Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ކޮންޓްރޯލް ކުރުން

"ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައެއް ނުވޭ - ސަރުކާރު

"ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައެއް ނުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 މެއި 2021 | ބުރާސްފަތި 01:56
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދަމުންދާ ކަމަށާއި، "ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެސް ބޭރުގެ އެހީތެރިކަން ލިބެމުންދާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. އަންގާރަ ދުވަހުގެރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މަބްރޫކް ދެއްކެވި ވާހަކައަކާއި ގުޅިގެން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ޚަބަރެއް މަބްރޫކް ވަނީ ދޮގުކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނީ ކޮވިޑު-19 ގައި ރާއްޖޭގެ ހާލަތު ގޯސްވުމުން ބޭރުގެ އެހީ ލިބެން ހުރި ގޮތަކަށް ބޭނުންކުރަމުންދާނެ ކަމަށާއި އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މި ވާހަކަ ދޮގުކުރައްވާ މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދަމުން ކަމަށެވެ. އަދި "ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައެއް ނުވާނެ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ އެހީ ބޭނުން ކަމަށާއި، އަދި އެހީ ހޯދެން ހުރި ހުރިހާ ގޮތަކަށް ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އެހީ ދޭން ތިބި ގައުމުތަކާއި މަޝްވަރާ ކުރެވި އެހީތައް ލިބޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ. މީގެ އިތުރުން އެހީގެ ގޮތުގައި ލިބުނު ތަކެތި މިހާރު ވެސް ބޭނުން ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ބޭރުގެ އެކި އެހީތައް އަންނަނީ ލިބެމުންނެވެ. އެގޮތުން އަވަށްޓެރި އިންޑިއާއިން ދެ ފަހަރެއްގެ މަތިން ވެކްސިން ހަދިޔާކޮށްފައިވާ އިރު، ކޮވިޑް-19 ގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ސާމާނު ވެސް ހަދިޔާކޮށްފައިވެއެވެ. މީގެ އިތުރުން ޗައިނާއިން ވެސް ވަނީ ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާކޮށްފައެވެ. ރާއްޖެއަށް އެހީތެރިވި ބައެއް އެހެން ގައުމުތަކުގެ ތެރޭގައި އެމެރިކާ، ޖަޕާން އަދި ޔޫއޭއީ ހިމެނެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު