Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ

އޮފިސަރުން ފުރައްސާރަ ކުރާކަމުގެ އަޑުތަކާއެކު ވެސް ނަވަލްނީ މިނިވަނެއް ނުކުރާނެ

ޖަލު އޮފިސަރުން މިކަމާ ފާޅުގައި ދެކޮޅު ހަދާފައެއް ނުވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 ޖޫން 2021 | ބުރާސްފަތި 09:33
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ

ޖަލު ބަލަހައްޓާ އޮފިސަރުންގެ ފަރާތުން އަނިޔާއާއި ފުރައްސާރަ ކުރިމަތި ވަމުންދާ ކަމުގެ އަޑާއެކު ވެސް ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަން ނުކުރާނެ ކަމަށް މައްސަލަ ބެއްލެވި ގާޒީ ނިންމަވައިފިއެވެ.

މިކަމާ ގުޅިގެން ނަވަލްނީ ވިދާޅުވެފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައި ޖަލުގައި ތިބޭ އޮފިސަރުންގެ ފަރާތުން އެތައް ފުރައްސާރައަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި ރޭގަނޑުގެ ހަމަ ނިދި ޖަލުން ނުލިބޭ ކަމަށް ނަވަލްނީ ވިދާޅުވެފައިވެއެވެ. ޖަލު އޮފިސަރުން މިކަމާ ފާޅުގައި ދެކޮޅު ހަދާފައިނުވާއިރު އެމީހުންގެ އަމަލުތަކުގެ ދިފާއުގައި ވަނީ ވާހަކަ ދައްކާފައެވެ.

ނަވަލްނީ ޖަލަށް ލުމާއެކު ގިނަބައެއްގެ ފާޑު ކިޔުން ރަޝިޔާއަށް އަމާޒުވެފައިވެއެވެ. މީގެ އިތުރުން ނަވަލްނީގެ ފައުންޑޭޝަން ފޯ ފައިޓިންގް ކޮރަޕްޝަނުން މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް ކޮށްފައިވާ ޓްވީޓެއްގައި ބުނީ ނަވަލްނީގެ ނަން ފްލައިޓް ރިސްކް ރެޖިސްޓަރ އިން ނަގަން ކޯޓުން ދެކޮޅުހަދާފައިވަނީ އޭނާ ފިލާފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ނަވަލްނީ އަކީ ޖަލަށް ލާނެ ކަމުގެ އިންޒާރާއެކު ވެސް އެނބުރި ގައުމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

ރަޝިއާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާ އިން މޮސްކޯއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީއަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރެވެ. އެކަމަކު ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ޖަރުމަނުގެ ހޮސްޕިޓަލެއްގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ނަވަލްނީ ހޮސްޕިޓަލުުން ދޫކޮށްލާފައިވާއިރު، އޮކްޓޯބަރު މަހުގެ 20 ހިސާބުގައި އާލާސްކަންފުޅުގެ ހުރިހާ އަލާމާތެއް ވެސް ފިލައިގެން ގޮސްފައިވާ ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

އެއާއެކު ރަޝިއާގެ ސަރުކާރުން އޭރުވެސް ވަނީ ނަވަލްނީ އަނބުރާ ގައުމަށް ގެނައުމަށް ވަރަށް ބޮޑަށް ބާރު އަޅާފައެވެ. ނަވަލްނީއަކީ ޙުކުމެއްގެ ދަށުން ސަސްޕެންޝަނެއްގައި ހުންނެވި ބޭފުޅަކަށްވެފައިި، ގައުމުން ބޭރުގައި ހުންނެވީ ސަސްޕެންޝަންގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ރަޝިއާގެ ޕްރިޒަން ސަރވިސް އިން ވަނީ ވަގުތުން ނަވަލްނީ އެނބުރި ގައުމަށް ވަޑައިގަތުމަށް އަމުރު ކޮށްފައެވެ.

އަދި އަނބުރާ ވަޑައިނުގަންނަވައިފި ނަމަ ސަސްޕެންޝަން ޖަލު ޙުކުމަކަށް ބަދަލުވެގެން ދިއުން ގާތް ކަމަށް ޕްރިޒަން ސަރވިސް އިން އޭރު ބުނެފައިވެއެވެ. އެންމެ ފަހުން އަނބުރާ ގައުމަށް ވަޑައިގަތުމާއެކު ނަވަލްނީއަށް ވަނީ ޖަލު ޙުކުމްވެސް އިއްވާފައެވެ.

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2018

ޖިންސީ ފުރައްސާރަ ކުރާ ފަރާތްތައް ޒިންމާދާރުކުރުވުމުގެ ޤަރާރެއް އދގެ އާންމު މަޖިލީހަށް

20 ނޮވެމްބަރު 2018
ޖިންސީ ފުރައްސާރަ ކުރާ ފަރާތްތައް ޒިންމާދާރުކުރުވުމުގެ ޤަރާރެއް އދގެ އާންމު މަޖިލީހަށް
18 އޮކްޓޯބަރު 2018

ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ގުޅިގެން އިންޑިއާގެ ޖޫނިއަރ ފޮރިން މިނިސްޓަރ އިސްތިއުފާ ދެއްވައިފި

18 އޮކްޓޯބަރު 2018
ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ގުޅިގެން އިންޑިއާގެ ޖޫނިއަރ ފޮރިން މިނިސްޓަރ އިސްތިއުފާ ދެއްވައިފި
06 އޮކްޓޯބަރު 2018

ޖިންސީ ފުރައްސާރައާ ދެކޮޅަށް އިންޑިއާގެ އަންހެން ނޫސްވެރިން ތެދުވެއްޖެ

06 އޮކްޓޯބަރު 2018
ޖިންސީ ފުރައްސާރައާ ދެކޮޅަށް އިންޑިއާގެ އަންހެން ނޫސްވެރިން ތެދުވެއްޖެ
26 ސެޕްޓެމްބަރު 2018

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ކޮމީޑިއަން ބިލް ކޮސްބީ ޖަލަށްލާން ހުކުމްކޮށްފި

26 ސެޕްޓެމްބަރު 2018
ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ކޮމީޑިއަން ބިލް ކޮސްބީ ޖަލަށްލާން ހުކުމްކޮށްފި
25 ޑިސެމްބަރު 2017

ޕޫޓިންއާ ވާދަކުރެއްވުމުގެ މަސައްކަތް ނަވަލްނީ ފައްޓަވައިފި

25 ޑިސެމްބަރު 2017
ޕޫޓިންއާ ވާދަކުރެއްވުމުގެ މަސައްކަތް ނަވަލްނީ ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު