Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޔޫރޮޕާ ލީގު

ޔޫރޮޕާ ލީގު ފައިނަލް: ސޯލްޝެއާއަށް ތައްޓެއް ހޯދުމުގެ ފުރުސަތު

ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 10:12
ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ

ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ

ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި ވިޔަރެއާލާ ދެކޮޅަށް ނުކުންނަ މެޗަކީ ކޯޗިން ކެރިއަރުގައި ޔުނައިޓެޑާއެކު އެހެން ހަރުފަތަކަށް ޖެހިލަން ލިބޭ ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

މި ފަހަރުގެ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދީ ސެމީ ފައިނަލުގައި ރޯމާ އަތުން 8-5 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ 2018 ވަނަ އަހަރު ޔުނައިޓެޑުގެ ކޯޗުގެ މަގާމާ ހަވާލުވި އޮލެ ގުނަ ސޯލްޝެއާ، އެ ޓީމު ގޮވައިގެން ނުކުންނާނެ ފުރަތަމަ ފައިނަލެވެ.

ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުނީ މިހާރު އޮތް ޔުނައިޓެޑުގެ ޓީމަކީ އޭނާ މިދިޔަ އަހަރުތަކުގައި ބިނާކުރަމުން އައި ޓީމެއް ކަމަށާއި، އެހެންކަމުން މި ފަހަރުގެ ފައިނަލަކީ ޔުނައިޓެޑާއެކު އެހެން ހަރުފަތަކަށް ޖެހިލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

އަދި ޔުނައިޓެޑަކީ ތަށި ހޯދަންޖެހޭ ޓީމެއް ކަމަށާއި، އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ޓީމެއްގެ ގޮތުގައި ޔުނައިޓެޑް ބާއްވަން ކުރަން ޖެހޭނެ ކަމަކީވެސް ތަށި ހޯދުން ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެ ކުލަބަށް ކޮންމެ ކޯޗަކު އަޔަސް އަދި ކުޅުންތެރިއަކު ކުޅުނަސް، އެ ޕްރެޝަރު އޮންނާނެ ކަމަށްވެސް ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާއާއެކު ޔުނައިޓެޑުން އަދި މިހާތަނަށް ކާމިޔާބީއެއް ހޯދާފައިނުވާއިރު، އެ ޓީމުން ވަނީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އެކަމަކު އޭރު ޔުނައިޓެޑުގެ ކޯޗަކީ ޖޯސޭ މޮރީނިއޯއެވެ.

ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޔުނައިޓެޑާ ދެކޮޅަށް ވިޔަރެއާލް ނުކުންނައިރު، އެ ޓީމުގެ ކޯޗަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު ކަމަށްވާ އުނާއި އެމެރީއެވެ. އެގޮތުން މީގެ ކުރިން ސެވިއްޔާ ގޮވައިގެން އެމެރީ ވަނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައެވެ. އަދި އޭގެ ފަހުން އެމެރީ ވަނީ 2019 ވަނަ އަހަރުގެ ފައިނަލުގައި އާސެނަލް ގޮވައިގެންވެސް ވާދަކޮށްފައެވެ. އެކަމަކު އެ ފަހަރު އާސެނަލް ވަނީ ޗެލްސީ އަތުން ބަލިވެފައެވެ.

އެމެރީ އަކީ ތަފާތު ތިން ޓީމެއް ގޮވައިގެން ޔޫރޮޕާ ލީގުގެ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ކޯޗެވެ. އަނެއް ކޮޅުން މިރޭ ވިޔަރެއާލް މޮޅުވެއްޖެނަމަ އެމެރީ ވެގެންދާނީ ޔޫރަޕުގެ ބޮޑު މުބާރާތްތަކުގައި ހަތަރު ތަށި ހޯދި ހަތަރުވަނަ ކޯޗަށެވެ. ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރީ ބުނީ އޭނާގެ ފޯކަސް ހުރީ އެއްވެސް ރިކޯޑެއް ހެދުމަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އޭނާގެ ފޯކަސް ހުރީ ފައިނަލް މެޗުން މޮޅުވުމަށް ކަމަށެވެ.

އެމެރީ ބުނީ މި ވަގުތު ގިނަ ބަޔެއްގެ ނަޒަރުގައި ފައިނަލުގެ ފޭވަރިޓުންނަނީ ޔުނައިޓެޑް ކަމަށާއި، އެހެންކަމުން މި މެޗަ ކުރިމަތިލާއެކި ވިޔަރެއާލަށް އޮތް ފުރުސަތަކީ ރަނގަޅު ޕްލޭނެއް ހަދައިގެން މެޗާ ކުރިމަތިލުން ކަމަށެވެ. މި ފަހަރުގެ ފައިނަލަކީ ވިޔަރެއާލުން ޔޫރަޕުގެ ބޮޑު މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

މި ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ޕޮލެންޑުގެ ގަޑާންސްކްގައި ކުޅޭއިރު، މި މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

ޔޫރޮޕާ ލީގުމެންޗެސްޓަރ ޔުނައިޓެޑްވިޔަރެއާލް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު