Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގދ. ވާދޫއަށް އުދައެރުން

ދިޔަވަރު ބޮޑުވާ ކޮންމެ ފަހަރަކު ގދ. ވާދޫ ހަތަރު ފަރާތުން އުދަ އަރާ

ރަށުގެ ވަށައިގެން 10 ވަރަކަށް ފޫޓު މިހާރު ވަނީ ގިރާލާފައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 27 މެއި 2021 | ބުރާސްފަތި 20:07
ގދ. ވާދޫ އަށް އުދަ އަރާފައި

ގދ. ވާދޫ އަށް އުދަ އަރާފައި

މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ވާދޫއަށް ރާޅު އަރާ ރަށް ގިރުމުގެ ގިނަ މައްސަލަތަކެއް ކުރިމަތި ވެއްޖެއެވެ.

ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ 'ރާއްޖެ އެމްވީ' އަށް ވިދާޅުވީ ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ރަށުގެ ދެކުނު ފަރާތުން ވަރަށް ބޮޑަށް އުދައިގެ އަސަރު ކޮށްފައި ވާކަމަށެވެ. އެގޮތުން ދެކުނު ފަރާތުން ރާޅު އަރާ, ގާތްގަނޑަކަށް 300 ނުވަތަ 400 ފޫޓަށް ލޮނުގެ އަސަރު ކޮށްފައި ވާކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުގެ ދެކުނު ފަރާތުން މިހާރު އުދަ އަރާ ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދެއް ނޫން ކަމަށެވެ. އެކަމަކު އެސަރަހައްދަށް ރާޅު އަރާ, އަތިރި މަތީގައި ހުރި ފިނި މައިޒާންތަކަށް އެކިވަރުގެ ގެއްލުން ވެފައި ވާކަމަށް ވިދާޅުވިއެވެ.  

ވާދޫ އަކީ ފަހަކަށް އައިސް ބާނި ބޮޑުވާ ދުވަސް ވަރު އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރާ ރަށެކެވެ. މި މައްސަލައިގެ މައްޗަށް އަލިއަޅުއްވާ ލައްވަމުން އޭނާ ވިދާޅުވީ, ދިޔަވަރު ބޮޑުވާ މޫސުމުގައި އާންމުކޮށް ކޮންމެ ފަހަރަކު ވެސް ރަށުގެ ހުރިހާ ފަރާތަކުން ރާޅު އަރާކަމަށާއި، އެގޮތަށް އެކަން ދިމާވާތާ މިހާރު 10 ވަރަކަށް އަހަރު ވެފައި ވާކަމަށް ވިދާޅުވިއެވެ.

ވާދޫއަށް ކުރިމަތިވެފައި މިވާ މައްސަލައިގެ ސަބަބުން, ރަށުގެ ބޮޑު ސަރަހައްދެއް ގިރާފައި ވާކަމަށާއި، ރަށުގެ ވަށައިގެން 10 ވަރަކަށް ފޫޓު މިހާރު ގިރާފައި ވާކަމަށެވެ. ޚާއްސަކޮށް ވާދޫގެ މަޝްހޫރު ބްލޫބައުލް ރާޅުގަނޑާ ވީ ފަރާތް ވަރަށް ބޮޑަށް ގިރާފައި ވާކަމަށެވެ. އެއާއެކު, ރަށް ގިރުމުގެ ސަބަބުން އެރަށުގެ މީހުން ދިރިއުޅޭ ބައެއް ގެތަކުން މީހުން ހުސްކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން މިހާރު އެބަ އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަށް ގިރުމުގެ އިތުރުން ވެސް އެރަށަށް ގިނަ މައްސަލަތަކެއް ރާޅުއެރުމުގެ ސަބަބުން މިހާރު ވަނީ ކުރިމަތިވެފައި ކަމަށާއި، އެގޮތުން ވޭތިވެ ދިޔަ ދެތިން އަހަރެއްހާ ދުވަހު އެރަށުގެ ފަރު ވަރަށް ބޮޑަށް ހަލާކުވެ, ގިނަ އަދަދެއްގެ މުރަކަ ވަނީ މަރުވެފައި ކަމަށެވެ. އޭނާ

އިތުރަށް ވިދާޅުވީ, ކައުންސިލާ ހަވާލުވުމަށް ފަހު, ކަމާ ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން މި މައްސަލަތަކަށް ހައްލެއް ލިބޭތޯ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެހެން ނަމަވެސް މިކަމަށް އަދި އަލިމަގެއް ފެނިފައިނުވާ ކަމަށެވެ.

ގދ. ވާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް، ގދ. ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފި

ރައީސް، ގދ. ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފި

09 އޯގަސްޓު 2023
މެނިފެސްޓޯ ހަގީގަތަކަށް ހެދުމަށްޓަކައި ހުވަދުއަތޮޅު ރައްޔިތުންގެ ދައުރު ބޮޑު - ރައީސް

މެނިފެސްޓޯ ހަގީގަތަކަށް ހެދުމަށްޓަކައި ހުވަދުއަތޮޅު ރައްޔިތުންގެ ދައުރު ބޮޑު - ރައީސް

09 އޯގަސްޓު 2023
ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ

ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ

15 މާރިޗު 2023
ގދ. ވާދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

ގދ. ވާދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

20 ސެޕްޓެމްބަރު 2022
ވާދޫގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

ވާދޫގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

21 އެޕްރީލު 2022

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު