Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެކްސިން ޖަހަންދާން ހުއްދަ ހޯދުން

ވެކްސިން ޖަހަން ދާން ވެސް ފުލުހުންގެ ހުއްދަ ހޯދަން ޖެހޭ

26 މެއި 2021 | ބުދަ 08:53

މާލެ ސަރަހައްދުގައި ވެކްސިން ޖަހަނީ 2 ގަޑިއިރު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 މެއި 2021 | ބުދަ 08:53
މިހާރު ވެކްސިން ޖަހަނީ 3 ސެންޓަރެއްގައި

މިހާރު ވެކްސިން ޖަހަނީ 3 ސެންޓަރެއްގައި

ބުދަ ދުވަހުން ފެށިގެން ވެކްސިން ޖަހަންދާ މީހުންނަށް ވެސް ފުލުހުންގެ ޚާއްސަ ހުއްދަ ބޭނުންވާނެއެވެ.

26 މެއި ވާ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެޅި ޚާއްސަ ފިޔަވަޅު ތަކަކާއެކު މިވަނީ ފުރަބަންދު ކޮށްފައެވެ. އެހެންކަމުން ވެކްސިން ޖަހަންދާން ވެސް ހުއްދަ ހޯދުމަށް އެޗްޕީއޭއިންވަނީ އެދިފައެވެ. މާލެ ސަރަހައްދުގައި މިހާރު އާއްމުކޮށް ހުޅުވާލައިގެން ޖަހަނީ ސިނޮފާރމް ވެކްސިނެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހަނީ ހެނދުނު 9:00 ފެށިގެން 11:00ށް ނޭޝަނަލް އާރޓް ގެލަރީ، ވިލިމާލެ ޔޫތް ސެންޓަރ އަދި ޓްރީ ޓޮޕްގައެވެ.

Advertisement - newsAdvertisement

ފުލޫ ކްލިނިކްތަކާއި، ސާމްޕަލް ކަލެކްޝަން ސެންޓަރު ތަކަށް ސާމްޕަލް ނަގަން ދާއިރު ވެސް ފުލުހުންގެ ހުއްދަ ބޭނުންވެއެވެ. މާލެ ސަރަހައްދުގައި މިހާރު 5 ފްލޫ ކްލިނިކާއި، 4 ސާމްޕަލް ކަލެކްޝަން ސެންޓަރު އެބަހުއްޓެވެ.

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ގަޑި މިހާރު މިވަނީ ހަވީރު 4:00ން ހެނދުނު 8:00ށް އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން އެހެން ގަޑިތަކުގައި ބޭރަށް ނުކުމެ އުޅުމުގައި އިތުރު ހިފެހެއްޓުންތަކެއް އަޅަން ނިންމާފައިވާއިރު، ކާފިއު ނޫން ގަޑީގައި ކޮންމެ ގެއަކަށް ވެސް ދެ ރެސިޑެންޝަލް ޕާމިޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ރެސިޑެންޝަލް ޕާމިޓް ދޫކުރާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު 8:00ން މެންދުރު 12:00ށް އަދި މެންދުރު 12:00ން ހަވީރު 4:00ށް ގެއަކަށް 2 ޕާމިޓް ދެ ގަޑިއެއްގައި ދޫކުރެވޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ. އެގޮތުން ހޯމަ ދުވަހުގެ ރޭ 8:00ން ފެށިގެން ރެސިޑެންޝަލް ޕާމިޓަށް ރިކުއެސްޓް ކުރެވޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ. ރެސިޑެންޝަލް ޕާމިޓަށް އެދޭއިރު ވެރިފިކޭޝަނެއްގެ ގޮތުގައި ގޭގެ ކަރަންޓް މީޓަރުގެ ނަންބަރު ހުށަހަޅަން ޖެހޭނެކަމަށާއި ކޮންމެ ގެއަކުން ވެސް 2 މީހަކަށް ފާސް ލިބޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މީގެ އިތުރުން ގްރޭޓަރ މާލެ ސަރަހައްދު ބަހާލާފައިވާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ އަދި ވިލިމާލެ އަކީ ވަކި ޒޯނެއްގެ ގޮތަށް އަދި ހުޅުމާލެއަކީ ވަކިޒޯނެއްގެ ގޮތުގައި ބަލަން ނިންމާފައިވާއިރު، މާލެ އަދި ވިލިމާލެއަށް ދޫކުރާ ފާސްތައް ހުޅުމާލޭގައި ބޭނުން ނުކުރެވޭނެކަމަށާއި ހުޅުމާލެއަށް ދޫކުރާ ފާސްތައް މާލޭގައި ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. މިއާއެކު މާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުމާލެ ނުދެވޭ އިރު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް މާލެ ނާދެވޭނެއެވެ. ރެސިޑެންޝަލް ޕާމިޓް ކާފިއު ގަޑީގައި ބޭނުން ނުކުރެވޭ އިރު، ގެބިސީތަކުން ހުއްދަދޭ ފަރާތްތަކުގެ ނަން ބަދަލު ކުރާނަމަ ނަން ބަދަލު ކުރެވޭނީ ފުރަތަމަ ހުއްދަ ދޭތާ 72 ގަޑި އިރު ފަހުންނެވެ.

އޭގެ އިތުރުން ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 6:00ން މެންދަމު 12:00ށް ކަމަށާއި ކުރިން ދޫކޮށްފައިވާ ޑެލިވަރީ ފާސް ބޭނުންކުރެވޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި ކާފިއުގަޑީގައި ފިހާރަ ތެރެއަށް ވަދެ ވިޔަފާރި ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިން

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް