ކ. މާލެ
|
18 މެއި 2021 | އަންގާރަ 22:43
ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ޕާކިން ގެ މައްސަލަ
ޓެކްސީތަކުގެ ޕާކިން ފީ 750 ރުފިޔާއަށް ކުޑަކުރަން ނިންމައިފި
 
މިހާރުގެ އަގުތަކަކީ އެންމެ އިންސާފުވެރި އަގުތަކެއް ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވި
 
ޕާކު ކުރުމަކީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް މުއިއްޒު ވިދާޅުވި
 
މުއިއްޒު ވިދާޅުވީ އޭގެ ސީދާ ފައިދާ ކުރާނީ ހަމަ ރައްޔިތުންނަށް ކަމަށް

މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ގޮތުގައި ނަގަމުންދާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެކަށީގެންވާ ޕާކިން އޭރިއާތަކެއް ކަނޑައެޅިފައި ނެތުމާއި، މާލޭގެ މަގުތަކުގެ ފެންވަރަށް ބަލާއިރުވެސް، މިހާރު ޓެކްސީ ޑްރައިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ނަގަމުންދަނީ އެންމެ އިންސާފުވެރި އަގުތަކެއްގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިހާރު ކުލީގެ ގޮތުގައި ހަމަޖެހިފައިވާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އޭގެ ސީދާ ފައިދާ ކުރާނީ ހަމަ ރައްޔިތުންނަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެދެވޭ ނަތީޖާތަކެއް ނުކުންނާނެކަން ފާހަގަ ކުރެއްވިއެވެ.

ޕާކު ކުރުމަކީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރައްވައި މުއިއްޒު އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލުން އެކަމަށްޓަކައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަަށް ހުށައަޅަންޖެހޭ މުހިއްމު ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރަށްވެސް ހުށައަޅުއްވާނެކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ،

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާލޭގައި 70000ށް ވުރެ ގިނަ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު ޕާކުކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ނުވަތަ އޮޓޮމޭޓެޑް ޕާކިން ސިސްޓަމްތަކެއް ހަރުކުރަން އޭރު ހައުސިން މިނިސްޓަރަކަށް ހުންނަވައި މުއިއްޒު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މިމަޝްރޫއުގެ މަސައްކަތް ފެށުމާއެކު މާލެއަށް މިއީ އެންމެ އެކަށީގެންވާ ސިސްޓަމެއްތޯ އޭރުވެސް ބައެއް މީހުން ދިޔައީ ސުވާލު އުފައްދަމުންނެވެ. 

މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން 21 މާޗް 2016 ގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު އެބަސްވުމެއްގައި ސޮއިކޮށް މަސައްކަތް ހަވާލުކުރިއެވެ. މިމަޝްރޫއުގެ ދަށުން މާލޭގައި ކާރު ޕާކް ކުރަން 10 ސިސްޓަމް އަދި ސައިކަލް ޕާކް ކުރަން ވެސް 10 ސިސްޓަމް ބަހައްޓަން ނިންމާފައިވެއެވެ. ނަމަވެސް މާލޭގައި ބެހެއްޓީ 4 ޕާކިން ސިސްޓަމްއެވެ. ބާކީ ސިސްޓަމްތަކަށް ވީގޮތެއް ނޭނގެއެވެ. އޭގެ ތެރެއިން ވެލާނާގެ ކައިރީގައި ކާރު ޕާކުކުރުމަށް ބެހެއްޓި ސިސްޓަމް 5 ޖެނުއަރީ 2017 ގައި ޓެސްޓު ކުރުމަށް ފަހު، ދެން އެސިސްޓަމް ބޭނުންނުކޮށް ބެހެއްޓުމުގެ ސަބަބުން ދަބަރަށްވެ ހަލާކުވެގެން ދިޔައީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
މަދިރި ކޮންޓްރޯލްކުރުމަށް ފޮގްކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފަށައިފި