Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޖުރިމަނާކުރުން

ވާއެއްޗެއް ނުވާއެއްޗަކީ ކޮވިޑޭ ވިދާޅުވެ މާސްކު ނެންގެވީމާ ބްރެޒިލްގެ ރައީސް ޖުރިމަނާކޮށްފި

23 މެއި 2021 | އާދީއްތަ 11:08

މައްސަލަ އިސްތިއުނާފު ކުރަން ބޮލްސޮނާރޯއަށް ލިބިފައިވަނީ 15 ދުވަސް

| 23 މެއި 2021 | އާދީއްތަ 11:08
ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ: ކޮވިޑް އުސޫލުތަކާ ތަކުރާރުކޮށް ޚިލާފުވެވަޑައިގަންނަވާ ބޭފުޅެއް

ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ: ކޮވިޑް އުސޫލުތަކާ ތަކުރާރުކޮށް ޚިލާފުވެވަޑައިގަންނަވާ ބޭފުޅެއް

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ޖުރިމަނާކޮށްފިއެވެ.

ރައީސް ބޮލްސޮނާރޯ ޖުރިމަނާކުރީ ބްރެޒިލްގެ މަރަންހާއޯ ސްޓޭޓްގެ ސިއްހަތާބެހޭ އިދާރާގެ ފަރާތުންނެވެ. އެ ސްޓޭޓްގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސަތޭކަ މީހުންނަށްވުރެ ގިނަ މީހުން ހިމެނޭހެން އެއްވެސް ކަހަލަ އެއްވުމެއް ނުބޭއްވުމާއި ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުން ހިމެނެއެވެ. އެކަމަކު ހުސްވި ހަފުތާ ތެރޭގައި ރައީސް ބޮލްސޮނާރޯ އެ ސްޓޭޓަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ވަރަށް ބޮޑު އެއްވުމެއް ވަނީ ބާއްވަވާފައެވެ. މި އެއްވުމުގައި ރައީސް ހުންނެވީ މާސްކެއްވެސް ނެތިއެވެ.

މަރަންހާއޯ ސްޓޭޓްގެ ގަވަރުނަރު ފްލޭވިއޯ ޑީނޯ ވިދާޅުވީ އެތާގެ ސިއްހަތާބެހޭ އިދާރާގެ ފަރާތުން ރައީސް ޖުރިމަނާކޮށްފައިވާ ކަމަށާއި ރައީސަކަސް ގަވައިދުތަކާއި ކުޅެ ބޭނުންހާ އެއްޗެއް ނުހެދޭނެ ކަމަށެވެ. އެންމެންގެ މައްޗަށްވެސް އެއްވަރަކަށް ގަވާއިދު ހިނގާނޭ ކަމުގައެވެ. މި ޖުރިމަނާ އިސްތިއުނާފު ކުރުމަށް ރައީސް ބޮލްސޮނާރޯއަށް ލިބިފައިވަނީ ފަނަރަ ދުވަހެވެ. ޖުރިމަނާގެ ހަގީގީ އަދަދު ނިންމާނީ އެ މަރުހަލާއަށްފަހުގައެވެ. އެނގިފައިވާ ގޮތުގައި ޖުރިމަނާ ކުރާނީ ބޮޑު އަދަދަކުންނެވެ.

ރައީސް ބޮލްސޮނާރޯއަކީ ކޮވިޑުވެސް ގަބޫލުކުރައްވާ ބޭފުޅެއް ނޫނެވެ. މަރަންހާއޯ ސްޓޭޓުގައި ބޭއްވުނު ބައްދަލުވުމުގައި އެ ސްޓޭޓުގައި އަޅާފައިވާ ފިޔަވަޅުތައް ކުށްވެރިކުރައްވައި ސްޓޭޓުގެ ގަވަރުނަރަށް ވެސް ބޮލްސޮނާރޯ ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ގަވަރުނަރު ފްލޭވިއޯ ޑީނޯއަކީ ފަލަ ޑިކްޓޭޓަރޭ ވެސް ވިދާޅުވިއެވެ. ވާއެއްޗެއް ނުވާއެއްޗަކީ ކޮބައިހޭ، އެ އެއްޗަކީ ކޮވިޑޭވެސް ވިދާޅުވިއެވެ.

ބްރެޒިލްއަކީ ކޮވިޑުގައި މިހާތަނަށް ދުނިޔެއިން އެންމެ ގިނަބަޔަކު މަރުވި ދެވަނަ ގައުމެވެ. ބްރެޒިލްގެ ބައިމިލިޔަނެއްހާ މީހުން ކޮވިޑު ބަލީގައި ވަނީ މަރުވެފައެވެ. އެއީ މިބަލި ޖެހުނު ސޯޅަ މިލިޔަން މީހުންގެ ތެރެއިންނެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ރައީސް ބޮލްސޮނާރޯ ވެސް ހިމެނިވަޑައިގަންނަވައެވެ. އެކަމަކުވެސް ކޮވިޑަކީ ހަގީގީ ބިރެއްކަމަށް އޭގެފަހުންވެސް އޭނާ ގަބޫލެއް ނުކުރައްވައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އޯގަސްޓު 2017

ވެނެޒުއޭލާގެ ކުރީގެ ޗީފް ޕްރޮސިކިއުޓަރާއި އެކަމަނާގެ ފިރިކަލުން ވެނެޒުއޭލާގައި "ދިރިއުޅުމަށް ނުރައްކާ" ކަމަށް ވިދާޅުވެ ގައުމުން ބޭރަށް!

19 އޯގަސްޓު 2017
ވެނެޒުއޭލާގެ ކުރީގެ ޗީފް ޕްރޮސިކިއުޓަރާއި އެކަމަނާގެ ފިރިކަލުން ވެނެޒުއޭލާގައި "ދިރިއުޅުމަށް ނުރައްކާ" ކަމަށް ވިދާޅުވެ ގައުމުން ބޭރަށް!
23 ޖޫން 2017

އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ

23 ޖޫން 2017
އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ
19 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ

19 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ
10 މެއި 2017

މޫނަށް ކޭކް ޖެހި މީހާގެ މައްޗަށް ދައުވާ ކުރާނޭ ކަމަށް ކުއަންޓަސްގެ ސީއީއޯ ވިދާޅުވެއްޖެ

10 މެއި 2017
މޫނަށް ކޭކް ޖެހި މީހާގެ މައްޗަށް ދައުވާ ކުރާނޭ ކަމަށް ކުއަންޓަސްގެ ސީއީއޯ ވިދާޅުވެއްޖެ
02 މެއި 2017

އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވަން ބޭނުންކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

02 މެއި 2017
އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވަން ބޭނުންކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
18 އެޕްރީލު 2017

އޮރުދޮޣާން އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

18 އެޕްރީލު 2017
އޮރުދޮޣާން އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
31 ޖެނުއަރީ 2017

ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް