Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޕަޓްނިކް ވެކްސިން ގެނައުން

އެއްބަސްވާ މުއްދަތުގައި ވެކްސިން ރާއްޖެ ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ރަޝިއާއިން ދީފި

28 މެއި 2021 | ހުކުރު 03:01

ސޮއި ކުރާތާ 4 ހަފްތާ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 28 މެއި 2021 | ހުކުރު 03:01
ސޮއި ކުރާތާ 4 ހަފްތާ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި

ސޮއި ކުރާތާ 4 ހަފްތާ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި

ސްޕަޓްނިކް ވެކްސިން، އެއްބަސްވާ މުއްދަތުގައި ރާއްޖެއަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ރަޝިއާއިން ދީފިއެވެ.

މި ޔަޤީންކަން ރަޝިއާއިން ދީފައި މިވަނީ ވެކްސިން ހޯދުމުގެ މަސައްކަތާއި ރާއްޖެއާއި ރަޝިއާގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެ ޤައުމުގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވްއާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަޝިއާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވްއަށް ގުޅުއްވާ މުހިންމު މަޝްވަރާތަކެއް ކުރެއްވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއަށް މިވަގުތު ވެކްސިން ލިބުމުގެ ދަތިކަން ހައްލުކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އެގޮތުން ރަޝިއާގެ ސްޕަޓްނިކް ވެކްސިން ހޯދުމަށް އެގްރީމެންޓްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރާއްޖެއިން ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ 200،000 ގަންނައިރު މި ވެކްސިން އެއްވެސް ލަސްކަމެއްނެތި ރާއްޖެއަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިހާރު އެއްބަސްވެފައިވާގޮތުން އެގްރިމެންޓްގައި ސޮއި ކުރާތާ 4 ހަފްތާ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މި ފޯން ކޯލްގެ ތެރެއިން ރަޝިއާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވްވަނީ ސްޕަޓްނިކް ވެކްސިން އެއްބަސްވާ މުއްދަތުގައި ރާއްޖެއަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށް ވިދާޅުވެފައެވެ. ވެކްސިން ކަށަވަރުކުރުމުގެ އިތުރުން ވެސް މި ފޯން ކޯލްގައި ރާއްޖެއާއި ރަޝިއާގެ ގުޅުން ވަރުގަދަކުރުމަށް އެކި ދާއިރާތަކުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދު އޮންނަ ސިޔާސީ ގުޅުން ވަރުގަދަކުރުމަށް ކުރެވޭނެ މަސައްކަތްތައް ބަލައި އެކަން އިތުރަށް ހަރުދަނާކުރުމަށް ދެބޭފުޅުން އެއްބަސްވިއެވެ.

ވެކްސިން ލިބުމުގައި ދަތިވިޔަސް، ވެކްސިން ގެނައުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ކޮވިޑްގެ ވެކްސިން ގެނައުމަށް ގިނަ ގޮންޖެހުންތަކެއް ހުރި މި ދަނޑިވަޅުގައި ވެސް ވެކްސިން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މި ބައްޔަށް އޮތް ހަމައެކަނި ފަރުވާއަކީ ވެކްސިން ކަން ފާހަގަކުރައްވައި ރައީސްވަނީ، މިކަން ކަށަވަރުކުރުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސިންގަޕޫރްގެ އެސްޓްރަޒެނަކާގެ 7 ލައްކަ ޑޯޒް ގެނައުމަށް އެގްރިމެންޓް ކުރިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އިމްޕޯޓްކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން އަދިވެސް އެ ވެކްސިން ލިބިފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. މި ވެކްސިން ޖެހުމުގެ ހުއްދަ ދެވޭނީ އުމުރުން 18 އަހަރުން މަތީ މީހުންނަށް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. މިއީ ރާއްޖޭގައި ކޮވިޑް 19ގެ ހާލަތުގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ހަތަރު ވަނަ ވެކްސިނެވެ.

ރާއްޖޭގައި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ރަނގަޅަށް ދިރާސާކުރުމަށް ފަހުގައި ކަމަށް އެފްޑީއޭއިން ބުނެއެވެ. އެމްފްޑީއޭއިން ބުނީ މި ނިންމުން އެ އޮތޯރިޓީން ނިންމީ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާއާއި މަޝްވަރާއާ އެކުގައި ކަމުގައެވެ.

ސްޕަޓްނިކް ވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ 'ދި ގަމާލޭޔާ ނޭޝަނަލް ސެންޓަރ އޮފް އެޕިޑެމަލޮޖީ އެންޑް މައިކްރޮބައޮލޮޖީ' އިންނެވެ. މި ވެކްސިން މިހާރުވެސް އިމެޖެންސީގައި ބޭނުން ކުރުމުގެ ޚާއްސަ ހުއްދައިގެ ދަށުން، 66 ގައުމެއްގައި ބޭނުން ކުރަމުންދެއެވެ.

މި ވެކްސިން ބަހައްޓަން ޖެހެނީ 18-ގެ ފިނި ހޫނު މިނެއްގައެވެ. އެހެންކަމުން މި ވެކްސިންގެ ހުއްދަ ދީފައިވަނީ، ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހު އަދި ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގެ 'ކޯލްޑް ޗެއިން' ބެލެހެއްޓުމަށް ޝަރުތު ކޮށްގެން ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ ކޮންމެ ވެކްސިނަކީ ވެސް އެ ވެކްސިނެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ 'ރިއެކްޝަނެއް' އައުމުގެ ފުރުސަތު އޮންނަ އެއްޗެއް ކަމަށެވެ. ވުމާއެކު، އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް، ވެކްސިން ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެމްއެފްޑީއޭއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން ބަލަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް އެފްޑީއޭއިން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް