Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއައިޓީޑީސީ ކޮރަޕްޝަން

އެމްއައިޓީޑީސީގެ ކުރީގެ އެމްޑީއާއި ޑީއެމްޑީއަށް ދައުވާކުރަން ހުށައަޅައިފި

20 މެއި 2021 | ބުރާސްފަތި 12:11

ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ބުރާސްފަތި ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މެއި 2021 | ބުރާސްފަތި 12:11
އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު

އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީގެ) ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު (މ.ކަނަމަނަ / ކ.މާލެ) އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޝަކީބާ ޙުސައިން (ލުކިންގްލާސް / ގދ.ތިނަދޫ) ގެ މައްޗަށް ދައުވާ ކުރަން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށައަޅައިފިއެވެ.

އެކަމާ ގުޅޭގޮތުން އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައަކީ 2018 ވަނަ އަހަރުގެ އައު އަހަރު ފާހަގަކުރުމަށް އޭރުގެ ސަރުކާރުން މާލޭގައި ބޭއްވި މިއުޒިކް ޝޯވގައި ބޭނުންކުރުމަށް "ލިންކްސް އައި" ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް އެމްއައިޓީޑީސީއަށް ކުއްލިގޮތަކަށް ކޯލްޑް ސްޕާކްސް މެޝިނެއް ގަނެފައިވާކަމަށް ބުނާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން އޭސީސީން ބުނީ، 2018 ވަނަ އަހަރުގެ އައު އަހަރު ފާހަގަކުރުމަށް ލިންކްސްއައިއާ ޙަވާލު ކޮށްގެން ކޯލްޑް ސްޕާކްސް މެޝިންތަކެއް (ކޯލްޑް ފަޔަރ އިކުއިޕްމަންޓް) ގަނެފައިވާ ކަމަށެވެ. އެ މެޝިންތައް ގަތުމަށް 7,234 އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވާކަމަށް އޭސީސީން މައުލޫމާތު ދެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ، 111,548.28 (އެއްލައްކަ އެގާރަހާސް ފަސްސަތޭކަ ސާޅީސްއަށް ރުފިޔާ އަށާވީސް ލާރި) އެވެ. ނަމަވެސް، އެ މެޝިންތަކާއި، މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑަރ، އައު އަހަރުގެ މިއުޒިކް ޝޯ ބާއްވަންވާއިރަށް ވެސް ލިބިފައި ނުވާކަން ތަޙްޤީޤަށް ފާހަގަ ކުރެވުނުކަމަށް އޭސީސީން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން، ކޮން ފަރާތަކުން ނިންމައިގެންކަން އަދި އިވެންޓް އޮތް ދުވަހަށް މެޝިންތައް ލިބުނުކަން ލިޔެކިޔުމުން އެނގެންނެތުމާއެކު، އޭރު މެޝިންތައް ގެނެސް އެމްއައިޓީޑީސީއާ ހަވާލުކޮށްފައި ނުވާކަން ތަޙްޤީޤުން އެނގޭކަމަށް އޭސީސީން ބުނެއެވެ. އަދި ކުންފުނީގެ މެނޭޖްމަންޓް ބަދަލުވެ 2019 ގައި އެންގުމުން ލިންކްސް-އައި އިން ވަނީ އެ މެޝިންތައް ކުންފުންޏާ ޙަވާލުކޮށްފައެވެ. ނަމަވެސް އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ޚަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެމްއައިޓީޑީސީން މަސައްކަތް ކޮށްފައިނުވާކަން ފާހަގަކޮށް އޭސީސީން ބުނީ، 1 އަހަރާއި 5 މަސްވަންދެން އެ މެޝިންތައް ހުރީ ލިންކްސް-އައި ގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އޭސީސީން މައުލޫމާތު ދޭ ގޮތުގައި މި މެޝިންތަކަށް ފައިސާ ދައްކާފައިވަނީ ފައިސާ ޚަރަދުކުރުމުގައި ހުންނަން ޖެހޭނެކަމަށް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ (29 ސެޕްޓެންބަރު 2016) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންވެސް ފުރިހަމަ ނުކޮށެވެ. އެގޮތުން، މެނޭޖްމަންޓްގެ ނިންމުމެއް، ޕަރޗޭސް ރިކުއެސްޓެއް، ކޯޓޭޝަނެއް، ޕަރޗޭސް އޯޑަރެއް، އިންވޮއިސްއެއްވެސް ނެތި މެޝިންތައް ގެންނަންވެގެން އެޑްވާންސްކޮށް ފުލް ޕޭމަންޓް ހަދާފައިވާކަން އެނގެން އޮތްކަމަށް އޭސީސީން ބުނެއެވެ. އަދި އެ ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވަނީ އެމްއައިޓީޑީސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަކީބާ ޙުސައިން ކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ތަޙުޤީޤަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭކަމަށް އޭސީސީން މައުލޫމާތު ދެއެވެ.

މި ކަންކަމަށް ރިޢާޔަތްކޮށް، އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޙައިސިއްޔަތުން އެފަރާތްތަކުގެ ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް