Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮނާޓޭ ލިވަޕޫލަށް ބަދަލުވުން

ޒުވާން ޑިފެންޑަރު ކޮނާޓޭ ލިވަޕޫލަށް

28 މެއި 2021 | ހުކުރު 14:27

ކޮނާޓޭގެ އެއްބަސްވުން އުވާލަން 35 މިލިޔަން ޕައުންޑް ދެއްކި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 މެއި 2021 | ހުކުރު 14:27
ލިވަޕޫލާ ގުޅުނު ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ

ލިވަޕޫލާ ގުޅުނު ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ

އާރްބީ ލައިޕްޒީގަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ލިވަޕޫލަށް ބަދަލުވެއްޖެއެވެ.

އުމުރުން 22 އަހަރުގެ ކޮނާޓޭ، 2017 ވަނަ އަހަރު ލައިޕްޒީގާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އޭނާގެ އެއްބަސްވުން ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް ލިވަޕޫލުން ވަނީ ލައިޕްޒީގާއެކު ކޮނާޓޭ ހަދާފައިވާ އެއްބަސްވުން އުވާލަން 35 މިލިޔަން ޕައުންޑް ދައްކާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލާއެކު ކޮނާޓޭ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަދާނެއެވެ.

ލައިޕްޒީގް ދޫކޮށް ކޮނާޓޭ ލިވަޕޫލަށް ބަދަލުވިއިރު، އޭނާ ވަނީ ލައިޕްޒީގަށް 95 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހާފައެވެ. އަދި މީގެ ކުރިން ލިވަޕޫލާ ދެކޮޅަށް ކުޅެން ކޮނާޓޭއަށް ދެ ފުރުސަތެއް ލިބުނު ނަމަވެސް، މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ލިވަޕޫލާއި ލައިޕްޒީގް ބައްދަލުކުރި ދެ މެޗުގައިވެސް އޭނާ އިނީ ބެންޗުގައެވެ.

އަންނަ ސީޒަނަށް ޑިފެންސް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ލިވަޕޫލުން ކޮނާޓޭ ގެނައިރު، މި ސީޒަނުގައި ލިވަޕޫލުގެ ޑިފެންޑަރުންނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވިއެވެ. އެގޮތުން ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ލިވަޕޫލުގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި ޖޯ ގޯމޭޒަށް މި ސީޒަނުގެ ބޮޑުބައި ގެއްލުނެވެ.

އެއާއެކު މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލުން ވަނީ ދެ ޑިފެންޑަރުން ގެނެސްފައެވެ. އެއީ އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގެ ޕްރެސްޓަންއަށް ކުޅެމުން އައި އުމުރުން 25 އަހަރުގެ ބެން ޑޭވިސް އާއި ޖަރުމަނުގެ ޝާލްކާއަށް ކުޅެމުން އައި އުމުރުން 21 އަހަރުގެ ޑިފެންޑަރު އޮޒާން ކަބަކެވެ.

މީގެތެރެއިން ކަބަކް ލިވަޕޫލާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ލިވަޕޫލުން ކަބަކަށް އެއް މިލިޔަން ޕައުންޑުގެ ލޯން ފީއެއް ދެއްކިއިރު، އެ ޓީމުން ބޭނުންނަމަ މި ސީޒަނަށް ފަހު 18 މިލިޔަން ޕައުންޑް ދެއްކުމަށްފަހު ކަބަކުގެ އެއްބަސްވުން ދާއިމީ ކުރެވޭނެއެވެ. އެކަމަކު ކަބަކުގެ އެއްބަސްވުން ދާއިމީ ނުކުރަން ލިވަޕޫލުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ލަންކާއާ ދެކޮޅަށް ޒުވާން ގައުމީ ޓީމު ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

15 އޯގަސްޓު 2017
ލަންކާއާ ދެކޮޅަށް ޒުވާން ގައުމީ ޓީމު ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި
21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
14 މެއި 2017

ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

14 މެއި 2017
ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
17 އެޕްރީލު 2017

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

17 އެޕްރީލު 2017
ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ
17 އެޕްރީލު 2017

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް