Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިޒަރ ވެކްސިން

އުމުރުން 12 އަހަރާ 15 އަހަރުގެ ކުދިންނަށް ފައިޒަރ ވެކްސިން ޖެހުމުގެ ހުއްދަ އިނގިރޭސިވިލާތުން ހުއްދަދީފި

4 ޖޫން 2021 | ހުކުރު 17:01

މި ވެކްސިން ޖެހުމުގެ ހުއްދަ ދީފައި ވަނީ ގިނަ ދިރާސާ ތަކަކަށްފަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 ޖޫން 2021 | ހުކުރު 17:01
ފައިޒަރ އަދި ބައޯއެންޓެކް ވެކްސިން

ފައިޒަރ އަދި ބައޯއެންޓެކް ވެކްސިން

އިނގިރޭސިވިލާތުގައި، އުމުރުން 12 އަހަރާ 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ޖެހުމުގެ ހުއްދަ ދީފިއެވެ.

ފައިޒަރ ވެކްސިން އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައިވާ އިނގިރޭސިވިލާތުން، 12 އަހަރުން މަތީގެ ކުދިންނަށް މި ވެކްސިން ޖެހުމުގެ ހުއްދަ ދީފައި ވަނީ ގިނަ ދިރާސާތަކަކަށްފަހު އެވެ. އެގޮތުން މިހާތަނަށް ކުރިއަށް ގެންދެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ފައިޒަރގެ ވެކްސިނަކީ ކުޑަކުދިންނަށް ޖަހަން އެކަށީގެންވާ ވެކްސިނެކެވެ. މި ވެކްސިނުން ކުޑަކުދިންނަށް ގެއްލުން ނުވާއިރު، މިވެކްސިނުން ކުޑަކުދިން ކޮވިޑުން ރައްކާތެރިކޮށްދެއެވެ.

Advertisement - newsAdvertisement

އިނގިރޭސިވިލާތުން މިކަމަށް ހުއްދަ ދިނުމާއި އެކު އެގައުމުގެ ސްކޫލް ދަރިވަރުންނަށް ވެކްސިން ކެމްޕޭނެއް ފެށުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ކުޑަކުދިންނަށް ކޮވިޑުން ކުރާ އަސަރު ކުޑަ ކަމަށް ދައްކާއިރު، ކޮވިޑަށް ޕޮޒިޓިވްވި ކުޑަކުދިންގެ ތެރެއިން ބަލީގެ ބޮޑު އަސަރެއް ކޮށްފައި ވަނީ މަދު ކުދިންނަށެވެ.

އަދި މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން މެޑިސިން އެޖެންސީ، އެމެރިކާ އާއި ކެނެޑާއިންވެސް ވަނީ މިއުމުރުފުރައިގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމުގެ ހުއްދަދީފައެވެ. މީގެއިތުރުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި އުމުރުން 16 އަހަރުން މަތީގެ މީހުންނަށް އަންނަނީ ފައިޒަރ ވެކްސިން ދެމުންނެވެ.

ފައިޒަރ އާއި ބައޯއެންޓެކް ވެކްސިނުން ކުޑަކުދިންނަށް ކުރާ އަސަރު ދެނެގަތުމަށް ކުރިޔަށް ގެންދިޔަ ޓްރެއަލްގެ ނަތީޖާ ވަނީ މާޗް މަހު ހާމަކޮށްފައެވެ. މިޓްރެއަލްގައި އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ 2260 ކުދިން ބައިވެރިކޮށްފައި ވާއިރު، މީގެ ނަތީޖާ ދައްކާގޮތުން އެކުދިންނަށް ވެކްސިން ދިނުމުން 100 އިންސައްތަ ވައިރަސް އިން ރައްކާތެރިކޮށްދެއެވެ.

ފައިޒަރގެ ޓްރެއަލްތަކުން ވެކްސިން ކާމިޔާބުކަން އެނގިފައިވާއިރު ކުޑަކުދިންނަށް ވެކްސިން ދިނުމުން ވައިރަސް އިން ދިފާއުވާ މިންވަރު ދެނެގަތުމުގެ ޓްރެއަލްތައް ވެކްސިން އުފައްދާ އެހެން ކުންފުނިތަކުން ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އެސްޓްރަޒެނިކާ އާއި މޮޑާނާ އަދި ޖޯންސަން އަދި ޖޯންސަން އިން އަންނަނީ އުމުރުން 6 މަހުގެ ކުދިންނާ ހަމައިން ވެކްސިން އިން ރައްކާތެރިކަން ލިބޭ މިންވަރު ދެނެގަތުމަށް ޓްރެއަލްތައް ކުރިޔަށް ގެންދަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް