Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ މަސްބޯޓުތައް

ޗައިނާގެ މަސްބޯޓުތަކެއް ގަވައިދާ ޚިލާފަށް ކޮރެއާގެ ކަނޑުގެ ސަރަހައްދަށް

މި އަހަރު އެކަނިވެސް ސައުތު ކޮރެއާއިން ވަނީ ޗައިނާގެ 7 ބޯޓު އަތުލައިގެންފައި

އަތޫފް އާތިފް
އަތޫފް އާތިފް | 29 މެއި 2021 | ހޮނިހިރު 15:29
ޗައިނާގެ މަސްބޯޓުތަކެއް

ޗައިނާގެ މަސްބޯޓުތަކެއް

ޗައިނާގެ މަސްބޯޓުތަކެއް ގަވައިދާ ޚިލާފަށް ކޮރެއާ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ސައުތު ކޮރެއާއިން ބުނެފިއެވެ.

ސައުތު ކޮރެއާގެ ކަމާބެހޭ މުއައްސަސާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ މަސްބޯޓުތަކެއް ސައުތު ކޮރެއާ އަދި ނޯތު ކޮރެއާގެ ކައިރިއަށް ގަވާއިދާ ޚިލާފަށް ވަދެ މަސްވެރިކަން ކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ ދެގައުމުގެ މަސްބޯޓުތަކަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ކަމާބެހޭ މުވައްސަސާތަކުން އިތުރަށް ބުނީ ޗައިނާގެ 180އަށް ވުރެ ގިނަ މަސްބޯޓު އެގައުމުގެ ކައިރިއަށް ވަދެ މަސްވެރިކަން ކޮށްފައިވާ ކަމަށެވެ. އަދި މިއީ ޗައިނާގެ މަސްވެރިން ކޮރެއާގެ ކަނޑުން އެތެރެއަށް ގަވާއިދާ ޚިލާފަށް ވަތް ފުރަތަމަ ފަހަރު ނޫން ކަމަށާއި، މިކަމުގެ ކަންބޮޑުވުންތައް މީގެ ކުރިންވެސް ޗައިނާ ސަރުކާރާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މިކަން ތަކުރާރުވާނަމަ ކުރިޔަށް އޮތް ތަނުގައި ފިޔަވަޅު އަޅާނެ ކަމަށް ސައުތު ކޮރެއާއިން ވަނީ ބުނެފައެވެ.

ސައުތު ކޮރެއާއިން ބުނީ މިއަހަރު އެކަނިވެސް ޗައިނާގެ މަސްވެރި 7 ބޯޓެއް އެގައުމުގެ ކަނޑުގެ ސަރަހައްދުން ހިފަހައްޓާފައިވާ ކަމަށާއި، އަދި ނަސޭހަތް ދިނުމަށްފަހު 360އަށް ވުރެ ގިނަ ބޯޓު މިހާތަނަށް ދޫކޮށްލާފައިވާ ކަމަށެވެ.

ސައުތު ކޮރެއާގެ މި ބަޔާނަށް މިހާތަނަށް ޗައިނާ ސަރުކާރުން އެއްޗެކޭ ބުނެފައިނުވާއިރު، ޗައިނާގެ ކަނޑުގެ އުޅަނދުތައް އަވަށްޓެރި ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކަށް ވަންނަ މައްސަލަ ވަނީ މީގެ ކުރިންވެސް ފެންމަތިވެފައެވެ.  

އިތުރަށް ކިޔާލަން

23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
04 މާރިޗު 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު