Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު އާއި ވިކްޓަރީގެ ސަސްޕެންޝަން

ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ސަސްޕެންޝަން އަނެއްކާވެސް ދަމަހައްޓައިފި

30 މެއި 2021 | އާދީއްތަ 19:52

22 ކުލަބުން ވަނީ އެ ދެ ކުލަބުގެ ސަސްޕެންޝަން ދަމަހައްޓަން ތާއީދުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 މެއި 2021 | އާދީއްތަ 19:52
2018 ވަނަ އަހަރުގެ މާލޭ ލީގުގައި ނިއު އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން

2018 ވަނަ އަހަރުގެ މާލޭ ލީގުގައި ނިއު އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން

ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގަައި ދިވެހި ފުޓްބޯޅައިގެ މަޝްހޫރު ދެ ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބަށް ދީފައިވާ ސަސްޕެންޝަން އަނެއްކާވެސް ދަމަހައްޓައިފިއެވެ.

ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރަން އެފްއޭއެމުން ނިންމާފައިވަނީ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި އެންމެ ޒަމާންވީ ކުލަބު ކަމަށްވާ ވިކްޓަރީ ސަސްޕެންޑް ކުރީ އެ ކުލަބުން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދިނުމަށާއި، ކުލަބު ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަންކޮށްފައި ނުވާތީ ހަމަ އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ސަސްޕެންޝަނުތަކުގެ ސަބަބުން ނިއު އާއި ވިކްޓަރީ މިހާރު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.

އެއަށްފަހު މިހާތަނަށް ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހުރިހާ އަހަރީ އާންމު ޖަލްސާއެއްގައި ކުލަބުތަކުން ވަނީ އެ ދެ ކުލަބުގެ ސަސްޕެންޝަން ދަމަހައްޓާފައެވެ. އެގޮތުން އާދީއްތަ ދުވަހު ކުރިއަށްދިޔަ އެފްއޭއެމުގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި 22 ކުލަބުންވެސް ވަނީ ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓަން ތާއީދުކޮށްފައެވެ.

މީގެ ކުރިން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވަނީ އެ ދެ ކުލަބުގެ ސަސްޕެންޝަން އުވާލައި، އެކަމުން ސަލާމަތް ކުރުމަށް އެފްއޭއެމުގެ ރައީސްގެ ހައިސިއްޔަތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ގޮތެއް ނުނިމި އޮތީ އެ ކުލަބުތަކުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

އަދި ބޮޑެތި ނަން މަޝްހޫރު ކުލަބުތަކުން މުބާރާތްތަކުގައި ވާދަކުރާތަން ފެންނަން ބޭނުންވާ ކަމަށާއި، އެހެން ނަމަވެސް ކޮންމެ ކުލަބެއްވެސް ހިންގަން ވާނީ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ދައްކަން ޖެހޭ ފައިސާގެ ދަރަންޏެއް އޮތް ނަމަ، އެ ދަރަނި އަދާކޮށްގެން ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވާއިރު، އެ ކުލަބުން ދިވެހި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 2.4 މިލިޔަން ރުފިޔާ ދޭން އޭރު ޖެހުނެވެ. އެކަމަކު އެފްއޭއެމުގައި ހުރި ނިއު ރޭޑިއަންޓުގެ ފައިސާއިން ދިވެހި ކުޅުންތެރިންނަށް ވަނީ މުސާރަ ދީފައެވެ. އެކަމަކު އަފްގާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީއަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން އެއްބަސްވުން ބާތިލުކޮށްފައިވާތީ 703،707 (ހަތް ލައްކަ ތިންހާސް ހަތްސަތޭކަ ހަތް) ރުފިޔާ ދޭން ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި ޖަމުއިއްޔާ (ފީފާ) އިން ވަނީ ނިއު ރޭޑިއަންޓަށް އަންގާފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒަށް 511،342 (ފަސް ލައްކަ އެގާރަހާސް ތިންސަތޭކަ ސާޅީސް ދޭއް) ރުފިޔާ ދޭންވެސް ވަނީ އަންގާފައެވެ. އެކަމަކު ޖޫރިމަނާ އާއެކު މި އަދަދުތައް މިހާރު އެތައް ގުނައެއް ބޮޑުވާނެ ކަމަށް ގަބޫލުކުރެވޭއިރު، މީގެ ކުރިން ފީފާއިންވެސް ވަނީ ނިއު ސަސްޕެންޑްކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް