Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވުން

އަހަރު ނިމޭއިރު މޫޑީސްގެ ރިވިއު ރަނގަޅު ވެގެން ދާނެ – މިނިސްޓަރު

މިއަހަރު ފެށިގެން އައިއިރު އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅު

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 27 މެއި 2021 | ބުރާސްފަތި 15:22
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މިއަހަރު ނިމޭއިރު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްގެ ރިވިއު ރަނގަޅުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީން) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެންމެފަހުން މޫޑީސްއިން ނެރުނު ރިޕޯޓަކީ އިތުރު އާ ރިވިއުއެއް ހެދުމަށް ފަހު ނެރެވުނު ރިޕޯޓެއް ނޫން ކަމަށެވެ. މޫޑީސްގެ ރިޕޯޓަކީ ކުއާޓަލީ ރިޕޯޓެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ, ފަހުން ނެރުނު ރިޕޯޓުގައި މޫޑީސްއިން ބުނެފައިވަނީ މިދިޔަ އަހަރު ހެދި ރިވިއު އަދިވެސް ދަމަހައްޓާ ވާހަކަ ކަމަށެވެ.

މޫޑީސް އިން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ރާއްޖެ އަށް ދީފައިވަނީ ބީ3 ރޭޓިން އެކެވެ. އެއީ ކްރެޑިޓް ރިސްކް މަތިކަން ނުވަތަ ފައިނޭންޝަލް ސްޓެބިލިޓީ ދަށްކަން އަންގައިދޭ ރޭޓިން އެކެވެ. ރާއްޖޭގެ އިކޮނޮމިކް ސްޓްރެންތަށް ދީފައިވަނީ ބީއޭ3 ރޭޓިން އެވެ. އެއީ އިގްތިސާދީ ހާލަތު ދަށްކަން އަންގައިދޭ ރޭޓިންއެކެވެ. މީގެ އިތުރުން މޫޑީސްއިން ރާއްޖޭގެ ފިސްކަލް ސްޓްރެންތަށް ދީފައިވަނީ ބީ1 ރޭޓިން އެކެވެ. އެއީ ރާއްޖޭގެ ދަރަނި އިތުރުވެ، ލޯނު ހޯދަން ދަތިވާނެ ކަމަށް ލަފާކޮށް ދީފައިވާ ރޭޓިން އެކެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ, އެންމެފަހުން ހުސްވި އަހަރު މޫޑީސް އަދި ފިޗްގެ ރިޕޯޓުގައި ރޭޓިން ދަށްވި މައިގަނޑު ސަބަބަކީ ޝޯޓް ޓާމް ލިކުއިޑިޓީ ރިސްކާއި ރޯލްއޯވާ ރިސްކް އޮތުން ކަމަށެވެ. އެކަމަކު ސުކޫކް ވިއްކައިގެން ޔޫރޯ ބޮންޑުގެ 290 މިލިއަންގެ ތެރެއިން 191 މިލިއަން ދައްކާފައި ވުމުން ލިކުއިޑިޓީ ރިސްކް ނުވަތަ ރޯލްއޯވާ ރިސްކް މިހާރު ރާއްޖެއަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއަހަރު ފެށިގެން އައި އިރު އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެގެން ގޮސްފައި ވުމާއެކު, ދެން އަންނަ ރިވިއުއެއްގެ ރޭޓިން ރަނގަޅުވެގެން ދާނެކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ވެގެން ދާނީ މިހާރު މިއޮތް ކޮވިޑް ސާޖް ރަނގަޅު ކުރެވިގެން ކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ އެކަމަށްޓަކައި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު