Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް

ފުރިހަމަ އެއްބާރުލުމާއެކު އިންޓެލިޖެންސް އޮޑިޓް ބާރު ސްޕީޑްގައި ކުރިއަށް

18 މެއި 2021 | އަންގާރަ 17:51

އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހަދަނީ ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓަރނީ ޖެނެރަލް ހިމެނޭހެން 4 މެމްބަރުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 18 މެއި 2021 | އަންގާރަ 17:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ދަނީކުރަމުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ދަނީކުރަމުން

އިންޓެލިޖެންސް އިދާރާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު އިންޓެލިޖެންސް އޮޑިޓް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ރައީސް އޮފީހުން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، 8 މެއި 2021 ވަނަ ދުވަހު ބޭއްވުނު ޤައުމީ ސަލަމާތާބެހޭ މަޖިލީހުގެ 7 ވަނަ ބައްދަލުމުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައއިވާކަން ފާހަގަކޮށްފައެވެ. އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓަރނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާވަނީ 4 މެންބަރުންގެ ކޮމިޓީއެއް 11 މޭ 2021 ވަނަ ދުވަހު އުފައްދަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ބުނީ، ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ޙިއްޞާކުރުމާއި ޤާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ޙިއްޞާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުންކަމަށެވެ. މީގެ އިތުރުން، ޓެރަރިޒަމްގެ ޢަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މަޢުލޫމާތު ޙިއްޞާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަޞީލަތްތައް ހުރި މިންވަރާއި، ތަންފީޛުކުރުމުގައި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ދެނެގަތުންވެސް ކޮމިޓީގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ވަނީ ބުނެފައެވެ. ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށް ރައީސް އޮފީހުން ބުނެއެވެ. ކޮމީޓީއަށް ބޭނުންވާ މަޢޫލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް ފޯރުކޮށްދަމުންގެންދާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ފުރާނަ ދުއްވާލަން ބަޔަކު މަސައްކަތް ކުރާ ކަމަށް އާންމު މީހަކު ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މިނިސްޓަރ މާރިޔާއަށް ގުޅުއްވީ ރައްޔިތުންގެ މަޖިލީހާއިި އެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރެކެވެ. އޭނާ ވަނީ މިނިސްޓަރަށް ފޯނުން ގުޅުއްވައި 3 މިލިއަން ޑޮލަރަށް ރައީސް ނަޝީދަށް ބަޔަކު ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަން ހިއްސާ ކުރައްވާފައެވެ. އެކަމާ ގުޅިގެން މިނިސްޓަރ މާރިޔާ ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ކަންކަން އެމްއެންޑީއެފުން ބަލަމުންދާނެ ކަމަށް ވިދާޅުވެ އެކަމަކީ ޖިނާއީ ކަމަކަށް ވުމުން މެންބަރުވެސް އެކަން ފުލުހުންނަށް އެންގެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. މި މައުލޫމާތު ކަށަވަރު ކުރުމަށް ރާއްޖެއެމްވީން ގުޅާލުމުން މިނިސްޓަރ މާރިޔާ ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅިގެން މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މުޖާޒް އަހުމަދު، މއ. ފޭރުގެ، އާއި ގއ. ކޮނޑޭއަށް އުފަން 32 އަހަރުގެ ތަހުމީން އަހުމަދެވެ. ތަހުމީން އަހުމަދަކީ އައިއީޑީ ހަރުކުރެވިފައިވާ ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ރައީސް ނަޝީދަށް ހަމަލާދިން އައިއީޑީ ގޮއްވާލިކަމަށް ތުހުމަތުކުރެވޭ ވ. ތިނަދޫ، ހިޔާ 25 އަހަރުގެ އަދުހަމް އަހުމަދު ރަޝީދުވެސް ވަނީ ހުޅުމާލެއިން ހައްޔަރުކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ މިވަގުތައް މި މައްސަލައިގައި ތަހުޤީޤަށް ހައްޔަރުކުރަން ޖެހޭ އެންމެން ހައްޔަރުކޮށް ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އިތުރު ބަޔަކުވެސް މިކަން ހިންގުމުގައި އުޅުނުކަމަށް ބެލެވި "ޕަރސަން އޮފް އިންޓްރެސްޓް"ގެ ގޮތުގައި އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. އޭސީޕީ ރިޔާޒް ވަނީ ތަހުގީގާއި ގުޅިގެން ހޯދޭ ހޯދުންތައް އެކަށީގެންވާ ގޮތުގައި ތަފްސީލުކޮށް ހާމަކުރަމުންދާނެކަމަށް ވިދާޅުވެފައެވެ. އެގިތުން މި މައްސަލަ އެކި އޭންގަލްތަކުން ދަނީ ބަލަަމުންދާއިރު، ރައީސް ނަޝީދު ގެއިން ނުކުމެވަޑައިގެންނެވި ގަޑި އަދުހަމްއަށް އެނގުނު ގޮތް މިވަގުތު ބަލަމުންދާކަމަށް ވިދާޅުވިއެވެ.

ރިޔާޒް ވަނީ މި މައްސަލައިގެ ތަޙުޤީޤު އަދި އޮތީ ވަރަށް ޅަފަތުގެ މަރުޙަލާއެއްގައިކަމަށް ވިދާޅުވެފައެވެ. ޖިނާއީ މައްސަލަތަކުގައި ދައުވާކުރަން ހުށަހަޅަން ވަކި ޓައިމްފްރޭމްތަކެއް ދީފައިވާކަން އޭސީޕީ ފާހަގަކުރެއްވިއެވެ. މި މައްސަލައަކީ ވަރަށް ގިނަ ކަންކަން ބަލާ ގިނަ ހޯދުންތައް ހޯދަންޖެހޭ މައްސަލައެއްކަމުގައިވާއިރު، ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ދަޢުވާކުރެވޭނެ ދުވަހެއް އަދި ދަންނަވަން ނޭންގޭކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2024

މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

13 މާރިޗު 2024
މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި
29 ނޮވެމްބަރު 2023

މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

29 ނޮވެމްބަރު 2023
މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި
23 އޮކްޓޯބަރު 2023

މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން

23 އޮކްޓޯބަރު 2023
މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން
29 އޯގަސްޓު 2023

ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް

29 އޯގަސްޓު 2023
ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް
25 މެއި 2023

މެއި 6ގެ ހަމަލާއާ ގުޅުވައިގެން ދޮގު ވާހަކަ ދައްކާނަމަ މައްސަލަ ބަލާނަން: ސަރުކާރު

25 މެއި 2023
މެއި 6ގެ ހަމަލާއާ ގުޅުވައިގެން ދޮގު ވާހަކަ ދައްކާނަމަ މައްސަލަ ބަލާނަން: ސަރުކާރު
23 މެއި 2023

އައްބާސް ޝަރީއަތަށް ހާޒިރު ނުކުރެވިގެން އެންމެ ފަހުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަނީ

23 މެއި 2023
އައްބާސް ޝަރީއަތަށް ހާޒިރު ނުކުރެވިގެން އެންމެ ފަހުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަނީ
21 މެއި 2023

މެއި 6 ހަމަލާ: ތަހުމީނަށް ކުރާ ދައުވާގައިވެސް، ޝަރީއަތުގެ ކުރީގެ މަރުހަލާ ނިންމާލައިފި

21 މެއި 2023
މެއި 6 ހަމަލާ: ތަހުމީނަށް ކުރާ ދައުވާގައިވެސް، ޝަރީއަތުގެ ކުރީގެ މަރުހަލާ ނިންމާލައިފި
10 މެއި 2023

މެއި 6 ޙަމަލާ: މުއްދަތުގެ ތެރޭގައި ދިފާއީ ހެކި ހުށަހެޅިފައިނުވަނީ ތަހުމީނުގެ އިހުމާލަކުން ނޫން

10 މެއި 2023
މެއި 6 ޙަމަލާ: މުއްދަތުގެ ތެރޭގައި ދިފާއީ ހެކި ހުށަހެޅިފައިނުވަނީ ތަހުމީނުގެ އިހުމާލަކުން ނޫން
17 މާރިޗު 2023

މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު

17 މާރިޗު 2023
މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު
24 ފެބުރުއަރީ 2023

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ: ރެކޮމެންޑޭޝަންތަކާ ގުޅިގެން ރައީސް އޮފީހާ ބައްދަލުކުރަނީ

24 ފެބުރުއަރީ 2023
ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ: ރެކޮމެންޑޭޝަންތަކާ ގުޅިގެން ރައީސް އޮފީހާ ބައްދަލުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް