Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ހިޔާ ފްލެޓް

ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ހިޔާ ފްލެޓްތަކަށް ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ

އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 މެއި 2021 | ބުރާސްފަތި 03:18
ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހައިލައިގެން

ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހައިލައިގެން

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ހިޔާ ފްލެޓްތަކަށް ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.

ފްލެޓްތަކުގެ އަގު އަދާކުރަންޖެހޭ ގޮތުގެ ތަފްސީލުތައް ބުދަ ދުވަހުގެ ރޭ އާއްމުކޮށް، އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހައިލައިގެން ކަމަށާއި ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

ފްލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށާއި އެހެންނަމަވެސް އެއްވެސް ފަރާތަކުން ޑައުންޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ބޭނުންވާނަމަ އެ މީހަކަށް އެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފްލެޓުގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި މިއަގާ އެއްގޮތަށް ކުޑަކުރާނެ ކަމަށާއި ފުލެޓަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

ހިޔާ މަޝްރޫއުގެ މައުލޫމާތުތައް ވީހާވެސް ހަލުވިކަމާއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހިޔާ މަޝްރޫޢުއަށް ހާއްސަ ރަސްމީ 'ވައިބަރ ޗެނަލް އެއް ތައާރުފުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޑީސީން ބުންޏެވެ. އަދި މި 'ވައިބަރ ޗެނަލުން އެޗްޑީސީގެ ވެބްސައިޓް އަދި މީސްމީޑިއާގައި ހިޔާ މަޝްރޫޢުއާ ގުޅޭގޮތުން ޝާއިޢުކުރެވޭ ހުރިހާ މަޢުލޫމާތެއް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ.

ފްލެޓްތައް ދޭއިރު ދެ ކޮޓަރީގެ ފްލެޓްތައް ދޭނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށެވެ. އަަދި ސިޓިންރޫމާއި ކޮޓަރިތަކުގައި ތަށިމުށި ވެސް ނުޖަހާނެ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ. އެކަންކަން ކުރަން ތިން މަސް ދުވަސް ދޭނެ ކަމަށް ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިން އިއުލާން ކުރެއްވިއެވެ.

ހިޔާ ފްލެޓް

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
12 ޑިސެމްބަރު 2024

ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

12 ޑިސެމްބަރު 2024
ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ
12 އޮކްޓޯބަރު 2024

ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

12 އޮކްޓޯބަރު 2024
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!
17 މާރިޗު 2024

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

17 މާރިޗު 2024
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
06 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

06 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
06 ޑިސެމްބަރު 2023

ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި

06 ޑިސެމްބަރު 2023
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
06 ޑިސެމްބަރު 2023

ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!

06 ޑިސެމްބަރު 2023
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
01 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟

01 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
30 ނޮވެމްބަރު 2023

ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް

30 ނޮވެމްބަރު 2023
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް
29 ނޮވެމްބަރު 2023

ހިޔާ ފްލެޓް ފިނިޝިންގ އަށް ދޭން ސަރުކާރުން ވައުދުވި ފައިސާ ދޭނެ ގޮތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވަނީ

29 ނޮވެމްބަރު 2023
ހިޔާ ފްލެޓް ފިނިޝިންގ އަށް ދޭން ސަރުކާރުން ވައުދުވި ފައިސާ ދޭނެ ގޮތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު