Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކާޑު ސިސްޓަމް އަޕްގްރޭޑްކުރުން

ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑްކުރާތީ މުހިންމު މުއާމަލާތްތައް ކުރިން ނިންމުމަށް ބީއެމްއެލުން އިލްތިމާސްކޮށްފި

2 ޖޫން 2021 | ބުދަ 14:53

ބުރާސްފަތި ދުވަހުގެ ރޭ 10:00ން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު 9:00ށް، ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ޚިދުމަތެއް މެދުކަނޑާލެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖޫން 2021 | ބުދަ 14:53
އަޕްގްރޭޑް ކުރާތީ ކާޑުގެ ޚިދުމަތްތައް މެދުކެނޑޭނެ ކަމަށް ބީއެމްލުން ބުނޭ

އަޕްގްރޭޑް ކުރާތީ ކާޑުގެ ޚިދުމަތްތައް މެދުކެނޑޭނެ ކަމަށް ބީއެމްލުން ބުނޭ

ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ޚިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބީއެމްއެލުން ބުނީ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބުރާސްފަތި ދުވަހުގެ ރޭ 10:00ން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު 9:00ށް، ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ޚިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތާނގައި ޚިދުމަތަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށާއި މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާއެކު ޚިދުމަތް ދިނުމުގެ ގޮތުން  ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. މި މަސައްކަތްކުރުމަށް ވަގުތު ކަނޑައެޅިފައި މިވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާ ދިމާނުވާނެހެން ބަލާފައި ކަމަށް ސައީދު ވިދާޅުވިއެވެ.

މެދުކެނޑިގެންދާ ޚިދުމަތްތަކާއި ބެހޭ ގޮތުން ސައީދު ވިދާޅުވީ މި މަސައްކަތްތައް ކުރެވެމުންދާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ދެމުންދާ އެންމެހާ ކާޑުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށެވެ. އެހެންކަމުން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މަރޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ޚިދުމަތާއި ބީއެމްއެލް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ އިތުރުން ޑިޖިޓަލް ޕިންގެ ޚިދުމަތް ވެސް މެދު ކެނޑޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ކާޑުގެ ޚިދުމަތްތައް މެދުކެނޑިގެން ދާ ވަގުތުގައިވެސް އިންޓަރނެޓް ބޭންކިންގ އާއި މޮބައިލް ބޭންކިންގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެހެން ކަމުން ކަސްޓަމަރުންނަށް އެކައުންޓް ބެލެންސް ޗެކް ކުރުމާއި، އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރުމާއި އެކައުންޓް ހިސްޓްރީވެސް ޗެކް ކުރެވޭނެ ކަމަށެވެ. އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި ބޭންކަށް މެސެޖް ނުވަތަ މެއިލްވެސް ފޮނުވޭނެ ކަމަށް ބީއެމްލުން ބުނެއެވެ.

ބީއެމްއެލުން ބުނީ މި މަސައްކަތްކުރުމަށް ވަގުތު ކަނޑައެޅިފައި މިވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާ ދިމާނުވާނެހެން ބަލާފައި ކަމަށެވެ. ނަމަވެސް މިވަގުތާ ދިމާކޮށް ކާޑު ބޭނުންކޮށްގެން މުއާމަލާތެއް ކުރަންޖެހޭ ނަމަ އެ މުއާމަލާތެއް ކުރިން ނިންމުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ހޮޓަލަކުން ޗެކް-އައުޓް ވާންޖެހޭ ވަގުތު ފައިސާ ދައްކަން ޖެހޭ ހާލަތެއް މެދުވެރިވާނަމަ، ނުވަތަ އޭޓީއެމް އިން ފައިސާ ނެގުން ފަދަ ކަންކަން ކުރީބައިގައި ނިންމުމަށް އެދިފައިވެއެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކަން ޖެހޭ ފްލައިޓް ޓިކެޓް، ބިލް ނުވަތަ ސަބްސްކްރިޕްޝަނެއްގެ ސުންގަޑި ހަމަވާނަމަ އެކަންވެސް ކުރިން ނިންމުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަޕްގްރޭޑްގެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ޚިދުމަތްތައް ދެމުންދާނެކަން ބީއެމްލުން ހާމަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
03 ޖުލައި 2017

ކޮންޓްރޯލެއް ނެތި އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރަން ފަށައިފި

03 ޖުލައި 2017
ކޮންޓްރޯލެއް ނެތި އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރަން ފަށައިފި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް