Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލަކްޝަދީޕް ރަށްތައް

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ޕަޓޭލް ވަނީ ގުޖްރާތުގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 މެއި 2021 | ހުކުރު 20:37
ލަކްޝަދީޕް އައިލެންޑްސް ގެ ރައްޔިތުންތަކެއް - ލަކްޝަދީޕް އަކީ 12 އަތޮޅު ހިމެނޭ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެއް

ލަކްޝަދީޕް އައިލެންޑްސް ގެ ރައްޔިތުންތަކެއް - ލަކްޝަދީޕް އަކީ 12 އަތޮޅު ހިމެނޭ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެއް

ލަކްޝަދީޕް އަކީ 12 އަތޮޅު ހިމެނޭ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެކެވެ. މި ސަރަހައްދު އޮންނަނީ  އިންޑިޔާގެ ސައުތު ވެސްޓް ކޯސްޓާއި 200 އާއި 400 ކިލޯ މީޓަރު  ދުރުގައެވެ. އިންޑިޔާގެ ޔޫނިއަން ޓެރިޓަރީގެ ތެރޭގައި ހިމެނޭ، ލަކްޝަދީޕްގެ ރަށްތަކުގެ ތެރޭގައި މަލިކު ވެސް ހިމެނެ އެވެ. އެ ޤައުމުގެ ވެރިކަންކުރާ ޕާޓީން އެކުލަވާލި އުސޫލުތަކަކާއި ޤަވާއިދުތަކެއްގެ ސަބަބުން އިންޑިޔާގެ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ލަކްޝަދީޕް ގެ ގިނަ ރައްޔިތުންތަކެއް މިވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ. އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޕްރަފުލް ކޯޑާ ޕަޓޭލް ވަނީ ދާދި ފަހުން ލަކްޝަދީޕުގެ އެޑްމިނިސްޓްރޭޓަރަކަށް އައްޔަނު ކުރައްވާފައެވެ. ގުޖުރާތުގެ ޗީފް މިނިސްޓަރު ކަމުގެ މަޤާމުގައި މޯދީ ހުންނެވިއިރު ޕަޓޭލް ވަނީ ގުޖްރާތުގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ނިމިދިޔަ ޑިސެމްބަރު މަހު ލަކްޝަދީޕްގެ ކަންކަމާ ޙަވާލުވި ޕަޓޭލް ގެންދަވަނީ އައު ޤާނޫނުތަކާއި އުސޫލުތައް އެކުލަވާލަމުންނެވެ. ޚާއްސަ ގޮތެއްގައި ވަކި ވަކި ސަރަޙައްދުތަކަށް ކަނޑައަޅާފައިވާ ވެރިންގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި މި އުސޫލުތައް އެކުލަވާލަމުން ގެންދާތީ ގިނަ ބައެއްގެ ފާޑުކިއުން ދަނީ ޕަޓޭލްއަށް އަމާޒުވަމުންނެވެ. ޚާއްސަ ގޮތެއްގައި އަލަށް އެކުލަވާލަމުންދާ އުސޫލުތަކުގެ ސަބަބުން ރައްޔިތުންގެ ބިންތަކާއި، ތަރިކައިގެ އިތުރުން، ޤުދުރަތީ މާހައުލުތައްވެސް ބީވެގެން ދިއުމުގެ ބިރު ހީވެފައިވާކަމަށް އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެއެވެ.

އަލަށް އެކުލަވާލާފައިވާ ބައެއް އުސޫލުތަލުގެ ތެރޭގައި ލަކްޝަދީޕްގެ ރަށްރަށުގައި ބީފް މަނާ ކުރުމާއި، 2 ކުދިންނަށް ވުރެ ގިނަ ކުދިން ލިބިފައިވާނަމަ ވަކިވަކި ސަހަރުތަކުގެ ކައުންސިލް އިންތިޚާބުތަކުގައި ބައިވެރި ނުވެވޭ ގޮތަށް ކަނޑައެޅުމާއި، ބިންތަކުގެ ވެރިންގެ ހުއްދަ ހޯދުމެއް ނެތިވެސް މަސައްކަތްތެރިކަމުގެ ބޭނުމަށް ބައެއް ބިންތައް ނެގޭގޮތަށް ހުއްދަ ކުރުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަމުގެ ސަބަބުން ގިނަ ރައްޔިތުން ގެންދަނީ އެކަމުގެ ނުރުހުންވެސް ފާޅު ކުރަމުންނެވެ. ޚާއްސަކޮށް މުސްލިމު އާބާދީ ބޮޑު މި ތަންތަނުގައި އަޅާފައިވާ ފިޔަވަޅުތައް ދޯހަޅިކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.

ބިން ބޭނުން ކުރުމާ ގުޅޭ އުސޫލު:

އޭގެ ތެރެއިންވެސް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވާ އެއް އުސޫލަކީ ބިން ބޭނުން ކުރުމާ ގުޅޭ އުސޫލެވެ. އެގޮތުން މި އުސޫލުގެ ދަށުން ހައިވޭތަކާއި، ރެއިލްވޭ ލައިންތަކުގެ އިތުރުން، އިމާރަތް ކުރުމުގެ އެކި ބޭނުންތަކަށް އާންމުންގެ ބިންތައް ނެގޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބިންތަކުގައި ބޮޑެތި މަގުތައް ހެދުމަށް ނިންމާފައިވާއިރު، އެތަނުގެ ރައްޔިތުން އެގޮތް ބޭނުން ނުވާކަމަށް ބައެއް އާންމުންނާއި ސަހަރުތަކުގެ ކައުންސިލަރުންނާ ޙަވާލާދީ އަލްޒަޖީރާގައި ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން ލަކްޝަދީޕްގެ އެންމެ ބޮޑު ރަށަކީވެސް 4.9 ސްކޮއަރ ކިލޯމީޓަރުގެ ރަށަކަށްވާއިރު، އެތަންތަނުގައި 15 މީޓަރުގެ މަގުތައް ހެދުމަކީ ކޮންމެހެން ބޭނުންކަމެއް ނޫންކަމަށް ކައުންސިލަރުން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، މި އުސޫލުތަކުގެ ސަބަބުން މަލިކުވެސް ހިމެނޭގޮތަށް ގިނަ ބައެއްގެ ވަޒީފާތަކާއި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާނެ މަގުތައްވެސް ބަންދުވެފައިވާއިރު، މަލިކުގެ ރައްޔިތުން ގެންދަނީ އެކަމުގެ ނުރުހުން ފާޅުކޮށް ޕަޓޭލްއަށް ފާޑުކިޔަމުންނެވެ.

ގެރި މަސް ކެއުން މަނާކޮށް، ރާ ހުއްދަ ކުރުން:

ދެން އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެގެން ދިޔައީ ގެރި މަސް (ބީފް) ބޭނުން ކުރުން މަނާކޮށް ރާ ހުއްދަ ކުރުމަށް ނިންމި ނިންމުމަށެވެ. އެގޮތުން ގެރި ކަތިލުން މަނާކުރުމަށް ނިންމާފައިވާއިރު، އެކަމަށް ބޯނުލަނބައިފިނަމަ މަދުވެގެން 10 އަހަރުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. މެޖޯރިޓީ މުސްލިމުން ދިރިއުޅޭ އާބާދީތަކަށް އަޅާފައި މިވާ ފިޔަވަޅުތައް ވެގެން ގޮސްފައިވަނީ ތަކުލީފަކަށް ކަން މަލިކުގެ ރައްޔިތުންވެސް ފާހަގަ ކުރެއެވެ. ނަމަވެސް ފަތުރުވެރިކަން ފުޅާ ކުރުމަށް ކަމަށްބުނެ ބާރ ތަކާއި ރާ ވިއްކާ ތަންތަން ހުއްދަ ކުރުމަށް ޕަޓޭލް ވަނީ ނިންމަވާފައެވެ.

ޝަރީއަތެއް ނެތި އަހަރެއް ވަންދެން ބަންދުގައި ބެހެއްޓުން:

ޕަޓޭލް ވަނީ މުޖުތަމައުގެ ރައްކާތެރިކަމަށް ކަމަށް ބުނެ އެއްވެސް ޝަރީއަތެއް ހިންގުމެއް ނެތި އަހަރެއް ވަންދެން މީހުން ބަންދުގައި ބެހެއްޓޭ ގޮތަށް ކަނޑައަޅާފައެވެ. އަދި އިތުރަށް ބޭނުންނަމަ މި މުއްދަތު އިތުރު ކުރެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ކުށުގެ ރޭޓު އެހައި މަދު ތަނެއްގައި މިހާ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުންވެސް ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އަލަށް އެކުލަވާލާފައި މިވާ އުސޫލުތައް މިހާރު އިންޑިއާގެ ފެޑެރަލް ހޯމް މިނިސްޓްރީން ގެންދަނީ ދިރާސާ ކުރަމުންނެވެ. ނަމަވެސް އިދިކޮޅު ގިނަ ޕާޓީތަކުން ގެންދަނީ މި އުސޫލުތައް ތަންފީޒު ކުރުން ހުއްޓާލުމަށާއި، ޕަޓޭލް އެ މަޤާމުން ދުރު ކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް

ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް

11 ޑިސެމްބަރު 2018
ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް

ރައީސް ސޯލިހާއެކު ދަނޑުވެރިންނަށް އައު އުދަރެހެއް

20 ނޮވެމްބަރު 2018
އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ

އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ

23 އޮކްޓޯބަރު 2018
މަލިކު މީހުންވެސް ބުނަނީ ނުލިބިދިޔަ ހެޔޮވެރިކަން ރައްޔިތުންނަށް ހޯދާ ދީފަނޫނީ ގެއަށް ނުވަންނާނެ ކަމަށް!

މަލިކު މީހުންވެސް ބުނަނީ ނުލިބިދިޔަ ހެޔޮވެރިކަން ރައްޔިތުންނަށް ހޯދާ ދީފަނޫނީ ގެއަށް ނުވަންނާނެ ކަމަށް!

05 ޖުލައި 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު