Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލަރަކު އެމްޑީޕީއަށް

އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކޮށްފި

ސޮއިކުރީ ހުކުރު ދުވަހު ރޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 13 މެއި 2017 | ހޮނިހިރު 01:06
އަބްދުﷲ ރަޝީދު އެމްޑީޕީގެ މެމްބަރޝިޕް ފޯމުގައި ސޮއިކުރަނީ

އަބްދުﷲ ރަޝީދު އެމްޑީޕީގެ މެމްބަރޝިޕް ފޯމުގައި ސޮއިކުރަނީ

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބު ކާމިޔާބުކުރެއްވި ކައުންސިލަރު އިދިކޮޅު އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

އިދިކޮޅު އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ ނިމިދިޔަ އިންތިޚާބުގައި ގދ. ވާދޫ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި އަބްދުﷲ ރަޝީދެވެ. އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ހުކުރު ދުވަހުގެ ރޭގަ އެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން 252 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އޭގެ ތެރެއިން 101 ކެންޑިޑޭޓަކު އިންތިޚާބު ކާމިޔާބުކޮށްފައިޥަ ކަމަށް ދައްކައެވެ.

ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކާމިޔާބު ހޯއްދެވި ކެންޑިޑޭޓަކު އެމްޑީޕީއަށް ސޮއިކުރެއްވިއިރު، އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި ގިނަ ކެންޑިޑޭޓުންނަކީ ޕީޕީއެމް ފިކުރަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ކަމަށް ރައީސް ޔާމިންގެ ފެކްޝަނުން ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރެއްވި އެހެން އެއްވެސް ކެންޑިޑޭޓެއް އެއްވެސް ޕާޓީއަކަށް ސޮއިކުރިކަން މިހާތަނަށް އެނގިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު