Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނު

ހުޅަނގުއައްސޭރި އާއި އިރުމަތީ ގުދުސް ހިފުމަށްފަހު އިޒްރޭލުން ކަންކުރަމުންދާ ގޮތް

އިޒްރޭލުގެ ބާރުތަކުން ހުޅަނގުއައްސޭރި ހިފީ 1967 ވަނަ އަހަރު

ރާއްޖެ އެމްވީ | 19 މެއި 2021 | ބުދަ 18:04
ހުޅަނގުއައްސޭރީގައި އިޒްރޭލުގެ ސިފައިންގެ މީހަކު ފަލަސްތީނުގެ ދިދައިގައި ކޮޅުފައިން ޖަހަނީ

ހުޅަނގުއައްސޭރީގައި އިޒްރޭލުގެ ސިފައިންގެ މީހަކު ފަލަސްތީނުގެ ދިދައިގައި ކޮޅުފައިން ޖަހަނީ

ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީންގެ ހަރުކަށި ދައުލަތެއް ގާއިމު ކުރެވުނީ 14 މެއި 1948 ގައެވެ. އެމެރިކާއާއި އިނގިރޭސިންގެ ބާރުގައި އެ ދައުލަތް އުފެއްދީ ފަލަސްތީނުގެ ބިން ދެބައިކުރުމަށްފަހު އެއްބައިގައެވެ. އޭރު ފަލަސްތީނު އޮތީ އިނގިރޭސީންގެ ބެލެހެއްޓުމުގެ ދަށުގައެވެ. އެ ދައުލަތް އުފެއްދީވެސް ގުދުސް ދެބައިކޮށް ހުޅަނގުބައި އިޒްރޭލުގެ ބައެއްގެ ގޮތުގައި ހިމެނިގެންނެވެ. އިރުމަތީ ގުދުސް ދެންވެސް އޮތީ ފަލަސްތީނުގެ ސަހަރެއްގެ ގޮތުގައެވެ. އެކަން ނިމުމަކަށް އައިސް އިރުމަތީ ގުދުސް އިޒްރޭލުން ހިފީ 1967 ވަނަ އަހަރު މެދުއިރުމަތީގައި ކުރެވުނު މަޝްހޫރު ހަ ދުވަހުގެ ހަނގުރާމައިގައެވެ. އިރުމަތީ ގުދުސް ހިމެނޭ ގޮތުން މުޅި ހުޅަނގުއައްސޭރި ވެސް ހިފިއެވެ. އޭރު ފަލަސްތީނުގެ ނަންމަތީގައި ހުޅަނގުއައްސޭރި ބަލަހައްޓަމުން އައީ ޖޯޑަންގެ ރަސްކަމުގެ ފަރާތުންނެވެ.

ހުޅަނގުއައްސޭރިއޭ ކިޔަނީ ޖޯޑަން ކޯރުގެ ހުޅަނގު ބިތަށެވެ. ގުދުސާއި ބައިތުލަހަމާއި އަރީހާއާއި ރާމުﷲ ހިމެނެނީ އެ ސަރަހައްދުގައެވެ. ހަ ދުވަހުގެ ހަނގުރާމައިގެ ކުރިން ޖޯޑަން ކޯރުގެ ދެ އައްސޭރިވެސް އޮތީ ޖޯޑަންގެ ދަށުގައެވެ. އެ ހަނގުރާމައިގައި ހުޅަނގުއައްސޭރި އިޒްރޭލުން ހިފީމާ ދެން ޖޯޑަންގެ ސަރަހައްދު މިހާރު ފެށެނީ ކޯރުގެ އިރުމަތީ އައްސޭރިންނެވެ. ހުޅަނގުއައްސޭރިޔަކީ ރަސޫލުންނާއި ނަބީބޭކަލުންގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވުމުގެ ސަބަބުން ސަމާވީ ހުރިހާ ދީންތަކެއްގެ އަހުލުވެރީންނަށް ވެސް މުހިއްމު ސަރަހައްދެކެވެ. ޚާއްސަކޮށް އިރުމަތީ ގުދުސްގެ މާތްކަމާއި ހުރުމަތް މުސްލިމުންގެ މެދުގައި ބޮޑެވެ. އޭގެ ސިއްރަކީ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މަސްޖިދުލްއަގުސާ ހުންނަނީ އިރުމަތީ ގުދުސްގައި ކަމަށް ވުމުންނެވެ.

ހުޅަނގުއައްސޭރި ހިފުމަށްފަހު އިޒްރޭލުން އަވަސްވެގަތީ އެ ސަރަހައްދުގައި ވީހާވެސް ގިނަ ޔަހޫދީ އާބާދީތައް ހަދައި މުޅި ސަރަހައްދު ޔަހޫދީ ކުރުމަށެވެ. އިރުމަތީ ގުދުސުން ފަލަސްތީނުގެ އާއިލާތައް ނެރެ އެ ސަހަރުވެސް ޔަހޫދީ ކުރުމަށެވެ. އިރުމަތީ ގުދުސަކީ އިޒްރޭލުގެ ސިޔާދަތީ ބާރު ދާއިމަށް ދެމިގެންދާނެ އިޒްރޭލުގެ ތަނެއް ކަމަށާއި ހުޅަނގު ގުދުސާއި އިރުމަތީ ގުދުސް އެއްކޮށްލައި އެއީ އިޒްރޭލުގެ ވެރިރަށް ކަމުގައިވެސް ވަނީ އިއުލާންކޮށްފައެވެ. އެކަމަކު މަދު ގައުމުތަކެއް ފިޔަވައި ދުނިޔޭގެ ގިނަ ގައުމުތައް އިޒްރޭލުގެ މި ނިންމުން ގަބޫލެއް ނުކުރެއެވެ. އިސްލާމީ އުއްމަތްވެސް ހިމެނޭ ގޮތުން ގިނަ ގައުމުތައް ގަބޫލުކުރަނީ ހުޅަނގުއައްސޭރިއެކޭ އެއްފަދައިން އިރުމަތީ ގުދުސަކީވެސް ގަދަބާރުން އިޒްރޭލު ފޭރިގެންފައިވާ ފަލަސްތީނުގެ ބިމެއް ކަމުގައެވެ.

އިޒްރޭލުން ހުޅަނގުއައްސޭރީގެ ބިންތައް އެ ގައުމުގެ ސިޔާދަތީ ހައްގުގެ ގޮތުގައި ބެލުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލިޔަސް އދ ގެ ގަރާރުތަކާއި ދުނިޔޭގެ ގާނޫނުތަކުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު ދުނިޔޭގެ ގާނޫނުތަކަށް ރިއާޔަތް ނުކޮށް އިޒްރޭލުގެ އެކުވެރި ބައެއް ގައުމުތަކުން ވަނީ އިޒްރޭލުގައި އެ ގައުމުތަކުން ގާއިމުކޮށްފައިވާ އެމްބަސީތައް ގުދުސަށް ބަދަލުކޮށްފައެވެ. އެމެރިކާވެސް ހިމެނެނީ މި ގައުމުތަކުގެ ތެރޭގައެވެ. އެމެރިކާގެ އެމްބަސީ ކުރިން ހުރީ އިޒްރޭލުގެ ރަސްމީ ވެރިރަށުގެ ގޮތުގައި ގާނޫނީ ގޮތުން ދުނިޔެ ގަބޫލުކުރާ ޓެލަވީވުގައެވެ. އިޒްރޭލުން ދެން ދުވަހަކުވެސް ވަކިނުކުރެވޭނެ އެ ގައުމުގެ ވެރިރަށަކީ ގުދުސްކަމަށް ނިންމުމަށް ފަހު އެ ގައުމުގެ ޕާލަމެންޓާއި މުހިއްމު ވުޒާރާތައް ވެސް ވަނީ ގުދުސަށް ބަދަލުކޮށްފައެވެ.

ގުދުސަކީ ދެން އަލުން ބައިބައި ނުކުރެވޭނެ ގުޅިފައިވާ ސަހަރެއް ކަމަށާއި އެއީ އިޒްރޭލުގެ ވިންދު ކަމަށް އިޒްރޭލުން ބުނާއިރު ކުރިމަގުގައި އުފެދޭ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކަށް ވާނީ އިރުމަތީ ގުދުސްކަމަށް ފަލަސްތީނުން ބުނެއެވެ. އަދި އިސްލާމީ އުއްމަތްވެސް ގަބޫލުކުރަނީ އެގޮތަށެވެ. މެދުއިރުމަތީގެ މައްސަލަޔަށް ދާއިމީ ހައްލެއް ގެނެވޭނީ އިޒްރޭލާއި ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއްވެސް ގާއިމުކުރެވި އެ ދައުލަތުގެ ވެރިރަށަކަށް އިރުމަތީ ގުދުސް ހަމަޖެހިގެން ކަމަށް ހުރިހާ މުސްލިމުންވެސް ގަބޫލު ކުރެއެވެ. އެކަން ހަގީގަތަކަށްނުވާހާ ހިނދަކު މެދުއިރުމަތީގެ މައްސަލައަށް ނިމުމެއް ނާންނާނެ ކަމަށްވެސް ގަބޫލު ކުރެއެވެ. އެކަމަކު އިޒްރޭލުގެ އަމަލުތައް ހުރީ މިކަން ހަގީގަތަކަށް ނުވާހާ ގޮތަކަށް އަމާޒު ހިފައިގެންނެވެ. އިޒްރޭލުގެ ހުރިހާ ހަކަތެއް ޚާއްސަކޮށްފައިވަނީ އިރުމަތީ ގުދުސް ޔަހޫދީ ކުރުމަށެވެ.

ނިމިގެންދިޔަ ރޯދަމަހުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން ކެކިގަތީ އިރުމަތީ ގުދުސްގެ ޝައިޚު ޖައްރާއޭ ކިޔުނު އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތައް ގަދަބާރުން ގެދޮރުން ނެރެ އެ ބިންތައް ޔަހޫދީންނަށް މިލްކުކޮށްދިނުމުންނެވެ. އެ އުދާސްތައް މުޒާހަރާތަކަށް ބަދަލުވެ މިހާރު ފެށިގެން އުޅޭ ލޭ އޮހޮރުވުމަށް މަގު ފަހިވެގެން ދިޔައީއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ޝުއޫރުތައް އޮއްބާލައި ރައްޔިތުން މައިތިރި ކުރުމަށް އަބަދުވެސް އިޒްރޭލުން ބޭނުންކުރާ އުކުޅަކީ އަނިޔާވެރިކަން އިސްކުރުމެވެ. މިފަހަރުވެސް ކަންކުރީ އެމަގުންނެވެ. މުޒާހަރާ ކުރާ މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކުރުމާއި ގެދޮރަށް ބޮންއަޅައި ސުންނާފަތި ކުރުމަކީ އިޒްރޭލު ސފައިން ނިކަން ކުރާހިތުން ކުރާ ކަމެކެވެ. މިކަމުގައި ކުޑަކުއްޖެއް އަންހެނެއް މުސްކުޅިއެއް ބެލުމެއް ނޯވެއެވެ. ފަލަސްތީނުގެ ކޮންމެ މީހަކީ ޝިކާރައެކެވެ.

ހުޅަނގުއައްސޭރީގެ ސަހަރުތަކުގެ ތެރެއިން ހިބްރޯނަކީ ގުދުސް ނެގުމަށްފަހު ދެން ހުރުމަތްތެރިކަން އެންމެ ބޮޑުވެގެންވާ ސަހަރެވެ. އެ ސަހަރުން ފައިބާކަށްވެސް އަދި ފަލަސްތީނަށް ދޫކުރާކަށްވެސް އިޒްރޭލު ބޭނުމެއް ނުވެއެވެ. އެހެންކަމުން ޔަހޫދީން ވަޒަންވެރި ކުރުވައި އިރުމަތީ ގުދުސެކޭ އެއްގޮތަށް ހިބްރޯނުގައިވެސް އަޣުލަބިއްޔަތު ލިބިފައިވާ ބަޔަކީ ޔަހޫދީންކަމަށް ހަދައިފިއެވެ. ހިބްރޯންގެ މުހިއްމުކަން ބޮޑުވާ އެއްސަބަބަކީ ސަލާމްލެއްވި އިބްރާހީމްގެފާނު ފަސްދާނުލެވިފައިވާ ތަނަކީ އެއީ ކަމަށްވުމެވެ. އިބްރާހީމްގެފާނަކީ ޔަހޫދީންވެސް އަދި އަރަބީންގެވެސް ބަފައިކަލުންނެވެ. އަރަބީން ގުޅެނީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނާއެވެ. ޔަހޫދީން ގުޅެނީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްހާގުގެފާނާއެވެ.

ހުޅަނގު އައްސޭރީގެ ސަހަރުތަކުގެ ތެރެއިން ބައިތުލަހަމަކީ ވެސް ސަމާވީ ދީންތަކުގެ އަހުލުވެރިންގެ ތެރޭގައި ވަރަށް މުހިއްމު ސަހަރެކެވެ. ބުނެވޭ ގޮތުގައި ސަލާމްލެއްވި އީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ އެރަށުގައެވެ. މި ސަބަބަށްޓަކައި ވަކިން ބޮޑަށް ނަސާރާއިންގެ މެދުގައި އެރަށުގެ މުހިއްމުކަން ބޮޑުވެފައިވެއެވެ. ކޮންމެއަކަސް ސަމާވީ ދީންތަކުގެ ފެށުމާއި ބޮޑެތި މުހިއްމު ހަޟާރަތްތަކުގެ ފެށުން ގުޅިފައި އޮތީ ހުޅަނގުއައްސޭރިޔާ ކަމަށް ވުމުން މިއީ އެއްބަޔަކަށްވުރެ ގިނަބައެއްގެ ޝުއޫރުތަކާއި އިހުސާސްތަކާ ގުޅިފައިވާ ސަރަހައްދެކެވެ. ފަލަސްތީނުގެ ވެރިކަމުގެ މައި މަރުކަޒު ގާއިމު ކުރެވިފައިވަނީ ހުޅަނގުއައްސޭރީގެ ސަހަރުތަކުގެ ތެރެއިން ރާމުﷲ ގައެވެ. ހުޅަނގުއައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަށް އަޣުލަބިއްޔަތު ލިބިފައިވާ ސަހަރުތަކުގެ ތެރެއިން އެންމެ ބައިބޯ އަދި ވަސީލަތްތައްވެސް އެންމެ ބޮޑަށް ގާއިމު ކުރެވިފައިވާ ރަށަކީ ރާމުﷲ އެވެ.

ފަލަސްތީނުގެ ހިތަކީވެސް މެޔަކީވެސް އަދި ލަގޮނޑިޔަކީވެސް ތަފާތު އެތަކެއް ސަބަބުތަކާހުރެ ހުޅަނގު އައްސޭރިއެވެ. އެ ސަރަހައްދާ ނުލައި ފަލަސްތީނުގެ ދައުލަތެއް ހަގީގަތަކަށެއް ނުވާނެއެވެ. އެ ސަރަހައްދާ ނުލައި ދައުލަތެއް އުފެއްދިޔަސް އެއީ އާރުލާ ދައުލަތަކަށްވެސް ނުވާނެއެވެ. މިކަން މިހެން ހުރުމާއެކުވެސް އިޒްރޭލުން އެދަނީ އަވަސްކަމާއެކު ހުޅަނގު އައްސޭރީގެ ގިނަ ސަރަހައްދުތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުން ބިންތައް އަމިއްލަ ކުރަމުންނެވެ. ބައިނަލްއަގުވާމީ ހުރިހާ ގާނޫނުތަކާއި އދ ގެ ގަރާރުތައް މުގުރައި ހިތަށް އެރި ގޮތަކަށް އަމަލު ކުރަމުންނެވެ. މިކަން ނުހުއްޓުވިއްޖެނަމަ ގިނަ ދުވަސްތަކެއް ނުވެ ފަލަސްތީނުގެ އަސަރުވެސް ހުޅަނގު އައްސޭރިން ފުހެވިގެން ގެއްލިގެން ހިނގައިދާނެއެވެ. ފަލަސްތީނުގެ ދައުލަތް ހަގީގަތަކަށް ވުމުގެ ހުވަފެން އަބަދަށްޓަކައި ފަނޑުވެގެން ހިނގައިދާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު