Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހަމްޕު އާއި ނިހާޓް ޓީމާ ގުޅުން

ކޮވިޑުން ރަނގަޅުވެ ހަމްޕު އާއި ނިހާޓް ގައުމީ ޓީމަށް

މިއަދުގެ ވަގުތެއްގައި ދެ ކުޅުންތެރިން ގައުމީ ޓީމުގެ ކޭމްޕާ ގުޅޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 މެއި 2021 | ބުރާސްފަތި 07:33
ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ހުސައިން ނިހާން (ނިހާޓް)

ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ހުސައިން ނިހާން (ނިހާޓް)

ކޮވިޑް-19 އިން ރަނގަޅުވެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޭމްޕާ ގުޅެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ހުސައިން ނިހާން (ނިހާޓް) ނިންމައިފިއެވެ.

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން މެޗުތަކަށް މީގެ ކުރިން އެކުލަވާލި 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި މި ދެ ކުޅުންތެރިން ހިމެނުނުއިރު، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ގައުމީ ޓީމާއެކު ހޮޓެލް ޖެންގައި ކޭމްޕްކޮށްފައެވެ. އެކަމަކު މި މަހު ކުރީކޮޅުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެ ދެ ކުޅުންތެރިން ކޭމްޕާ ގުޅިފައެއް ނުވެއެވެ.

ދާދި ފަހުން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ހަމްޕު އާއި ނިހާޓް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެ ދެ ކުޅުންތެރިން ކޭމްޕުގައި އަދި ބައިވެރިނުވާ ކަމަށާއި، އެކަމަކު ކޮވިޑަށް ރަނގަޅުވުމުން އެ ކުޅުންތެރިންނަށް ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކަރަންޓީނުގެ މުއްދަތު ހަމަވެގެން ބުދަ ދުވަހު ހެދު ޕީސީއާރް ޓެސްޓްތަކުން ދެ ކުޅުންތެރިންވެސް ކޮވިޑަށް ނެގެޓިވްވެފައިވާއިރު، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ދެ ކުޅުންތެރިން ގައުމީ ޓީމުގެ ކޭމްޕާ ގުޅޭނެއެވެ. އަދި ކޮލިފައިންނަށް އެކުލަވާލާ 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑުގައިވެސް އެ ކުޅުންތެރިން ހިމެނުމަށް ނިންމާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

ހަމްޕު އާއި ނިހާޓް ގައުމީ ޓީމާ ގުޅޭއިރު، ކޮވިޑަށް ޕޮޒިޓިވްވުމުންނާއި އަމިއްލަ ސަބަބުތަކާ ހުރެ ގައުމީ ޓީމުގެ ސްކޮޑުން މީގެ ކުރިން ބައެއް ކުޅުންތެރިން ވަނީ ވަކިވެފައެވެ. އަމިއްލަ ސަބަބަކާ ހުރެ ސްކޮޑުން ވަކިވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އާއި، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވުމުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އަށްވެސް ވަނީ ފުރުސަތު ގެއްލިފައެވެ.

އަދި ދާދި ފަހުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ އަންހެނުން ޕޮޒިޓިވްވުމާއެކު ކޭމްޕް ދޫކޮށްލާފައެވެ. ނަމަވެސް އެއަށްފަހު ހޯމަ ދުވަހުގެ ވަގުތެއްގައި ދަގަނޑޭ ކޮވިޑަށް ޓެސްޓުކުރިއިރު، ނަތީޖާ ނެގެޓިވްވުމާއެކު އޭނާ މިހާރު ވަނީ އަލުން ކޭމްޕާ ގުޅިފައެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ތާވަލުކޮށްފައިވާއިރު، ޗައިނާއަށް ދިއުމުގެ ކުރިން ދުބާއީގައި ގައުމީ ފުޓްބޯޅަ ޓީމު ކޭމްޕްކުރާނެ ކަމަށް ބައްސާމް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އަދި ދުބާއީ އާއި ޗައިނާއަށް ދާނީ 25 ކުޅުންތެރިންގެ ސްކޮޑެއް ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު