Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖަށް ދިއުމުގެ ފުރުސަތު

ހައްޖަށް ދިޔުމަށް ރާއްޖެއަށް ކޯޓާ ލިބޭކަމެއް އަދި ނޭނގެ: އިސްލާމިކް މިނިސްޓްރީ

2 ޖޫން 2021 | ބުދަ 05:36

ސައުދީ އަރަބިއްޔާއިން މި ފަހަރު ހުޅުވާލާ 60،000 ޖާގަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ޖޫން 2021 | ބުދަ 05:36
ހައްޖު 1441 - ގައިދުރުކަމުގައި ހައްޖުގެ އަޅުކަން އަދާކުރަނީ

ހައްޖު 1441 - ގައިދުރުކަމުގައި ހައްޖުގެ އަޅުކަން އަދާކުރަނީ

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސައުދީން ބޭރު ގައުމުތަކަށް ދީފައިވީ ނަމަވެސް ހައްޖަށް ދިޔުމަށް ރާއްޖެއަށް ކޯޓާ ލިބޭނެކަން ނުވަތަ ނުލިބޭކަން ވެސް އަދި ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެ މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން މި ފަހަރު ހުޅުވާލަނީ 60،000 ޖާގަ ކަމަށާއި ރަސްމީކޮށް އަދި ކޯޓާ ލިބޭކަން ނުވަތަ ނުލިބޭކަން ވެސް އަންގާފައިނުވާ ކަމަށެވެ. އަދި ކޮންމެ ގައުމަކުން ވެސް ހައްޖަށް މީހުންނަށް ދެވޭނީ ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށް ބުންޏެވެ. އަދި ރާއްޖެއަށް ވެސް އޮންނާނީ އެ އުސޫލު ކަމަށާއި، ގައުމުތަކަށް ހުއްދަ ދޭން ނިންމި ނަމަވެސް ހުއްދަ ދެނީ ކޮން ގައުމުތަކަކަށް ކަމާއި ކިހާ މީހުންނަކަށް ކަމެއް އަދި ނޭނގޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. 

Advertisement - newsAdvertisement

ކޮވިޑް-19އާ ގުޅިގެން ހައްޖުގައި ވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައި ގައިދުރުކަން ބަހައްޓަން ސައުދީން ނިންމާފައިވެއެވެ. އެހެންވެ ހުރިހާ ގައުމަކަށް ހުއްދަ ލިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި، އެހެން އަހަރުތަކާ އަޅައިބަލާއިރު، ކޯޓާ ވެސް މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އާންމުކޮށް ހައްޖަށް ދާން 1000 ކޯޓާ ދޭ ކަމަށާއި، ކޮވިޑް ގެ ސަބަބުން މި އަހަރު އެ ކޯޓާ މަދުވާނެ ކަމަށް ބެލެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހައްޖުގެ ފުރުސަތު އެހެން ގައުމުތަކަށް ހުޅުވާލުމާ ގުޅޭގޮތުން ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ ކޮވިޑާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި ހައްޖުވެރިން އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރަންމުން އަންނަ ކަމަށެވެ. ހައްޖަށް ފުރުސަތުދެވޭ ގައުމުތަކާއި ބައިވެރިންގެ އަދަދާ މެދުވެސް މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަމަށް ސައޫދީއަށް އެތެރެވާ މީހުން އަމަލުކުރަން ޖެހޭ ގަވާއިދެއް އާންމުކުރާނެ ކަމަށާއި ހައްޖުވެރިންގެ ސިއްހަތަކީ އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. ސައޫދީ އަރަބިއްޔާއިން ބޭރު ގައުމުތަކަށް ހައްޖު ކެންސަލްކުރަން ވިސްނަމުން އަންނަ ކަމަށް ރޮއިޓާސްއިން މިދިޔަ ހަފްތާގައި ރިޕޯޓުކޮށްފައިވެއެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ގައުމުތަކުގައި އަދި ވެސް ކޮވިޑް ކޮންޓްރޯލްކުރެވިފައި ނުވާތީއެވެ.

ސައުދީން މިދިޔަ އަހަރު ވެސް ބޭރު ގައުމުތަކަށް ހައްޖުވުމުގެ ފުރުޞަތު ހުޅުވާލާފައެއް ނުވެއެވެ. މިދިޔަ އަހަރު ހައްޖުގައި ބައިވެރިކުރީ އެގައުމުގައި ތިބި 1،000 މީހުންނާއި، ޚާއްސަ ދައުވަތު ދިން ފަރާތްތަކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް