Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
"ލޯތްބާއެކު" ކެމްޕޭން ނިންމާލުން

ދިވެހިންގެ އެހީ މިފަހަރު 16 ޤައުމެއްގައި ހާލުގައި ޖެހިފައިތިބި 62،000ށް ވުރެ ގިނަ މީހުންނާ ހަމައަށް

މި ފަހަރުގެ ކެމްޕޭނަށް ޖުމުލަ 7،117،852.84 ރުފިޔާ ވަނީ ލިބިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 06:04
އައިއޭސީއިން ކުރިއަށްގެންދިޔަ "ލޯތްބާއެކު" ކެމްޕޭންގެ ތަފުސީލު ހާމަކޮށްދޭ ޗާޓު

އައިއޭސީއިން ކުރިއަށްގެންދިޔަ "ލޯތްބާއެކު" ކެމްޕޭންގެ ތަފުސީލު ހާމަކޮށްދޭ ޗާޓު

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމްޢިއްޔާތަކެއް އެކުވެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016ވަނަ އަހަރު ރާއްޖޭގައި ފެށި ހަރަކާތެކެވެ. މި ކެމްޕެއިނުންވަނީ ސީރިޔާގެ އެކިސަރަހައްދުތަކާއި ރޮހިންޔާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ. އައިއޭސީ ވުޖޫދުވެގެން އައިތާ 4 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި މުއްދަތުގައި އެކި ނަންނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދަނީ ކެމްޕޭންތައް ހިންގަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީވުމުގެ ގޮތުން ފެށި މި ހަރަކާތް މިއަދު މިވަނީ ފުޅާކޮށް ހާލުގައި ޖެހިފައިތިބި ވީހާވެސް ގިނަ މީހުންނަށް އެހީވުމުގެ އަމާޒަށް ދަތުރުފަށާފައެވެ. އަދި ވަކިން ޚާއްސަކޮށް އައިއޭސީގެ "ލޯތްބާއެކެ" ކެމްޕޭނަށް އާންމުންގެ ތަރުހީބު ލިބޭ މިންވަރު އިތުރުކަން ފާހަގަކުރެވެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ހަރަކާތްތަކުގެ މަޢުލޫމާތު ރާއްޖެ އެމްވީީއާއި ހިއްސާކުރައްވަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ މީޑިއާ އެންޑް ޕީއާރް ޑިރެކްޓަރ އަޒްހަދު ވިދާޅުވީ މިފަހަރު ރޯދަމަހަށް ޚާއްސަ "ލޯތްބާއެކު" ކެމްޕޭންގެ ސްކޯޕް ވަރަށް ފުޅާވިކަމަށެވެ. އެގޮތުން 16 ސަރަހައްދެއްގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް މިއަހަރު އެހީވެފައިވާކަމަށެވެ. މި ފަހަރުގެ ކެމްޕޭނަށް ޖުމުލަ 7،117،852.84 (ހަތް މިލިއަން ސަތޭކަ ސަތާރަ ހާސް އަށްސަތޭކަ ފަންސާސް ދެ ރުފިޔާ އަށްޑިހަ ހަތަރު ލާރި) ދިވެހިން ހަދިޔާކޮށްފައިވާކަމަށެވެ. މި ފައިސާއިން 16 ޤައުމެއްގެ ހާލުގައި އުޅެމުންދާ 10،368 ޢާއިލާއަކަށް ނިސްބަތްވާ 62،884 މީހަކަށް ވަނީ އެހީ ވެދީފައެވެ. އަޒްހަދު ވަނީ ފޯރުކޮށްދީފައިވާ އެހީގެ ތަފުސީލު ވެސް ހާމަކުރައްވާފައެވެ. އެގޮތުން 35 ހައިޖީން ކިޓް، 1 އިލެކްޓްރިކް ވީލް ޗެއަރ، 5213 ހޮޓް މީލް ޕެކް، 4882 ކާބޯތަކެތީގެ ޕެކޭޖްތައް ހިމެނެއެވެ. މީގެ އިތުރުން މި އެހީގެ ދަށުން 1 އީދު ހަރަކާތް ހިންގާފައިވާއިރު، 2096 މީހަކަށް އީދު ހަދިޔާއާއި ހެދުން ވަނީ ގަނެދީފައެވެ. އަދި 140 ގޮދަޑިއާއި ރަޖާގަނޑު ގަނެފައިވާއިރު، މި ފައިސާއިން 1 ގެއެއް ވަނީ މަރާމާތު ވެސް ކޮށްފައެވެ. އަދި ޔަމަނަށް އެމަޖެންސީ ނިއުޓްރިޝަން ރެސްޕޮންސެއް ވެސް މިއެހީއިން ވަނީ ފޮނުވާފައެވެ.

މި އަހަރުގެ ކެމްޕޭން ހާއްސަ ކުރެވުނީ ސީރިއާ، ފަލަސްތީން، ޔަމަން، ލުބްނާން، އުރުދުން، ތުރުކީގެ އުއިގަރ މުސްލިމުން، ނޭޕާލް، މިޔަންމާ، ބަންގްލަދޭޝް، ސޯމާލިއާ، ޗާޑް، ގާނާ، މާލީ، ނައިޖަރ، އިންޑޮނޭޝިއާ އަދި ސްރިލަންކާއެވެ. އަޒްހަދު ވިދާޅުވީ، މި ފަހަރުގެ ކެމްޕޭންގެ މަޤްސަދަކަށްވީ ރޯދަމަހަށް އާއިލާތަކަށް ފުދޭވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، އާއިލާތަކަށް ބޭނުންޖެހިފައިވާ އެންމެ ޒަރޫރީ ކަންކަން ފުއްދުމަށް އެހީވުންކަމަށެވެ. އެގޮތުން މީގެ ކުރީގެ "ލޯތްބާއެކު" ކެމްޕޭންތައް ފަދައިން މިިފަހަރު ވެސް އެއިޑް ޕެކޭޖްއަށް ވަކިވަރެއް ކަނޑައަޅާފައިވާއިރު، މިފަހަރުގެ ޕެކޭޖްގެ އަގަކީ 1125 ރުފިޔާއެވެ. އެހެންނަމަވެސް ކޮންމެ ބޭފުޅެއް ވެސް އެބޭފުޅަކަށް ވެވުނު މިންވަރަކުން ހަދިޔާކުރައްވައިގެން މި ކެމްޕޭނުގައި ބައިވެރިވެވޭނެކަމަށް އަޒްހަދު ވިދާޅުވިއެވެ. ނާއިފް ވިދާޅުވީ އައިއޭސީގެ ޕްރޮޖެކްޓްގެ އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި، ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 އިންސައްތަ ހިމެނޭގޮތަށް ކަމަށެވެ.

16 ޤައުމަކަށް އެހީވުމަށް ކުރިއަށްގެންދިޔަ "ލޯތްބާއެކު" ކެމްޕޭން ނިންމާލާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ "ލޯތްބާއެކު"ގެ ޚާއްސަ ކެމްޕޭން ވެސް ޖޫން 5ގައި ވަނީ ނިންމާލާފައެވެ. މިގޮތުން މިހާތަނަށް އައިރު މި ކެމްޕޭނަށް 8.48 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި ކެމްޕޭންގެ ދަށުން ލިބުނު އެހީގެ ފުރަތަމަ ގާފިލާ ޣައްޒާއަށް ގޮސްފައިވާއިރު، އިތުރު ގާފިލާތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ގާފިލާގައި 730,000 ދިވެހި ރުފިޔާގެ އިމަޖެންސީ އެހީ ހިމެނެއެވެ. އެންމެ ގަދަޔަށް ހަމަލާދިން ގާޒާގެ ދެކުނުގައި އޮންނަ "ބައިތު ހަނޫން" އަށް ބޮން އެޅުމުގެ ސަބަބުން ކަރަންޓު ނުލިބި، ފެނުން މަހްރޫމުވެފައި ތިބި ރައްޔިތުންނަށް މޯޓަރު މެދުވެރިކޮށް ފެން ނަގާ މެޝިނަށް ކަރަންޓް ފޯރުކޮށްދިނުމަށް 7،000 ލީޓަރުގެ ތެޔޮ ވަނީ ފޮނުވާފައެވެ. މި އެހީގެ ސަބަބުން މި ޙާލުގައި ފަލަސްތީނުގެ 70،000 ރައްޔިތުންނަށް ފެނުގެ ޔަޤީންކަން ލިބިގެންދާނެއެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް 90 ކަޅުހަމާއި 500 އާއިލާއަށް އެއް މަސްދުވަހަށް ވާވަރަށް ކާބޯތަކެތީގެ ޕެކޭޖްތައް އަދި 60 މެޑިކަލް މުއައްޒަފުންނަށް ބޭނުންކުރެވޭވަރުގެ މެޑިކަލް ކިޓް ވަނީ ފޮނުވާފައެވެ. އަޒްހަދު ވިދާޅުވީ ގާޒާގެ ސިޓީ ކައުންސިލްއާ މިތަކެތި މިހާރު ހަވާލުކޮށްފައިވާ ކަމަށާއި ކައުންސިލްގެ ލަފާގެ މަތިން އެތަކެތި ބެހުމުގައި އައިއޭސީގެ ޕާރޓްނަރުން ހަރަކާތްތެރިވާނެކަމަށެވެ.

ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވި 2020 ވަނަ އަހަރު ވެސް އައިއޭސީގެ ހަރަކާތްތައް ވަނީ ހުއްޓުމެއް ނެތި ކުރިއަށްގެންގޮސްފައެވެ. އެގޮތުން ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އައިއޭސީއިން ފާހަގަކުރެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ޕެންޑެމިކްގެ ދަނޑިވަޅުގައި ވެސް ދިވެހިންގެ ހިތްހެޔޮކަން މި ކެމްޕޭން ޒަރިއްޔާއިން ދައްކުވައިދީފައިވާ ކަމަށް އައިއޭސީން ބުންޏެވެ. އެގޮތުން މި ދިޔަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގައި އެކަނިވެސް 2.4 މިލިއަން ރުފިޔާގެ އެހީ މި ކެމްޕޭނަށް ވަނީ ލިބިފައެވެ.

އައިއޭސީފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު