Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ބުދަ ދުވަހުގެރޭ 8 ޖެހުމާ ހަމައަށް ގޭބީސީތަކަށް އެކަނި 26،000 ފާސް ދޫކޮށްފައިވޭ

26 މެއި 2021 | ބުދަ 17:36

މިހާރު ޕެންޑިންގައި ހުރީ 6،939 ފާސް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 26 މެއި 2021 | ބުދަ 17:36
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ

ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ

ބުދަ ދުވަހުގެރޭ 8 ޖެހުމާ ހަމައަށް ގޭބީސީތަކަށް އެކަނި 26،000 ފާސް ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑަންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފާސްތަކަށް ހުށަހަޅަން ހުޅުވާލި އިރުން ފެށިގެން ވަރަށް ގިނަ ރިކުއެސްޓްތައް ލިބިފައިވާ ކަމަށެވެ. އޭގެ ސަބަބުން ސިސްޓަމަށް ވެސް ކޮންމެވެސް ވަރަކަށް ލޯޑު ބޮޑުވެ ބުރޫ އަރާފައިވާ ކަމަށެވެ. އެކަމަކު ގިނަ ފާސްތައް މިހާރު ވެސް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ 8:00އާ ހަމައަށް 26،300 ފާސް ދޫކޮށްފައިވާ ކަމަށާއި މިހާރު ޕެންޑިންގައި ހުރީ 6،939 ފާސް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަބްދުﷲ ޝަރީފް ވިދާޅުވީ ފާސް ދޫކުރުމުގައި އެކި ސަބަބުތަކާ ހެދި ލަސްތައް ދިމާވަމުން އަންނަ ކަމަށެވެ. އެގޮތުން އާންމުން ފާސްތަކަށް އެދޭ އިރު ވެސް ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަން ނުދިނުމާއި އެފަދަ ސަބަބުތަކަށްޓަކާ ވެސް ލަސްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައެއް ބޭފުޅުން ފާހަށް އެދޭ އިރު، ފެން މީޓަރު ނަމްބަރު ޖަހާފައި ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ. މީގެ އިތުރަށް ބައެއް ގޭބީސީތަކުން ހުއްދައަށް އެދޭ އިރު، ދެ ގަޑީގައި ވެސް އެއް ބޭފުޅަކު ނިކުންނަށް އެދިފައި ހުންނަކަން ފާހަގަވެފައިވާ ކަމަށާއި، ބައެއް ގޭބީސީތަކުން ދެ މީހުންނަށް ވުރެ ގިނަ މީހުން ވެސް ފާހަށް އެދި ހުށަހަޅަމުންދާ ކަމަށް ވިދާޅުވިއެވެ. އެހެންވެ އެކަންކަމާ ގުޅިގެން ހުއްދައަށް އެދޭ ފަރާތާ ކޮމިއުނިކޭޓްކުރުމަށް ދާ ވަގުތަކީ ވެސް ފާސް ދޫކުރުމުގައި ލަސްވުން ދިމާވާ އެއް ސަބަބު ކަމަށާއި ފާހަށް އެދޭ އިރު ވީހާ ވެސް ބޮޑަށް އެކަންކަމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާތީ، ހަވީރު ހަތަރަކުން އަނެއް ދުވަހުގެ ހެނދުނު އަށަކަށް ކާފިއު އިއުލާންކޮށްފައިވާއިރު، ކާފިއު ނޫން ގަޑިތަކުގައި ވެސް ކޮންމެ ގޭބީސީއަކުން ބޭރުގައި އުޅެވެނީ ދެމީހަކަށެވެ. އެ ދެ މީހުންނަށް ވެސް ފާސް ދޫކުރަނީ ދެ ގަޑިއަކަށެވެ. މި ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ ފުލުހުންގެ ޕޯޓަލްއަށް، އެ ގޭބީސީއެއްގެ ކަރަންޓު މީޓަރު ނަމްބަރާ އެކުގައެވެ. އެކެއްގެ ނަމުގައި ފާސް ނެގުމަށް ފަހު އެ ފާސް ބަދަލުކުރެވޭނީ 72 ގަޑި އިރު ފަހުންނެވެ.

ގޭބީސީތަކަށް ދޫކުރާ ފާސްތަކަކީ ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ބޭނުންތަކަށް އެކަނި ބޭނުންކުރެވޭ ފާސްތަކަކަށް ވާއިރު އެ ފާސްތައް ބޭނުންކޮށްގެން، މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ދިއުން ވަނީ މަނާ ކޮށްފައެވެ. އެގޮތުން މާލޭގައި ބޭނުން ކުރެވޭނީ މާލެ އަދި ވިލިމާލެ އަށް ދޫކޮށްފައިވާ ފާސްތައް އެކަންޏެވެ. އަދި ހުޅުމާލޭގައި ބޭނުން ކުރެވޭނީ ހުޅުމާލޭގެ ގޭބީސީތަކަށް ދޫކޮށްފައިވާ ފާސް އެކަންޏެވެ.

ގޭބީސީތަކަށް ދޫކުރާ ފާސްތަކުގެ އިތުރަށް ވެސް އެކި ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށް ކުންފުނީގެ ނަމުގައި ފާސް ދޫކުރަމުންދާއިރު، ކެފޭ ރެސްޓޯރަންޓުތަކާއި، ފިހާރަތަކަށް ވެސް ޑެލިވަރީ ޚިދުމަތާއި އެހެނިހެން ޚިދުމަތްތަކަށް ވެސް 4 ފާހާއި 8 ފާހާއި ދެމެދުގައި ފާސް ދޫކުރެއެވެ. އަދި އިތުރަށް ފާސް ބޭނުންވާނަމަ އެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އަދި މީގެ އިތުރަށް ހޮސްޕިޓަލަށާއި، ކޮންމެހެން ބޭނުންވާ އެފަދަ ޒަރޫރީ ބޭނުމަކަށް ބޭރަށް ދާން ބޭނުން ވެއްޖެ ނަމަ ފުލުހުންގެ ޚާއްސަ ފާހެއް ކާފިއު ގަޑީގައި އަދި އެނޫން ގަޑީގައި ވެސް ދޫކުރާނެއެވެ.

ކޮވިޑް-19މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް