Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައިލޯ ޔޫރޯ ފޯރި 2021

މުޙައްމަދު ޝިޔާޒް: ގްރޫޕް ޑީ އާއެކު ބޮޑު ހިތްހަމަޖެހުމެއް

3 ޖޫން 2021 | ބުރާސްފަތި 09:40

އެ ގްރޫޕުގައި ހިމެނެނީ އިންގްލެންޑް، ޗެކް ރިޕަބްލިކް، ކްރޮއޭޝިއާ އަދި ސްކޮޓްލެންޑް

އަތޫފް އާތިފް
އަތޫފް އާތިފް | 3 ޖޫން 2021 | ބުރާސްފަތި 09:40
މައިލޯ ޔޫރޯ ފޯރި 2021 - ގްރޫޕް ޑީ އިންސާފުކުރާނީ މުޙައްމަދު ޝިޔާޒް

މައިލޯ ޔޫރޯ ފޯރި 2021 - ގްރޫޕް ޑީ އިންސާފުކުރާނީ މުޙައްމަދު ޝިޔާޒް

މި މަހު ފަށާ "ޔޫރޯ 2020" އަށް ރާއްޖެޓީވީން ގެނެސްދޭ "މައިލޯ ޔޫރޯ ފޯރި 2021" ގައި ޖުރިބާކާރު ކޯޗު އަދި މި ވަގުތު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ހަވާލުވެހުރި މުޙައްމަދު ޝިޔާޒް (މޯހަން) ހަރަކާތްތެރިވާނެއެވެ. ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނަގާފައިވާ މޯހަންއަކީ މީގެ ކުރިންވެސް ބޮޑެތި މުބާރާތްތަކުގައި އެނަލިސްޓުކަން ކޮށްފައިވާ، ފުންނާބުއުސް އެނަލިސްޓެކެވެ.

ޔޫރޯގެ އެނަލިސްޓެއްގެ ގޮތުގައި މޯހަން ހަރަކާތްތެރިވާއިރު، އޭނާ އިންސާފުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް "ޑީ" އެވެ. އެ ގްރޫޕުގައި ހިމެނޭ ގައުމުތަކަކީ އިންގްލެންޑް، ޗެކް ރިޕަބްލިކް، ކްރޮއޭޝިއާ އަދި ސްކޮޓްލެންޑެވެ. އެ ގްރޫޕުގެ މެޗުތައް ކުޅޭނީ ސްކޮޓްލެންޑްގެ ގްލާސްގޯ އަދި އިންގްލެންޑުގެ ލަންޑަނެވެ.

ރާއްޖެޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މޯހަން ވިދާޅުވީ ޔޫރޯގައި އިންސާފުކުރަން ގްރޫޕް "ޑީ" ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، ހާއްސަކޮށް އެ ގްރޫޕުގައި މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ގައުމެއް އެބައޮތް ކަމަށެވެ. އެގޮތުން އެ ގްރޫޕުގައި ހިމެނޭ އިންގްލެންޑަކީ ދިވެހީންނަށް އައު ގައުމެއް ނޫން ކަމަށާއި، އިންގްލެންޑަކީ ދިވެހީންނާ ފަރިތަ ގައުމެއް ކަމަށެވެ. އެހެންކަމުން އެ ގައުމު އޮތް ގްރޫޕް އެނަލައިސްޓުކުރަން ލިބުމަކީ ފަޚުރެއް ކަމަށް މޯހަން ވިދާޅުވިއެވެ.

މޯހަން ވިދާޅުވީ އިނގިރޭސި ލީގަކީ ދިވެހީން އެ ލީގެއް ބަލާތާ ދުވަސްތަކެއް ވެފައިވާ ލީގެއް ކަމަށާއި، ގިނަ ދިވެހީންނަކީ އިނގިރޭސި ލީގުގެ ކުލަބުތަކަށް ސަޕޯޓުކުރާ މީހުން ކަމަށެވެ. އަދި އިންގްލެންޑަކީ މި މުބާރާތް ކާމިޔާބުކުރެވޭ ފެންވަރުގެ ގައުމެއް ކަމަށާއި، އުއްމީދަކީ ފުރަތަމަ ފަހަރަށް އިންގްލެންޑުން ޔޫރޯ ކާމިޔާބުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މޯހަން ވިދާޅުވީ ރާއްޖެޓީވީން މިފަދަ ދަނޑިވަޅެއްގައި ޔޫރޯ ގެނެސްދޭތީ އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށާއި، ރާއްޖޭގެ ކުދި ބޮޑު އެންމެންނަކީ ފުޓްބޯޅައަށް ސަޕޯޓުކުރާ މީހުން ކަމަށެވެ. އަދި މިއީ އެ މީހުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ފުޓްބޯޅައާ ދިވެހީންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި، އެގޮތުން ޔޫރޯއަކީ ދިވެހީންނަށް ފަރިތަ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތަކީ ފީފާ ވޯލްޑް ކަޕަށްވުރެ ދިވެހީންނަށް ފަރިތަ މުބާރާތެއް ކަމަށާއި، އެގޮތުން ޔޫރޯއާ ދިމާކޮށް ދިވެހީން ޒަމާނުއްސުރެ ފޯރި ނަގަމުން އަންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް