Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކުރުން

ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި 4 ވަނަ މީހަކު ހައްޔަރުކޮށްފި

6 ޖޫން 2021 | އާދީއްތަ 05:30

ހޮނިހިރު ދުވަހު ހެނދުނު ވެސް ކޯޓު އަމުރެއްގެ ދަށުން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 6 ޖޫން 2021 | އާދީއްތަ 05:30
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން

ހދ. ކުޅުދުއްފުށިން މީހަކު ރަހީނުކުރި މައްސަލައިގައި މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށިން ރަހީނުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ހަސަން އިބްރާހިމެވެ. އޭނާ ރަހީނުކޮށް އޭނާއަށް ބޮޑެތި އަނިޔާތައް ވެސް ކޮށްފައިވެއެވެ. ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހޮނިހިރު ދުވަހުގެ ރޭ 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެ ދުވާލުގެ ވަގުތުގައި ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. މިއީ އެ މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހާއެވެ. މީގެ ކުރިން އެ މައްސަލައިގައި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ވެސް ހައްޔަރުކުރިއެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ, ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައި ވާކަމަށެވެ. މިކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މެއި 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ރާއްޖެ އެމްވީއާ ވާހަކަދެއްކި ކުޅުދުއްފުށި ރައްޔިތަކު ބުނީ ޒުވާނާއަށް އަނިޔާކުރީ ވައްކަން ކުރާތީކަމަށް ބުނެއެވެ. އޭނާ އެތައް ތަނަކުން ވައްކަން ކުރާ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއް މިފަހަކުން އާންމު ވިކަމަށެވެ. ހަމަލާ ދިނީ އޭނާ ވައްކަން ކުރާތީ އެކަމާ ރުޅިގަދަވެގެން ކަމަށް ވެސް މި މީހާ ކިޔައިދިނެވެ.

ޒުވާނާއަށް ލިބުނު އަނިޔާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އަދި އޭނާގެ ހާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު އަންނީ އޭޑީކޭގައި ފަރުވާދެމުންނެވެ. މި ޒުވާނާގެ ބޮލުގެ ނާށިގަނޑުގެ ދެ ފަރާތުން ފަޅައިގެން ގޮސް ސިކުނޑިއަށް ގިނަ އަދަދަކަށް ލޭ އެޅިފައިވާތީ، ބޮލުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

މިމައްސަަލަ ފުލުހުންދަނީ ތަޙްޤީގު ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް