Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

މި ފަހަރުގެ ތިންވަނަ ޑިވިޝަން ނިންމަން މަޖުބޫރު: ބައްސާމް

20 މެއި 2021 | ބުރާސްފަތި 10:23

ތިންވަނަ ޑިވިޝަން މެދުކަނޑާލީ މި މަހުގެ ތިންވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 މެއި 2021 | ބުރާސްފަތި 10:23
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން

މި އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނިންމުން މަޖުބޫރު ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މި މަހުގެ ތިންވަނަ ދުވަހު އެފްއޭއެމުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި ފަހުން އިއުލާންކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ތިންވަނަ ޑިވިޝަން މެދުކަނޑާލާފައެވެ. ތިންވަނަ ޑިވިޝަން މެދުކަނޑާލިއިރު، މި މުބާރާތުގެ ކުޅުން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ފަހަރު މުބާރާތުގެ ކުޅުން ފަށާފައިވަނީ ތިން ފަހަރެއްގެ މަތިން މުބާރާތް ފަސްކުރުމަށްފަހުއެވެ. އެގޮތުން އެންމެ ފުރަތަމަ މި މުބާރާތް ފެށުމަށް އެފްއޭއެމުން ތާވަލުކުރީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެކަމަކު ފަހުން މި މުބާރާތް ފެށުން އެ މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކުރިއިރު، އަނެއްކާވެސް އެ މަހުގެ 10 ވަނަ ދުވަހަށްވެސް މުބާރާތް ފެށުން ފަސްކުރިއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މުބާރާތް ފެށުން ވަރަށް ބޮޑަށް ލަސްވެގެންދިޔައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ މި ފަހަރުގެ ތިންވަނަ ޑިވިޝަނުގައި މިހާރު ބާކީ އޮތީ މަދު މެޗުތަކެއް ކަމަށާއި، އެހެންކަމުން އެ މުބާރާތް ނިންމަން މަޖުބޫރު ކަމަށެވެ. އެހެންކަމުން ތިންވަނަ ޑިވިޝަން ނިންމާލެވޭނީ ކޮން އިރަކުތޯ ނުވަތަ ފެއްޓޭނީ ކިހާ ހިސާބަކުތޯ ބަލަން ޖެހޭ ކަމަށާއި، އަދި މި މުބާރާތް ނިންމުން މަޖުބޫރުވާ ސަބަބަކީ ދެވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ޓީމުތައް ކަނޑައެޅިގެންދާނީ ތިންވަނަ ޑިވިޝަނުން ކަމަށްވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ދެވަނަ ޑިވިޝަން ފެއްޓޭނީ ތިންވަނަ ޑިވިޝަން ނިމިގެން، ޕްރޮމޯޓްވާނެ ޓީމުތައް އެނގިގެން ކަމަށާއި، އެހެން ނަމަވެސް މިހާރު އޭނާގެ ވިސްނުމަކީ މި އަހަރު ދެވަނަ ޑިވިޝަން ނުބާއްވއި، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފަށާއިރު ދެވަނަ ޑިވިޝަން ފެށުމަށް ކަމަށެވެ.

މި ފަހަރުގެ ތިންވަނަ ޑިވިޝަން މެދުކަނޑާލިއިރު، މި މުބާރާތުގައި 14 ޓީމެއް އައީ ވާދަކުރަމުންނެވެ. އަދި މިހާތަނަށް މި މުބާރާތުގައި ވަނީ 12 މެޗު ކުޅެފައެވެ. މީގެ ކުރިން އެފްއޭއެމުން އިއުލާންކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން މާފަންނު ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި އޮތީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މި ފަހަރުގެ ތިންވަނަ ޑިވިޝަން ނިންމަން މަޖުބޫރު ކަމަށް ބައްސާމް ވިދާޅުވިއިރު، މިދިޔަ ދެ އަހަރުވެސް މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް