Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ މުވައްޒަފުން ވެކްސިން ޖެހުން

ފަތުރުވެރިކަމުގެ ސިނާއަތުގެ 56 އިންސައްތަ މުވައްޒަފުން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފި

20 މެއި 2021 | ބުރާސްފަތި 16:36

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ފުރަތަމަ ފުލީ ވެކްސިނޭޓެޑް ފަތުރުވެރިކަމަށް ހެދުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 މެއި 2021 | ބުރާސްފަތި 16:36
ފަތުރުވެރިކަމުގެ މުވައްޒަފުން

ފަތުރުވެރިކަމުގެ މުވައްޒަފުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 56 އިންސައްތަ މުވައްޒަފުން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ޖަހައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާއަަތުގައި މަސައްކަތްކުރާ 56 އިންސައްތަ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާއިރު، ވަނީ 97 އިންސައްތަ މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީން ދަނީ ރިސޯޓްތަކާއި ގެސްޓް ހައުސް، ސަފާރީ އަދި ހޮޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ. މީގެ އިތުރުން ޓްރެވަލް އެޖެންސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސިނާއަތުގައި މަސައްކަތްކުރާ ފަންނާނުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް އިސްކަންދޭނީ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އެގޮތުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ރިސެޕްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އިސްކަމެއް ދެއެެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކަމަށްވާއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން ވީއައިއޭގައި ވެކްސިން ޖެހުމުގެ ހަރަކާތް ވަނީ ފަށާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ޖެހުން ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެކްސިންޖެހުމުގެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ މި ސިނާޢަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. ކޮވިޑްގެ ހާލަތުގައި އެންމެ ބޮޑު ގުރުބާނީއެއްވި އެއް ބަޔަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ކަމަށާއި އަނބިދަރީންނާއި ދުރުގައި މަސައްކަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުވައްޒަފުން އެބަތިބި ކަމަށާއި އެމުވައްޒަފުން އެވަނީ ބޮޑު ގުރުބާނީއެއް ކަމަށް މިނިސްޓަރ ޑރ މައުސޫމް ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ފުރަތަމަ ފުލީ ވެކްސިނޭޓެޑް ފަތުރުވެރިކަމަށް ހެދުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް