Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލައިސަންސްގެ މުއްދަތު އިތުރުކުރުން

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްފި

26 މެއި 2021 | ބުދަ 08:29

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 24 ޖޫންގެ ނިޔަލަށް އިތުރު ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 މެއި 2021 | ބުދަ 08:29
ލޯންޗެއް ދުއްވާފައިދަނީ، ސަލާމަތީ ގޮތުން ކަންކަން ބެލުމަށް އިލްތިމާސްކޮށްފައިވޭ

ލޯންޗެއް ދުއްވާފައިދަނީ، ސަލާމަތީ ގޮތުން ކަންކަން ބެލުމަށް އިލްތިމާސްކޮށްފައިވޭ

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިތުރުކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ރާއްޖޭގައި ކޮވިޑު-19 ފެތުރުން ކޮންޓްރޯލުކުރުމަށާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެފައިވުމުން މި މަހުގެ 26ން ފެށިގެން ފުރަބަންދުގެ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހަމަޖެހިފައިވާތީ، މިމަހުގެ 25ން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 24 ޖޫންގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް، އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދުފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށްފަހު އުޅަނދުފަހަރުގެ ދަތުރުތައް ފެށުމަށް އެއޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އަލަށް އުޅަނދެއް ރަޖިސްޓްރީކޮށް 25 އެޕްރީލްގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 24 މެއިގެ ކުރިން ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯދުމަށް ވެސް ވަނީ އަންގާފައެވެ. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު 25 މެއި 2021 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވީ ނަމަވެސް އެ ލައިސަންސްގެ މުއްދަތު 24 ޖޫންގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2021

ނަންބަރު ބޯޑު މައްސަލައިގައި ޓްރާންސްޕޯޓްގެ އިސްވެރިންނަށް ދައުވާ ނުކުރަން ނިންމައިފި

15 ނޮވެމްބަރު 2021
ނަންބަރު ބޯޑު މައްސަލައިގައި ޓްރާންސްޕޯޓްގެ އިސްވެރިންނަށް ދައުވާ ނުކުރަން ނިންމައިފި
12 ނޮވެމްބަރު 2021

ވެރިފަރާތުން ހަވާލުނުވާ އުޅަނދު ނީލަމުގައި ވިއްކާލަނީ

12 ނޮވެމްބަރު 2021
ވެރިފަރާތުން ހަވާލުނުވާ އުޅަނދު ނީލަމުގައި ވިއްކާލަނީ
28 އޯގަސްޓު 2021

ސާވޭގެ ކުރިން އުރުނު ބޯޓު ފުރަން ބޭނުންވާނަމަ 100 މިލިއަން ރުފިޔާގެ ޑިޕޮޒިޓެއް ނަގާނަން: އީޕީއޭ

28 އޯގަސްޓު 2021
ސާވޭގެ ކުރިން އުރުނު ބޯޓު ފުރަން ބޭނުންވާނަމަ 100 މިލިއަން ރުފިޔާގެ ޑިޕޮޒިޓެއް ނަގާނަން: އީޕީއޭ
26 އޯގަސްޓު 2021

"ބޯޓު ފުންކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 1ގައި، އުންމީދަކީ ދެ ދުވަސްތެރޭ ނިންމުން"

26 އޯގަސްޓު 2021
"ބޯޓު ފުންކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 1ގައި، އުންމީދަކީ ދެ ދުވަސްތެރޭ ނިންމުން"
13 ޖުލައި 2021

ގަރާޖު ސިޓީ ދޫކުރުމުގެ ބާރު ކައުންސިލަށް ދޭން މަޝްވަރާ ނުކުރާ ކަމަށް ބުނެ ކުރި ތުހުމަތު ދޮގުކޮށްފި

13 ޖުލައި 2021
ގަރާޖު ސިޓީ ދޫކުރުމުގެ ބާރު ކައުންސިލަށް ދޭން މަޝްވަރާ ނުކުރާ ކަމަށް ބުނެ ކުރި ތުހުމަތު ދޮގުކޮށްފި
17 ޖޫން 2021

އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސެންސް އައު ކޮށްދިނުމުގެ ޚިދުމަތް އަލުން ފަށަނީ

17 ޖޫން 2021
އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސެންސް އައު ކޮށްދިނުމުގެ ޚިދުމަތް އަލުން ފަށަނީ
25 މެއި 2021

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބޭނުން ކުރެވޭ މުއްދަތު އިތުރުކޮށްފި

25 މެއި 2021
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބޭނުން ކުރެވޭ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް