Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިޝްކާ ނިޔާވުން

މިޝްކާގެ މަރު: އިހުމާލުގެ ތަހުގީގު ނިންމަން ބުނި ވަގުތު ފާއިތުވި އިރުވެސް ރިޕޯޓެއް ނުނެރެވުނު

3 ޖޫން 2021 | ބުރާސްފަތި 21:12

ބުރާސްފަތި ދުވަހުގެ މެންދުރު ހެލްތު މިނިސްޓްރީން ބުނީ އިހުމާލު ރިޕޯޓުގެ ތަފްސީލު މެންދުރު ފަހު ހާމަ ކުރާނެ ކަމަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 3 ޖޫން 2021 | ބުރާސްފަތި 21:12
ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ

ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ އާއިލާއާއެކު ކަރަންޓީނުގައި ހުރި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވެ، އޭނާ ނިޔާވި މައްސަލަ ތަހުގީގުކޮށް ބުދަ ދުވަހުގެ ރޭ ނެރޭނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވި ރިޕޯޓް ނުނެރެ ދުވަސް ނިމިއްޖެއެވެ.

މިޝްކާގެ ހާލު ދެރަވެ އެމްބިއުލާންސް އަށް ގުޅާތާ ދެ ގަޑި އިރަށް ވުރެ ގިނަ އިރުވީ އިރު ވެސް އެޗްޕީއޭ އަދި އައިޖީއެމްއެޗުން ވެސް އެއްވެސް ސިއްހީ އެހީތެރިކަމެއް ނުލިބި ތިން ގަޑި އިރަށް ގާތްވެފައި ވަނިކޮށް ކުއްޖާ ބަލާ އައި އިރު ހާޓްއެޓޭކެއް ޖެހި ސިކުންޑިވެސް މަރުވެ އެންމެ ފަހުން އެ ކުއްޖާ ނިޔާވި މައްސަލައިގައި ސިއްހީ ދާިއރާގެ ވަރަށް ބޮޑު ފެއިލިއަރއެއްވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު މިނިސްޓަރ ނަސީމް ވިދާޅުވީ، އެ ވަގުތު ކޯލްތަކަށް ޖަވާބުދިން ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި އެކަން މި މަހުގެ 1 ވަނަ ދުވަހު ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި، ބުދަ ދުވަހުގެ ރެއަށް ތަހުގީގު ނިންމައި އެ ރިޕޯޓުވެސް އާންމުކުރައްވާނެ ކަމަށެވެ. އަދި ފިޔަވަޅުވެސް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

Advertisement - newsAdvertisement

އޭގެ ފަހުން ބުރާސްފަތި ދުވަހުގެ މެންދުރު ހެލްތު މިނިސްޓްރީން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީން ބުނީ އިހުމާލު ރިޕޯޓުގެ ތަފްސީލު މެންދުރު ފަހު ހާމަ ކުރާނެ ކަމަށެވެ. އެކަމަކު ދުވަސް ނިމިގެން ގޮސް މިޝްކާގެ މަރަށް 48 ގަޑި އިރު ވެގެންދިޔަ އިރު ވެސް އެކަމުގެ އެއްވެސް ރިޕޯޓެއް އާންމުކޮށްފައެއް ނުވެއެވެ. އަދި ފަހުން ގުޅުމުން މިނިސްޓްރީން އެކަމާއި ގުޅޭ ސްޓޭޓްމެންޓެއް ބުރާސްފަތި ދުވަހުގެ ރޭ ނެރޭނެކަމަށް ބުނި ނަމަވެސް އެކަން ވެސް ކޮށްފައި ނުވެއެވެ.

މިޝްކާ ނިޔާވި މައްސަލާގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލެއް އޮތްތޯ ބަލަމުންދާއިރު، އެކަމުގައި މިނިސްޓަރގެ އިހުމާލެއް އޮތްތޯ ބައްލަވައި އޮތް ނަމަ އިސްތިއުފާ ދެއްވުމާ ދޭތެރޭ ވިސްނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިނިސްޓަރުގެ މައްސަލަ އަމިއްލައަށް ބައްލަވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިޝްކާ ނިޔާވި މައްސަލާގައި އާއިލާއިން ބުނީ މިޝްކާގެ ނޭވާއަށް އުނދަގޫ ވާން ފެށީ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރު އޮއްސުނު ފަހުން ކަމަށެވެ. އެއީ ކޮވިޑް-19ށް ޕޮޒިޓިވްވެ އައިސޮލޭޝަން އަށް ލީތާ 7 ވަނަ އަށް ވީ ދުވަހެވެ. އާއިލާއިން ބުނި ގޮތުގައި, އެމީހުން އެންމެ ފުރަތަމަ އެމްބިއުލާންސް އަށް ގުޅިީ އެރޭ 9:00 ގައެވެ. ގިނަ އިރުވެ އެމްބިއުލާންސް ނައުމުން އައިޖީއެމްއެޗް އަށް ވެސް ގުޅި ކަމަށާއި އެކަމަކު މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރުމުން އައިޖީއެމްއެޗްގެ އެމްބިއުލާންސްގައި މިޝްކާ ހޮސްޕިޓަލަށް ގެންދިޔުމަށް އިންކާރު ކުރި ކަމަށް އާއިލާއިން ބުނެއެވެ.

ގޮތް ހުސްވެ ހާސްވެފައި ތިބި މިޝްކާގެ މައިންބަފައިން ގެންދިޔައީ މެދު ނުކެނޑި އެޗްޕީއޭގެ އިމަޖެންސީ ނަންބަރަށް ގުޅަމުން ކަމަށް ވެސް ބުންޏެވެ. އެކަމަކު ގުޅާލާ ކޮންމެ ފަހަރަކު ވެސް އެމީހުންނަށް ލިބެނީ އެއް ޖަވާބެއް ކަމަށާއި ކޮންމެ ފަހަރަކު ވެސް އެޗްޕީއޭއިން ބުނަނީ މެޑިކަލް ޓީމަށް މައުލޫމާތު ހިއްސާ ކުރެވިއްޖެ ކަމަށާއި, މެޑިކަލް ޓީމުން ދާނެ ކަމަށެވެ.

އާއިލާއިން ބުނީ ދެ ގަޑިއިރާއި 30 މިނިޓް ފަހުން އެމްބިއުލާންސް އައިއިރު މިޝްކާ އޮތީ ހުއްޓިފައި ކަމަށެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި, އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ. އަދި މިޝްކާގެ ވިންދު އައީ އައިޖީއެމްއެޗްގެ އިމަޖެންސީގައި, ސީޕީއާރް ދޭތާ 20 މިނިޓް ފަހުންނެވެ. އެކަމަކު އޭރު ރެސްޕޮންޑްނުކޮށް ގިނަ އިރުވުމުގެ ސަބަބުން މިޝްކާގެ ސިކުނޑި ވަނީ މަރުވެފައި ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.

ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގެ ކުރިން އެ މައްސަލަ އެ ބޭފުޅުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭރުން ފެށިގެން އެކަން ބަލަމުން އަންނަ ކަމަށާއި، ޚުދު މިނިސްޓަރ އަމިއްލަފުޅަށް ވެސް އާއިލާއާ ކޮންޓެކްޓް ކުރެއްވި ކަމަށެވެ. އެގޮތުން އާއިލާއަށް ގުޅުއްވާ މާފަށް އެދިވަޑައިގެން ކަން ހިނގައިދިޔަ ގޮތް ތަފްސީލް ކޮށްދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ރައީސުލްޖމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެސް އާއިލާއަށް ގުޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް