Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތްތަތައް

ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގައި ތާރުއަޅަން ތައްޔާރުވަނީ

23 މެއި 2021 | އާދީއްތަ 03:42

މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުގެ މުއްދަތެއް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 23 މެއި 2021 | އާދީއްތަ 03:42
ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދޭ

ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދޭ

ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށްވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އެމް.ޓީ.ސީ.ސީން ހާމަކޮށްފިއެވެ.

ގދ. ފަރެސްމާތޮޑާ އެއަރޕޯޓްގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވަނީ، ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ ކުރިން ބިންގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ބުނެފައެވެ. ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނުނަމަވެސް، އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ ދިގު މުއްދަތަކަށްފަހު، ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމް.ޓީ.ސީ.ސީއާ ސަރުކާރުން ޙާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. އެމް.ޓީ.ސީ.ސީން ދަނީ ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދަމުންނެވެ. އަދި އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

Advertisement - newsAdvertisement

މި މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމް.ޓީ.ސީ.ސީން ވަނީ ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާކަމަށް ބުނެފައެވެ. އަދި އެއަރޕޯޓުގެ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށްޓަކާ ބޭނުންވާ އިތުރު ވެހިކަލްތަކާއި ސާމާނު އެރަށަށް ގެންގޮސްފައިވާއިރު، މި ފެށޭ ޖޫންމަހުގެ ތެރޭގައި ރަންވޭގައި ތާރުއެޅުމަށް ބޭނުންވާ ހިލައާއި ހިލަވެލި ގެންގޮސް، އެމަސައްކަތް ފެށޭވަރުވާނެކަމަށް އެކުންފުނިން ބުނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މި ރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭ ހެދުމާއި، ޓެކްސީވޭއާއި ފްލައިޓް ޕާކުކުރާ އޭޕްރަންއާއި، ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުގެ މުއްދަތެކެވެ. އެމް.ޓީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ، ސަރުކާރާއި ޙަވާލުކުރުމެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2017

މާފަރު އެއަރޕޯޓް ޔޫއޭއީއަށް ދިނީ ނުރަސްމީ، އަމިއްލަ ގުޅުމެއްގެ ތެރެއިން: ރައީސް

24 ޑިސެމްބަރު 2017
މާފަރު އެއަރޕޯޓް ޔޫއޭއީއަށް ދިނީ ނުރަސްމީ، އަމިއްލަ ގުޅުމެއްގެ ތެރެއިން: ރައީސް
28 ނޮވެމްބަރު 2017

މެންބަރު މުހައްމާގެ "ގޮނޑި ގެއްލުވާލަން" ސަރުކާރުން ތައްޔާރުވަނީ

28 ނޮވެމްބަރު 2017
މެންބަރު މުހައްމާގެ "ގޮނޑި ގެއްލުވާލަން" ސަރުކާރުން ތައްޔާރުވަނީ
07 ނޮވެމްބަރު 2017

ނ. މާފަރު އެއަރޕޯޓް ބިޑަށް ހުޅުވާލާފައިވަނީ އޮޅުމަކުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި: ހަނީފާ

07 ނޮވެމްބަރު 2017
ނ. މާފަރު އެއަރޕޯޓް ބިޑަށް ހުޅުވާލާފައިވަނީ އޮޅުމަކުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި: ހަނީފާ
28 އޮކްޓޯބަރު 2017

ކުޅި ހިއްކައިގެން އެއަރޕޯޓް އެޅުމަށް ރައީސް މައުމޫންވެސް ދެކޮޅު ހައްދަވައިފި

28 އޮކްޓޯބަރު 2017
ކުޅި ހިއްކައިގެން  އެއަރޕޯޓް އެޅުމަށް ރައީސް މައުމޫންވެސް ދެކޮޅު ހައްދަވައިފި
26 އޮކްޓޯބަރު 2017

އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި

26 އޮކްޓޯބަރު 2017
އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި
18 އޮކްޓޯބަރު 2017

ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް

18 އޮކްޓޯބަރު 2017
ކުންފުނިތަކުން ވަގަށް ނެގި ފައިސާ އިން އެއަރޕޯޓް ޓާމިނަލް މަސައްކަތް ކުރެވޭނެ، ލޯން ނަގާކަށް ނުޖެހޭނެ: ޑރ ޖަމީލް
11 ޖޫން 2017

އެއަރޕޯޓް ސަރޗާޖް ނަގަންފެށުމާއެކު މޭމަހު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

11 ޖޫން 2017
އެއަރޕޯޓް ސަރޗާޖް ނަގަންފެށުމާއެކު މޭމަހު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
03 ޖޫން 2017

ވެލާނާ އެއާޕޯޓްގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

03 ޖޫން 2017
ވެލާނާ އެއާޕޯޓްގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
29 އެޕްރީލު 2017

ފަރެސްމާތޮޑާގައި ލޯޑަރު ދަށުވެ ކުޑަ ކުއްޖަކު މަރުވި މައްސަލައިގެ ޝަރީޢަތް ފަށައިފި

29 އެޕްރީލު 2017
ފަރެސްމާތޮޑާގައި ލޯޑަރު ދަށުވެ ކުޑަ ކުއްޖަކު މަރުވި މައްސަލައިގެ ޝަރީޢަތް ފަށައިފި
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް