Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖޭގައި

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނީ ޖޫން ހަވަނަ ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ޖޫން 2021 | ބުދަ 06:26
ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް އަޒީޒް އަހްމަދަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް ވީއައިއޭ އިން މަރުހަބާ ދަންނަވަނީ

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް އަޒީޒް އަހްމަދަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް ވީއައިއޭ އިން މަރުހަބާ ދަންނަވަނީ

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް އަޒީޒް އަހްމަދު ރަސްމީދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ޖެނެރަލް އަޒީޒް ރާއްޖެ ވަޑައިގެންފައި ވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އެމްއެންޑީއެފް ސާވިސްކޯގެ ކޮމާންޑަންޓް ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީގުގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޗީފް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރު އަދި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް ހަޒްމުލް ހަސަން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންފައެވެ.

Advertisement - newsAdvertisement

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފްގެ މިދަތުރުފުޅުގައި ރާއްޖޭގެ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

ޖެނެރަލް އަޒީޒްގެ މިދަތުރުފުޅަކީ ފަސް ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނީ ޖޫން ހަވަނަ ދުވަހުއެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާއިން އެމްއެންޑީއެފް އަށް ގިނަ ރޮނގުރޮނގުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ކޮވިޑް-19 އާ އެކު ރާއްޖެއަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ފަރާތުން ގިނަ އެހީތަކެއް ވަނީ އެމްއެންޑީއެފްއަށް ލިބިފައެވެ. އެގޮތުން ކޮވިޑާއެކު ނޭޕާލްގައި ތާށިވެފައި ތިބި ދިވެހި ކިޔަވާކުދިން ރާއްޖެ ގެނަސްދިނުމާއި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބަންގްލަދޭޝް އަސްކަރިއްޔާގެ މެޑިކަލް ޓީމެއް ދަނީ މިހާރު ވެސް ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

05 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު