Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - އޭޝިއަން ކޮލިފައިން

ސީރިއާ އަތުން ބަލިވެ ރާއްޖެއަށް ހުރަސްތަކެއް

4 ޖޫން 2021 | ހުކުރު 18:00

ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު ހަތަރުވަނައިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖޫން 2021 | ހުކުރު 18:00
ރާއްޖެ އާއި ސީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސީރިއާ މޮޅުވީ 4-0 ން

ރާއްޖެ އާއި ސީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސީރިއާ މޮޅުވީ 4-0 ން

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ސީރީއާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ދުބާއީގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް މި މެޗުގައި ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. ރާއްޖޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ސީރިއާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ހާފުގައި ރާއްޖެއަށް އެންމެ ހަމަލާއެއް އުފެއްދުނު ނަމަވެސް، މިޑްފީލްޑަރު މުޙައްމަދު އުމެއިރު ފޮނުވާލި ހަމަލާ ދިޔައީ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ސީރިއާއިން ތިން ލަނޑުގެ ލީޑެއް ނެގިއިރު، މެޗުގެ 29 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ މަހުމޫދު އަލް-މަވާސްއެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ކުރި ފައުލަކަށް ސީރިއާއަށް ޕެނަލްޓީއެއް ދިންއިރު، އަޔަން އޮސްމަން ވަނީ މި ޕެނަލްޓީ އެ ގައުމަށް ކާމިޔާބުކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު އިތުރު ޕެނަލްޓީއަކުން ސީރިއާގެ އަލް-މަވާސް ވަނީ އެ ގައުމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ ސަމޫހު އަލީ (ސަމުއްޓެ) ގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ރާއްޖެއަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. އެގޮތުން އޭރިއާ ތެރެއިން ރާއްޖޭގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ސީރިއާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. އެކަމަކު މެޗުގެ 72 ވަނަ މިނެޓުގައި ސީރިއާއަށް އިތުރު ޕެނަލްޓީއެއް ދިންއިރު، މި ޕެނަލްޓީ ކާމިޔާބުކޮށް އަލް-މަވާސް ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ މުޙައްމަދު ސާއިފް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން ސީރިއާ މޮޅުވި ނަމަވެސް، އެ ގައުމުން މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެ ގައުމުގެ މުޙައްމަދު އަޖާނަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. ރެފުރީ އޭނާއަށް ދެވަނަ ރީނދޫ ކާޑު ދެއްކީ އޭރިއާ ތެރެއިން ޑައިވްކުރި ކަމަށް ނިންމުމަށްފަހުއެވެ.

މި މެޗުން ހޯދި މޮޅާއެކު ސީރިއާއިން ވަނީ ގްރޫޕް އޭގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން ގްރޫޕުގެ އެއްވަނައިގައި ސީރިއާ އޮތީ ހަ މެޗުން 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޗައިނާއަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ފިލިޕީންސަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އަދި ފުލުގައި އޮތީ ފަސް މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، 2023 ވަނަ އަހަރު ބާއްވާ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބޭނީ ތާވަލުގެ ކުރީގައި އޮންނަ ތިން ގައުމަށެވެ. އަނެއް ދެ ގައުމު ޖެހޭނީ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ޕްލޭއޮފް ކުޅެންށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް