Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަރަށް އެރި ބޯޓު

ސާވޭގެ ކުރިން އުރުނު ބޯޓު ފުރަން ބޭނުންވާނަމަ 100 މިލިއަން ރުފިޔާގެ ޑިޕޮޒިޓެއް ނަގާނަން: އީޕީއޭ

ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާނީ ސެޕްޓެމްބަރު 1 ގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2021 | ހޮނިހިރު 08:54
ފަރަށް އަރާފައިވާ ޕެނަމާގެ ބޯޓު

ފަރަށް އަރާފައިވާ ޕެނަމާގެ ބޯޓު

އީޕީއެއިން ހަދަންޖެހޭ ސާވޭތައް ހެދުމުގެ ކުރިން ފަރަށް އެރި ބޯޓު ފުރަން ބޭނުންވާނަމަ ޑިޕޮޒޮޓެއްގެ ގޮތުގައި 100 މިލިއަން ރުފިޔާ ނަގާނެ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

ޕެނަމާގެ އާގު ބޯޓެއް ކ. ރަސްފަރީ ހުޅަނގު ފަރާތު ފަރަށް އެރީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދިވެސް މި ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޯޓު ފުންކުރެވުނުހާ އަވަހަކަށް ފަރަށް ލިބުނު ގެއްލުން ބަލާނެ ކަމަށް އީޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ބޯޓު ފުން ނުކުރެވެނީސް ސާވޭގެ މަސައްކަތެއް ނުފެށޭނެ ކަމަށެވެ. އެހެންކަމުން ބޯޓު ފުންކޮށް، ސާވޭކޮށް ނުނިމެނީސް ބޯޓު ފުރަން އެދޭނަމަ 100 މިލިއަން ރުފިޔާ ޑިޕޮޒިޓުގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ސާވޭއަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންކަން މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަރަށް ލިބިފައިވަނީ ކިހާ ބޮޑު ގެއްލުމެއްތޯ ފަރުގެ މަތިން ބަލާފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ. މޫދު އަޑިއަށް ގޮސްގެން ބެލޭނީ ބޯޓު ފުންކުރެވުނީމަ ކަމަށް ވިދާޅުވިއެވެ. މިހާތަނަށް ބެލި ބެލުމުން ވަރަށް ބޮޑު ގެއްލުމެއް ފަރަށް ލިބިފައިވާކަން ފާހަގަކުރެވުނު ކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ.

ނައީމް ވިދާޅުވީ ކ. ރަސްފަރި ފަރަކީ ހިމާޔަތްކޮށްފައިވާ ފަރަކަށް ވުމާއި، ފަރަށް ލިބުނު ގެއްލުމާއި ގުޅިގެން ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް ޖޫރިމަނާކުރާނެ ވަރެއް އަދި ކަނޑަނާޅާ ކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޯޓު އޮތީ އެއްކޮށް ފަރަށް ލައްވެފައެވެ. މި ސަރަހައްދުގައި އެމްއެންޑީއެފާއި، އަދިވެސް އެހެނިހެން ފަރާތްތަކުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. ފަރަށް އެރި ބޯޓުގެ މައުލޫމާތު ހިއްސާކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކެޕްޓަން ޢާދިލް ރަޝީދު ވިދާޅުވީ ބޯޓު ފުންކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 1ގައި ފަށައި، 2 ދުވަސްތެރޭ ނިންމާލެވޭނެ ކަމަށެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ބޯޓުގައި ރައްކާކޮށްފައިހުރި 1،226 ޓަނުގެ ތެޔޮ މަތީ ޓޭންކުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ބޯޓު ފަޅައިގެންދާ ހާލަތެއްގައިވެސް މޫދަށް ތެޔޮ ލީކުނުވާނީ އޭރުން ކަމަށް އާދިލް ވަނީ ވިދާޅުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ބޯޓުގެ އިންޖީނުގެ ޔުނިޓު ތިނެއްގެ ހޫނުމިން މަތިވުމުން އިންޖީނު ނިއްވާލުމުގެ ސަބަބުން އުޅަނދު އޮޔާ ގޮސްގެން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކައެވެ. އަދި އުޅަނދު ފަރަށް އެރުމުން ސަލާމަތްކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައެއް ނުވެއެވެ. މިފަދަ މައްސަލައެއް ދިމާވިކަން އަންގާފައިނުވާއިރު، ކެޕްޓަންގެ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން ފާހަގަވެފައިވެއެވެ. ވަކިން ޚާއްސަކޮށް ނަގިލިލުން ފަދަ ކަމެއްވެސް ކޮށްފައިނުވެއެވެ. އެހީއަށްވެސް އެދިފައިނުވާކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.

އީޕީއޭއެމްއެންޑީއެފްއެންވަޔަރަމަންޓް މިނިސްޓްރީޓްރާންސްޕޯޓް މިނިސްޓްރީމޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު