Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިހާބްގެ ކާމިޔާބީ

ބާރުވެރި ކައުންސިލްތަކެއް އުފެދިގެން އަންނާނެތަން ފެނިގެންދާނެ: ހަސަން ލަތީފް

އިދާރީ ދާއިރާތަށް ލާމަރުކަޒީ ނިޒާމުން ހިންގޭނީ ކައުންސިލްތައް ބާރުވެރިކޮށްގެން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 12 މެއި 2017 | ހުކުރު 18:35
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ކުރަމުންދާ މަސައްކަތް ކާމިޔާބުކުރުމުން ކައުންސިލްތަކަށް ބާރުވެރިކަން ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހުކުރު ދުވަހު ހަވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި ހަރަކާތުގައި ބައިވެރިވަޑައިގަތުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ގޮނޑިތައް ކަށަވަރުކުރި ކައުންސިލަރުންނަން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ކައުންސިލްތަށް ބާރުވެރިކަން ހޯދާދިނުމަށް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުވެރިކަން ނަގާފައިވާކަން ފާހަގަކޮށް ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ދިވެހި ރައްޔިތުން ގަބޫލުކުރާ ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގޭނީ ކައުންސިލްތައް ބާރުވެރިކޮށްގެން ކަމަށެވެ.

ދިވެހި ރައްޔިތުން ރައީސް ޔާމީންގެ ސިޔާސަތުތަކަށް ރައްޔިތުން ތާއިދު ނުކުރާކަން ނިމިގެން އިންތިހާބުގެ ނަތީޖާއިން އެނގިގެން ހިގަންޖެ ކަމަށެވެ. ސަރުކާރުން މާލެ އާއި ހުޅުމާލެ ތަރައްޤީކުރުމަށް ވިސްނާ އުސޫލުން އަތޮޅުތެރޭގެ ރަށްތައް ވެސް ތަރައްޤީކުރަން ޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ހަރަކާތަށް ފުލުހުން ހުރަސް އަޅަނީ

އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓުންނަން ވޯޓް ދިނީ އަދުލުއިންސާފްގެ ނިޒާމް ހަރުދަނާ ކުރުމަށާއި، ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ކުރާ މަސައްކަތަށް ތާއިދުކޮށްދިން ވޯޓެއް ކަމަށް ހަސަން ފާހަގަކުރެއްވި އެވެ.

އެހެން ދުވަސްތަކަކޭ އެއްގޮތަށް މިއަދު ވެސް އެމްޑީޕީ ހަރުގެ ކުރިމަތީގައި ސައި ތައްޔާރުކުރުމުން ފުލުހުން ވަނީ މަގުމަތީގައި ސިޔާސީ ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ހުރަސް އަޅާފައެވެ. މަގުމަތީގައި ސިޔާސީ ހަރަކާތްތައް ނުހިންގޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް ފާއިތުވި ދުވަސްތަކުގައި ސަރުކާރު ހިންގާ ޕީޕީއެމަށް އެ ފުރުސަތު ފުލުހުން ދީފައި ވެއެވެ. އަދި މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ނުދެނީ ހަމައެކަނި އިދިކޮޅު ފަރާތްތަކަށް ކަން ފާހަގަކޮށްލަންޖެހެއވެެ.

މި ހަރަކާތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ރައްޔިތުން ބައިވެރިވިއިރު، އަތޮޅުތެރޭގެ ރަށްތަކުގެ ހަރުގޭގެ ތަކުގައި ވެސް ވަނީ ކާމިޔާބް ފާހަގަކުރުމަށް ހަރަކާތަށް ކުރިއަށް ގެންގޮސްފައެވެ.

އިތުރަށް ކިޔާލަން

14 ޖުލައި 2017

ސުޕްރީމް ކޯޓަށްވެސް ޤާނޫނުއަސާސީގެ މައްޗަށް ބާރުވެރިއެއް ނުވެވޭނެ: ފާއިޒް

14 ޖުލައި 2017
ސުޕްރީމް ކޯޓަށްވެސް ޤާނޫނުއަސާސީގެ މައްޗަށް ބާރުވެރިއެއް ނުވެވޭނެ: ފާއިޒް
22 ޖޫން 2017

މަޖިލިސް ހުޅުވުމާއެކު މަސައްކަތް ނިންމާލުމުގެ ފެށުން ފެނިގެންދާނެ: އިބޫ

22 ޖޫން 2017
މަޖިލިސް ހުޅުވުމާއެކު މަސައްކަތް ނިންމާލުމުގެ ފެށުން ފެނިގެންދާނެ: އިބޫ
04 ޖޫން 2017

ސަރުކާރުގެ ވިސްނުން ބަދަލުކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ދޭނެ ކަމަށް އުންމީދުކުރަން: ޝިފާ

04 ޖޫން 2017
ސަރުކާރުގެ ވިސްނުން ބަދަލުކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ދޭނެ ކަމަށް އުންމީދުކުރަން: ޝިފާ
29 އެޕްރީލު 2017

ކުރިއަށް އޮތް ހަފްތާތެރޭގައި ކައުންސިލްތަކަށް ބާރުވެރިކަން ލިބިގެންދާނެ: ޝިފާޒް

29 އެޕްރީލު 2017
ކުރިއަށް އޮތް ހަފްތާތެރޭގައި ކައުންސިލްތަކަށް ބާރުވެރިކަން ލިބިގެންދާނެ: ޝިފާޒް
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު