Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ދުބާއީ ކޭމްޕް

މިއީ ކޮލިފައިންއަށް ތައްޔާރުވާން އެންމެ އުނދަގޫ ހާލަތު: ސުޒޭން

އާދީއްތަ ދުވަހު ގައުމީ ޓީމު ޗައިނާއަށް ފުރުމަށް ވަނީ ހަމަޖެހިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 މެއި 2021 | ހޮނިހިރު 03:23
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް މިއީ އެންމެ އުނދަގޫ ހާލަތު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލައި، ގައުމީ ޓީމުން އަންނަނީ ދުބާއީގައި ތަމްރީނުތައް ހަދަމުންނެވެ.

ދުބާއީގައި ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ މިއީ ވޯލްޑް ކަޕް ކޮލިފައިންއެއް ވިޔަސް ގައުމީ ޓީމުގެ މެޗަކަށް ތައްޔާރުވާން އެންމެ އުނދަގޫ ހާލަތު ކަމަށެވެ. އެގޮތުން ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ އާއިލާ އެއްކޮށް މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށާއި، އެ ކަހަލަ ބައިވަރު ވިސްނުމުގެ ތެރެއިން ބައެއް ކުދިންނަށް އެ އުނދަގުލާ އެއްކޮށް އަދި ޕޮޒިޓިވްވުމަށްފަހު ބަލިން ރަނގަޅުވެގެން އައި ކުދިންވެސް ހިމެނޭ ކަމަށް ބުންޏެވެ. އަދި އެ ހުރިހާ އުނދަގުލެއްގެ ތެރެއިން މެޗުތަކަށް ތައްޔާރުވާން ލިބުނީ ކުރު މުއްދަތެއް ކަމަށްވެސް ސުޒޭން ވަނީ ބުނެފައެވެ.

ސުޒޭން ބުނީ ތައްޔާރުވުމުގައި މިދިޔަ ދުވަސްތަކަށް ބަލާއިރު ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވް ކަންތައްތަކެއް ފެނިގެންދިޔަ ކަމަށާއި، އެގޮތުން ކުޅުންތެރިންގެ ފޯކަސް އާއި ޖޯޝް ހުރިކަން އެ ކުޅުންތެރިން ދައްކުވައިދީފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދާ ތަމްރީނުތަކާއެކު ގައުމީ ޓީމުގެ ކޯޗު ހުރީ ހިތްހަމަޖެހިފައި ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުން ފަށައިގެން ގައުމީ ޓީމުން ދުބާއީގައި ކޭމްޕް ކުރަމުން އަންނައިރު، މީގެ ކުރިން ރާއްޖޭގައި ތަމްރީނު ހެދުމުގެ ފުރުސަތު ގައުމީ ޓީމަށް ލިބިފައެއް ނުވެއެވެ. އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިން މީގެ ކުރިން ތަމްރީނު ހަދާފައިވަނީ އެ ކުޅުންތެރިން މާލޭގައި ކޭމްޕް ކޮށްގެން ތިބި ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ. ދުބާއީގައި ތަމްރީނުތައް ހެދުމަށް ފަހު އާދީއްތަ ދުވަހު ގައުމީ ޓީމު ޗައިނާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު