Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޓަރނެޓް އަގަށް ބަދަލު އައުން

އަގަށް ބަދަލު ގެނައީ ހުރިހާ ގިންތިއަކަށްވެސް ބަލައިގެން - ކޮމިއުނިކޭޝަން އޮތޯރިޓީ

28 މެއި 2021 | ހުކުރު 11:16

ރައްޔިތުންގެ ޖީބަށް ލުއިވެގެންދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 މެއި 2021 | ހުކުރު 11:16
ޖުލައި މަހުން ފެށިގެން އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް ވަނީ ނިންމާފަ

ޖުލައި މަހުން ފެށިގެން އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް ވަނީ ނިންމާފަ

އަގަށް ބަދަލު ގެނައީ ހުރިހާ ގިންތި އަކަށް ބަލައިގެން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްޔާސް ވިދާޅުވީ، މިހާރު ތައާރަފްކުރި ތިން ޕެކޭޖާއެކުވެސް ރައްޔިތުންގެ ޖީބަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. ތިން ޕެކޭޖަކީ ސާމްޕަލެއްގެ ގޮތުގައި ޚިދުމަތްދޭ ފަރާތްތަކަށް ދިން ޕެކޭޖްތަަކެއް ކަމަށާއި، މިޕެކޭޖްތަކުގެ އަގަށް ބަލައި، އިތުރު ޕެކޭޖްތަކުންްވެސް ލުއިތައް ލިބިގެންދާނެ ކަމަށެވެ. ބޭނުން ކުރާ މީހުންނަށް ދެރަ ނުވާނެހެން ސާރވިސް ޕްރޮވައިޑަރުންގެ ވާދަވެރިކަމަވެށްސް ފުރުސަތު އޮންނަ ގޮތަށް އިތުރު ޕެކޭޖްތައް ކުރިއަށް އޮތް ތަނުގައި ތައާރަފް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ. މި ހުރިހާ ޕެކޭޖެއްވެސް ޑިޒައިން ކުރެވިގެންދާނީ، ނިސްބަތުން މި އަގުތަކަށް ބަލއިގެން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިފަހަރު ގެނައި ބަދަލުތަކުގައި ބެލީ މެދުކެނޑުމެއްނެތި ޚިދުމަތް ލިބޭނެ ގޮތަށް ޕެކޭޖްތައް ޑިޒައިން ކުރުމަށް ކަމަށާއި، ވިސްނުމަކަށްވީ، މެއިން ޑޭޓާ ހުސްވި ނަމަވެސް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ތްރޮޓްލް ސްޕީޑަށް މިގެނައި ބަދަލާއެކު ރައްޔިތުންގެ އެ ޝަކުވާއަށް ނިމުމެއް އަންނާނެ ކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ވަކި އަގެއް ކަނޑައަޅައި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ނޫން ކަމަށާއި، 250ރ އިން ދަށުގެ ޕެކޭޖްތައްވެސް މިހާރު ހުރި އަގަށް ބަލައިގެން ހެޔޮ އަގުގައި ދެވޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. މޮބަައިލް ޑޭޓާގެ ޕެކޭޖް ތަކުގެ ތަފްސީލް އޮކްޓޯބަރ މަހާ ގާތް ކޮށްފައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

އިތުރު ސާރވިސް ޕްރޮވައިޑަރުންނަށްވެސް ރާއްޖޭގެ މާރކެޓްގައި ފުރުސަތު އޮތް މިންވަރަކުން ފުރުސަތުތައް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

ޚިދުމަތްތައް މޮނިޓަރ ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކެއް ގާއިމް ކުރުމުގެ މަސައްކަތް އޮތޯރިޓީން މިހާރު ފަށާފައިވާ ކަމަށާއި، އުންމީދަކީ، ވަކި ޔުނިޓެއް ގާއިމް ކުރެވި މޮނިޓަރިންގގެ މަސައްކަތް ފެށުން ކަަމަށް އިލްޔާސް ވިދާޅުވިއެވެ. މޮނިޓަރިންގެ މަސައްކަތް ފަށައި، ފުރަތަމަ މަރުހަލާގައި ނަތީޖާތައް ޝާއިއު ކޮށް، ޚިދުމަތުގެ ފެންވަރު ދަށް ނަމަ ޖޫރިމަނާ ކޮށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

ޑިޖިޓަލް ރާއްޖެއާ ދިމާއަށް މިސްރާބު ޖަހާއިރު އަދިވެސް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި، އައިސީޓީ ނެޓްވާރކް ގާއިމް ކުރުމުގެ މަަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ޚިދުމަތުގެ ވާދަވެރިކަމުގެ ތެރެއިން ބަދަލުތައް އަންނާނެސް ކުރިއަށްދާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށާއި، ސަރުކާރަށް ފޯރުކޮށްދޭންޖެހޭ އެހީތައް ފޯރުކޮށްދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް