Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ރިޕޯޓް

އެމްއެމްޕީއާރުސީގެ ތަހުގީގުގެ ކޮމިޓީ ރިޕޯޓް ފާސްކުރަން އެމްޑީޕީއިން "ޓޫލައިން ވިޕް" އަކާ ދިމާލަށް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ މައްސަލައިގެ ތަހުގީގު ލަސްވާ ސަބަބު ކޮމިޓީއިން ބަލައި ރިޕޯޓް ޖަލްސާއަށް ހުށަހަޅާފައިވަނިކޮށް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 19 މެއި 2021 | ބުދަ 05:35
ެއެމް.ޑީ.ޕީގެ ގައުމީ މަޖްލިސް ބައްދަލުވުމުގެ ތެރެއިން

ެއެމް.ޑީ.ޕީގެ ގައުމީ މަޖްލިސް ބައްދަލުވުމުގެ ތެރެއިން

އެމްއެމްޕީއާރުސީގެ ތަހުގީގުގެ ކޮމިޓީ ރިޕޯޓް ފާސްކުރަން އެމްޑީޕީއިން "ޓޫލައިން ވިޕް"އެއް ނެރެފިއެވެ.

އެމްޑީޕީއިން "ޓޫލައިން ވިޕް"އެއް ނެރެފައިމިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ މައްސަލައިގެ ތަހުގީގު ލަސްވާ ސަބަބު ސާފުކުރުމަށް ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކުރި ކޮމިޓީ ރިޕޯޓް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Advertisement - newsAdvertisement

މިއީ މަޖިލީހުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެމްޑީޕީއިން ވިޕްލައިނެއް ނެރޭ ދެވަނަ ފަހަރެވެ. އަދި މަޖިލީހުގެ ތާރީޚުގައި ވެސް "ޓޫލައިން ވިޕް"އެއް ނެރޭ ފުރަތަމަ ފަހަރުކަމަށް މަޢުލޫމާތު ލިބެއެވެ. މީގެކުރިން ޓެލެކޮމިއުނިކޭޝަން، ސައިންްސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވަނީ "ތްރީ ލައިން" ވިޕްއަކުންނެވެ.

ތްރީލައިން ވިޕަކީ ޕާލަމެންޓްގައި ނަގާ ވޯޓެއްގައި ބައިވެރިވެ، ޕާޓީގެ ސިޔާސަތާ އެއްގޮތަށް ވޯޓްލާން އަންގާ އެންގުމެކެވެ. އެގޮތަށް އަންގާ އެންގުމާ ޚިލާފުވާ މެމްބަރުންނަށް ޕާޓީން ފިޔަވަޅު އަޅާނެއެވެ. ޓޫލައިން ވިޕްގެ ތަފާތަކީ ވިޕާ ޚިލާފު ވިޔަސް ޕާޓީން ފިޔަވަޅު ނާޅާ ކަމެވެ. ރާއްޖޭގައި މީގެ ކުރިން ސިޔާސީ ޕާޓީތަކުން ނެރެމުން އައީ ތްރީލައިން ވިޕް އެކަންޏެވެ.

ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޕޯޓާއެކު، މިކަން ތަހުގީގުކުރަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ބޮޑު ޚިޔާނާތުގެ ލިސްޓު ވެސް ވަނީ ހިމަނާފައެވެ. މިކަން ދިރާސާކުރި ސަބް ކޮމިޓީން ބަލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ހިންގަމުންދާ ތަހުގީގުތަކެވެ.

ކޮމިޓީ ރިޕޯޓް އާންމުކޮށްފައިވާއިރު ކޮމިޓީން އެންމެ ފުރަތަމަ ބަލާފައިވަނީ ސަލާމަތީ ޚިދުމަތްތަކާއި، ފުލުހުންނާއި، މިނިވަން މުއައްސަސާތަކާއި، ޖުޑީޝަރީ އާއި މަޖިލީހާއި ކެބިނެޓުގައި ކުރީގައާއި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މައްސަލައެވެ. އެގޮތަށް އެކަން ކުރީ މި މަގާމުތަކުގައި ތިބި މީހުންނަކީ ނުފޫޒުގެ ބޭނުންކުރެވޭ ހިސާބުތަކުގައި ތިބި މީހުން ކަމަށްވާތީ މި މައްސަލަތައް އަވަސްކުރުމަށް ތަހުގީގީ އިދާރާތަކަށް ބާރު އެޅުމަށެވެ. ދައުލަތުގެ އެކި މަގާމުތަކުގައި ކުރީގައާއި މިހާރު ތިބި މީހުންގެ ތެރެއިން 119 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ވަނީ ވަކިން އާންމުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާއިން މަންފާވި މީހުންނާއި ކޮރަޕްޝަން ހިންގިކަމަށް ބެލެވޭ ނުވަތަ އެކަމުގައި ބައިވެރިވިކަމަށް ތަހުގީގުތަކުން މިހާތަނަށް އެނގިފައިވާ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ވަނީ އާންމުކޮށްފައެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ 8 ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން ރިޕޯޓްގައި ހިމަނާފައިވާ ލިސްޓްގައި ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ މިހާރު މަސައްކަތްކުރަމުންދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ފަރާތްތަކެއްކަމަށްވާތީ މި މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަންގައި ދެންނެވުމަށް ކޮމިޓީން ހުށަހަޅާފައެވެ.

‏އަދި މިފަދަ ތަހުގީގުތައް ކުރިއަށް ގެންދިޔުމުގައި އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އޭސީސީގައި ދެންނެވުމަށް ވެސް ވަނީ ނިންމާފައެވެ.

‏އެމްއެމްޕީއާރުސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލާގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާގައި ދެންނެވުމަށް ފެންނަކަމަށާއި އެމަސައްކަތް ކުރިޔަށް ގެންދާގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިޔުމަށް ފެންނަކަމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

‏މީގެއިތުރުން މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކުރާއިރު އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިންމު ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަގާމަކުން ވަކިކުރުމަށް ފެންނަކަމަށެވެ.

‏އިންތިޚާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރެވޭނީ އެފަރާތެއް އަމިއްލައަށް އެ މަގާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ހުކުމަކުން ކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަހުގީގު އަވަސްކުރުމަށް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށް ވަނީ ކޮމިޓީން ހުށަހަޅާފައެވެ.

‏އެމްއެމްޕީއާރުސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވީއެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި ގާނޫނުގައި ލާޒިމްކޮށްފައިވާ ގޮތަށް ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެފަރާތްތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް މި ރިޕޯޓް ހުށަހެޅުން އެޖެންޑާކޮށްފައިވާއިރު މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މައްސަލައަކާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގެ ބަހުސްކުރިއަށް ގެންދިއުމަށް ވެސް ވަނީ އެޖެންޑާކޮށްފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު