Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގައި 5ޖީ ނެޓްވޯކެއް ގާއިމުކުރުން

އިންޑިއާގައި 5ޖީ ދީފާނެތީ ޖޫހީ ހައިކޯޓަށް

1 ޖޫން 2021 | އަންގާރަ 02:37

5ޖީ ދޫކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރަށް ބުރަވެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށް ޖޫހީގެ ވަކީލު ބުނި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 1 ޖޫން 2021 | އަންގާރަ 02:37
ބޮލީވުޑްގެ ފިލްމީތަރި ޖޫހީ ޗާވްލާ

ބޮލީވުޑްގެ ފިލްމީތަރި ޖޫހީ ޗާވްލާ

އިންޑިއާގައި 5 ޖީ ނެޓްވޯކެއް ގާއިމު ކުރުމާ ދެކޮޅަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޖޫހީ ޗާވްލާ ދިއްލީގެ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ގިނަ ބަހުސްތަކެއް އެއާ މެދު ކުރެވިފައިވާ 5ޖީ ނެޓްވޯކް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިނުމަށް ވަނީ ނިންމާފައެވެ. ޓެކްނޮލޮޖީގެ މި ކުރިއެރުމުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތަކާ ގުޅިގެން ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެއާއެކު ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ ޖޫހީ ވެސް މިވަނީ 5ޖީ ދިނުމާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ޖޫހީ ބުނީ އޭނާ އަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ދެކޮޅު މީހެއް ނޫން ކަމަށެވެ. އެކަމަކު ރޭޑިއޭޝަން އަކީ އިންސާނުންގެ ސިއްޙަތުގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއްކަމަށް ގަބޫލު ކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް އެބަހުރި ކަމަށް ޖޫހީ ބުނެއެވެ.

ޖޫހީ ބުނީ, 5ޖީ ދޫކުރުމަށް ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީން ނިންމާފައިވާ ނިންމުން ތަންފީޒު ކުރެވިއްޖެ ނަމަ, ރޭޑިއޯ ފްރިކުއެންސީ ރޭޑިއޭޝަން މަތިވާ މިންވަރުން ދުނިޔޭގެ އެކަކަށް ވެސް ރައްކާތެރި ނުވެވޭނެ ކަމަށެވެ. އަދި 5ޖީ ޕްލޭންއަކީ އިންސާނުންނާއި ދުނިޔޭގެ ގުދުރަތީ ނިޒާމަށް ފޫނުބެއްދޭނެ އަދި އަނބުރާ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިގެން ދާނެ ކަމެއް ކަމަށް  ޖޫހީ ބުންޏެވެ.

ޖޫހީގެ ގާނޫނީ ވަކީލް ދީޕަކް ކޯސްލާ މިކަމާ ގުޅޭ ގޮތުން ބުނީ ރޭޑިއޭޝަންއަކީ އިންސާނުންގެ ހަށިގަނޑަށް ނުރައްކާތެރި އެއްޗެއްކަމަށް ދިރާސާތަކުން ދައްކާފައި ވާކަމަށެވެ. އަދި 2015 އާއި 2018 ގައި ސަރުކާރުން ދިރާސާތަކެއް ކުރުމަށް އަންގާފައި ވާއިރު އޭގެ ނަތީޖާތަށް ލިބެންދެން, 5ޖީ ދޫކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. ހަމައެހެންމެ 5ޖީ ދޫކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރަށް ބުރަވެވޭނެ އެއްވެސް އަސާސެއް ނެތްކަން ވަކީލު ފާހަގަކުރިއެވެ.   

ދީޕަކް ކޯސްލާ ބުނީ, އެމީހުން ހުށަހެޅި މައްސަލައިގެ މަގުސަދަކީ, އިތުރު ދިރާސާތައް ހެދި އޭގެ ނަތީޖާ ލިބެންދެން 5ޖީ ދޫކުރުން މަޑުޖައްސާލަން ހައި ކޯޓުގެ އަމުރެއް ހޯދުން ކަމަށެވެ. އޭނާ އިތުރަށް ބުނީ މި ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ދިރާސާއަކީ އެއްވެސް ބުރަދަނެއް ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެ ދިރާސާއަކީ މުވާސަލާތީ ކުންފުނިތަކުން ފަންޑުކޮށްގެން ހަދާފައިވާ ދިރާސާއެއް ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 މެއި 2018

އިންޑިއާގައި އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު އަންދާލައިފި

12 މެއި 2018
އިންޑިއާގައި އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު އަންދާލައިފި
03 މެއި 2018

ހިރަފުހުގެ ތޫފާނާކާ ގުޅިގެން އިންޑިއާގައި 116 މީހުން މަރުވެ، 250 މީހަކު ޒަހަމްވެއްޖެ

03 މެއި 2018
ހިރަފުހުގެ ތޫފާނާކާ ގުޅިގެން އިންޑިއާގައި 116 މީހުން މަރުވެ، 250 މީހަކު ޒަހަމްވެއްޖެ
30 ޖެނުއަރީ 2018

އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި

30 ޖެނުއަރީ 2018
އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕް ކޮށްފި
26 އޯގަސްޓު 2017

ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ

26 އޯގަސްޓު 2017
ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ
22 އޯގަސްޓު 2017

އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި

22 އޯގަސްޓު 2017
އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި
20 އޯގަސްޓު 2017

އިންޑިއާގައި ރޭލެއް ދަގަނޑުން ކައްސާލައި 23 ީމީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެ

20 އޯގަސްޓު 2017
އިންޑިއާގައި ރޭލެއް ދަގަނޑުން ކައްސާލައި 23 ީމީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެ
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް