Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ

ކޮޕާ އެމެރިކާ އާޖެންޓީނާގައިވެސް ނުބޭއްވޭނެ

31 މެއި 2021 | ހޯމަ 11:15

މި އަހަރުވެސް ކޮޕާ އެމެރިކާ ނުބާއްވާނެ ކަމަށް ރިޕޯޓުތައް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 މެއި 2021 | ހޯމަ 11:15
ކޮޕާ އެމެރިކާގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކޮޕާ އެމެރިކާގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ ހޯސްޓްކުރުމުގެ ފުރުސަތު އާޖެންޓީނާއަށްވެސް ގެއްލިއްޖެއެވެ.

މި އަހަރު ބާއްވާ ކޮޕާ އެމެރިކާއަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބާއްވަން ތާވަލުކުރި މުބާރާތެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މި މުބާރާތް ވަނީ މި އަހަރުގެ ހޫނު މޫސުމަށް ފަސްކޮށްފައެވެ.

އެހެންކަމުން މީގެ ކުރިން ތާވަލުކޮށްފައިވަނީ ކޮޕާ އެމެރިކާ އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބޭއްވުމަށެވެ. އޭރު ތާވަލުކޮށްފައި އޮތް ގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅޭނީ އާޖެންޓީނާގައެވެ. އަދި ގްރޫޕް ބީގެ މެޗުތައް ކުޅޭނީ ކޮލޮމްބިއާގައެވެ. އަދި އެއަށްފަހު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ކޮލޮމްބިއާގެ މެޓްރޯ ސްޓޭޑިއަމުގައެވެ.

އެކަމަކު ކޮލަމްބިއާގައި ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާއިރު، އެ ގައުމުގައި ކުރިއަށްދާ ހަޅުތާލުގެ ސަބަބުން ކޮންމެބޯލްއިން މީގެ ކުރިން ވަނީ މި މުބާރާތް އެ ގައުމުގައި ނުބާއްވަން ނިންމާފައެވެ. އެއާއެކު ކޮޕާ އެމެރިކާގެ މުޅި މުބާރާތް އާޖެންޓީނާގައި ބާއްވާނެ ކަމަށް ބެލެވުނު ނަމަވެސް، ހޯމަ ދުވަހު ކޮންމެބޯލްއިން ވަނީ އާޖެންޓީނާގައިވެސް މުބާރާތް ނުބޭއްވޭނެކަން އިއުލާން ކޮށްފައެވެ.

ކޮވިޑުގެ ނުރައްކާ ބޮޑުވެ އާޖެންޓީނާ ސަރުކާރުން މި މަހުގެ ނިޔަލަށް އެ ގައުމު ލޮކްޑައުނަކަށް ދާން މީގެ ކުރިން ވަނީ ނިންމާފައެވެ. އަދި އެ އަށް ބޯލެނބުމުގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅައިގެ ރަސްމީ ހުރިހާ ހަރަކާތްތައް ސަސްޕެންޑްކުރަން އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން މި މަހުގެ 21 ވަނަ ދުވަހު ނިންމިއެވެ. އޭރު އޭއެފްއޭއިން ނިންމީ ހާއްސަ ހުއްދައިގެ ދަށުން ކޮޕާ އެމެރިކާ ބޭއްވުމަށެވެ. އެކަމަކު މިހާރު އެ ހުއްދަ ނެތުމުން މުބާރާތް ބޭއްވުމުގެ ފުރުސަތު އާޖެންޓީނާއަށްވެސް ވަނީ ގެއްލިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ނިންމުންތަކާ ގުޅިގެން މި އަހަރުވެސް ކޮޕާ އެމެރިކާ ނުބާއްވާނެއެވެ. ނުވަތަ މުބާރާތް ފަށާ ދުވަސް ފަސްކުރުންވެސް އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮޕާ އެމެރިކާ ބޭއްވުމާ މެދު ސުވާލު އުފެދިފައިވާއިރު، މި މުބާރާތަށް ތައްޔާރުވުމަށް ގިނަ ގައުމުތަކުން ވަނީ ސްކޮޑް އިއުލާނުކޮށް، ފަރިތަކުރުންތައް ފަށާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

ފީފާ ވޯލްޑް ކަޕުން އެމެރިކާ އަށް ފުރުޞަތު ގެއްލިއްޖެ

11 އޮކްޓޯބަރު 2017
ފީފާ ވޯލްޑް ކަޕުން އެމެރިކާ އަށް ފުރުޞަތު ގެއްލިއްޖެ
07 ސެޕްޓެމްބަރު 2017

ޔޫއެސް އޯޕަން: އަންހެން ސިންގަލްސް ސެމީގައި ހުސް އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިން

07 ސެޕްޓެމްބަރު 2017
ޔޫއެސް އޯޕަން: އަންހެން ސިންގަލްސް ސެމީގައި ހުސް އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިން
09 އެޕްރީލު 2017

ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް

09 އެޕްރީލު 2017
ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް