާ ކަމަށާއި، މި މައްސަލައާ ގުޅިގެން ކްރައިމް ސީން އަދި ބަލައި ފާސްކުރެވުނު ތަންތަނުގެ ތެރެއިން ހޯދުނު ތަކެތީގެ ތަހުލީލުތައް ދިވެހި ފުލުހުންގެ ފޮރެންސިކް ސަރވިސް އިން ކުރަމުންދާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް ބޭނުންވާ ވަސީލަތްތައް ބޭނުންކޮށްގެން ފޮރެންސިކްކޮށް ތަހުގީގު އެކިއެކި މަރުހަލާތަކުގައި ތަހުގީގަށް ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ތަހުގީގުގައި ފޯކަސްކޮށްގެން މަސައްކަތް ކުރަމުން ދަނީ އަމަލީގޮތުން ބައިވެރިވި މީހުންގެ އިތުރުން ހަމަލާ ރާވައި ހިންގުމުގައި ބައިވެރިވާ ފަރާތްތަކާއި އަދި ހަމަލާ ދިނުމަށް މާލީ ގޮތުން އެއްވެސް އެހީތެރިކަމެއް ދީފައިވޭތޯ ބެލުމަށް ކަމަށެވެ. އެގޮތުން މި މައްސަލައިގައި އެކި ދައުރު އަދާކުރި ސަސްޕެކްޓުންގެ ތެރެއިން މުހިންމު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލީ ގޮތުން މިކަމަށް ބަޔަކު ހޭދަކޮށްފައިވޭތޯ ބަލައި މި އޭރިއާގެ ތަފްސީލީ ތަހުގީގެއް ކުރިއަށް ގެންދާކަމަށް ފުލުހުން ބުނެއެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި، އަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ އެކަމަށް ވާގިވެރިވާ ފަރާތްތައް އަދި އެފަރާތްތަކުން އެ މޭރުމުން ހިންގާ މަސައްކަތްތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ބާރުގެ ބޭނުން ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ސީދާ އެ މައްސަލައާ ގުޅުންހުރި 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަރުކަށި ފިކުރު ފަތުރާ އަދި ރާވައި ހިންގާކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ތަހުގީގަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ތަހުގީގެއް ކަމަށާއި، މި ތަހުގީގުގައި ވަކިވަކި ފަރާތްތައް ބައިވެރި މިންވަރާއި އެ ހުރިހާ މައުލޫމާތެއް ހޯދަމުންދާ ކަމަށެވެ. އަދި ހައްޔަރު ކުރެވުނު 4 މީހުންނަކީ ލިމިޓެއް ނޫން ކަމަށާއި، މި މައްސަލަ އަދިވެސް ބަލައި ކަންކަން ހޯދާ ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގަމުންދާނެ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސްއެމްޑީޕީރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާޓެރަރިސްޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު