Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވުން

ހުކުރު ދުވަހު ތިން ވަނަ މީހަކު ކޮވިޑް ޖެހިގެން ނިޔާވެއްޖެ

ނިޔާވެފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 މެއި 2021 | ހުކުރު 12:41
ހުޅުމާލެ މެޑިކަލް ފެސިލިޓީ

ހުޅުމާލެ މެޑިކަލް ފެސިލިޓީ

ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިމީހާ ނިޔާވެފައިވަނީ ހުކުރު ދުވަހު މެންދުރުފަހު 3:45ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށެވެ.

Advertisement - newsAdvertisement

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި 119 ވަނަ މީހާއެވެ. އަދި ހުކުރު ދުވަހު މިބަލީގައި ނިޔާވި ތިން ވަނަ މީހާއެވެ.

ހުކުރު ދުވަހުގެ ފަތިހު އެންމެ ފުރަތަމަ ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ފިރިހެނެކެވެ. އެއީ 4:06 ގައެވެ. އެމީހާއަށް ފަރުވާދެމުން ގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.

ހުކުރު ދުވަހު ދެވަނަ މީހާ ނިޔާވެފައިވަނީ ހެނދުނު 10:45ގައެވެ. އެއީ 80 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާއަށްވެސް ފަރުވާދެމުން ގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިފަހުން އެންމެ ގިނަ މީހުން އެއްދުވަހާ ނިޔާވެގެން ރިޕޯޓްކޮށްފައިވަނީ މި މަހުގެ 19ވީ ބުދަ ދުވަހުއެވެ. އެދުވަހު އެކަނި 7 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު ކޮންމެ ދުވަހަކު ވެސް ދަނީ ގިނަ ބަޔަކު ޕޮޒިޓިވްވަމުންނެވެ. އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ކުރިއާ ޚިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ ޒުވާނުންގެ ހާލަތު މިހާރު ވަރަށް ބޮޑަށް ސީރިއަސްވަމުން ދާކަމަށް ވިދާޅުވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ. ކުރިން މި ބަލީގައި ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް ކޮވިޑްގެ އައު ރާޅާއެކު ހާލަތު މިހާރު ވަނީ ބަދަލުވެފައެވެ. 

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު