Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެއްލިގެން ހޯދަމުން އަންނަ މިސްބާހުގެ މައްސަލަ

ގެއްލިގެން ހޯދަމުންދާ މިސްބާހު ހުރީ ބޭރުގެ ޑްރަގް ނެޓްވޯރކެއްގެ ބެލުމުގެ ދަށުގައި ގެރެންޓަރެއްގެ ގޮތުގައި- ފުލުހުން

މިސްބާހު ގެއްލިގެން ހޯދަން އިއުލާންކޮށްފައިވަނީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ޖޫން 2021 | ބުދަ 16:30
ގެއްލިގެން ހޯދަމުންދާ މިސްބާހު މުހައްމަދު

ގެއްލިގެން ހޯދަމުންދާ މިސްބާހު މުހައްމަދު

ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، މިސްބާހު މުހައްމަދު ހުރީ ޕާކިސްތާނުގައި ޑްރަގް ނެޓްވޯރކެއްގެ ބެލުމުގެ ދަށުގައި، ގެރެންޓަރ އެއްގެ ގޮތުގައި ބެލެވޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން އޭނާގެ ޚަބަރެއް ވެފައި ނުވާތީ، އާއިލާގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މިސްބާހު ހޯދަން އިއުލާނު ކޮށްފައިވަނީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން ފުލުހުން ބުނީ ނިމިގެންދިޔަ 2020 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް މުހައްމަދު ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ.

އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯރކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ ދޭލިޔާގޭ އިރުފާން ތަގިއްޔުއާ އެކު ކަމަށް ފުލުހުން ބުނެއެވެ.

އިރުފާން ތަގިއްޔު ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި، ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ.

"އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ "AB1B P1939"ގައި. އިރުފާން ތަގިއްޔު ވަނީ 2020 ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ EK656 ނަންބަރު ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި. ނަމަވެސް، އިރުފާން ތަގިއްޔުއާއެކު މިސްބާހް މުހައްމަދު އައިސްފައެއް ނުވޭ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން އިތުރަށް ބުނީ 2020 ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް މިސްބާހް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭކަމަށެވެ.

" އެހެންކަމުން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ." މިމައްސަލަޔާ ގުޅޭގޮތުން ފުލުހުން ބުނެފައިވެއެވެ.

އިރުފާން ތަގިއްޔުގެ މައްޗަށް ތުހުމަތުކުރެވޭ، މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި 2021 ފެބްރުއަރީ 03 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، 2021 ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި އިރުފާން ތަގިއްޔުއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
23 ފެބުރުއަރީ 2017

ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

23 ފެބުރުއަރީ 2017
ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
22 ފެބުރުއަރީ 2017

ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި

22 ފެބުރުއަރީ 2017
ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު