Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ކޮވިޑް-19ގެ ހާލަތު

އައިޖީއެމްޗްގެ ހިޔާ ވިންގް، ކޮވިޑަށް ފަރުވާދިނުމަށް ބޭނުންކުރަން ފަށައިފި

ހިޔާ ވިންގްގެ ނުވަ އެނދުގެ ތެރެއިން ހަތަރު އެނދުގައި ދަނީ ބަލިމީހުންނަށް ފަރުވާދެމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 18 މެއި 2021 | އަންގާރަ 07:26
އައިޖީއެމްއެޗް ހޮސްޕިޓަލް

އައިޖީއެމްއެޗް ހޮސްޕިޓަލް

އައިޖީއެމްއެޗްގެ ހިޔާ ވިންގް ގައި ކޮވިޑް-19 އަށް ފަރުވާދޭން ފަށައިފިކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެ ވޯޑުގައި ހުރި ނުވަ އެނދުގެ ތެރެއިން ހަތަރު އެނދުގައި މިވަގުތު ބަލިމީހުންނަށް ފަރުވާދެމުންދާކަމަށެވެ. އަދި ކުރިއަށް އޮތްތާގައި އައިޖީއެމްއެޗްގެ އިތުރު ވޯޑް ތަކުގައި ކޮވިޑަށް ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ޑީއެޗް 11 ގައި ހަ މީހުންނަށް ފަރުވާދެމުންދާ ކަމަށާއި އައިސީޔޫގައި ފަރުވާދެމުންދާ މި 6 މީހުންގެ ތެރެއިން ފަސް މީހުންނަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރަށް ލައިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޑީއެޗް 16 ގައި ދެ މީހުންނަށް ފަރުވާދެމުންދާއިރު، ޑީއެޗް 17ގައި 8 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 190 މީހުންނަށް ފަރުވާދެމުންދާއިރު، އޭގެތެރެއިން ވޯޑްގައި ފަރުވާދެމުންދަނީ 182 މީހަކަށެވެ. އަދި 8 މީހަކަށް ދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ. މީގެތެރެއިން ފަ5 މީހުންތިބީ ވެންޓިލޭޓަރުގައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި 36 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

އަތޮޅުތެރޭގެ ފެސިލިޓީތަކަށް ބަލާއިރު، އައްޑޫސިޓީގެ ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާދެމުންދާއިރު، ބ. އޭދަފުށީ ފެސިލިޓީގައި ފަސް މީހުން، ށ. ފުނަދޫ ފެސިލިޓީގައި ނުވަ މީހުން އަދި ލ. ގަމު ފެސިލިޓީގައި 6 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

މިވަގުތު 16،996 މީހުން ރާއްޖޭގައި ކޮވިޑަށް ފަރުވާހޯދަމުން އަންނަ އިރު، 268 މީހަކަށް ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

23 އެޕްރީލު 2022

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

23 އެޕްރީލު 2022
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން
23 ފެބުރުއަރީ 2022

މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

23 ފެބުރުއަރީ 2022
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި
23 ފެބުރުއަރީ 2022

އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

23 ފެބުރުއަރީ 2022
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ
23 ފެބުރުއަރީ 2022

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

23 ފެބުރުއަރީ 2022
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި
12 ފެބުރުއަރީ 2022

މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

12 ފެބުރުއަރީ 2022
މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ
11 ފެބުރުއަރީ 2022

އިތުރު 1406 މީހުން ޕޮޒިޓިވްވެއްޖެ

11 ފެބުރުއަރީ 2022
އިތުރު 1406 މީހުން ޕޮޒިޓިވްވެއްޖެ
07 ފެބުރުއަރީ 2022

އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު 60ށް

07 ފެބުރުއަރީ 2022
އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު 60ށް
06 ފެބުރުއަރީ 2022

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކައަށް އަރައިފި

06 ފެބުރުއަރީ 2022
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކައަށް އަރައިފި
26 ޖެނުއަރީ 2022

ބުދަ ދުވަހު 2805 މީހުން ބަލިން ރަނގަޅުވެއްޖެ

26 ޖެނުއަރީ 2022
ބުދަ ދުވަހު 2805 މީހުން ބަލިން ރަނގަޅުވެއްޖެ
25 ޖެނުއަރީ 2022

ރެކޯޑް އަދަދަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 120،000ށް

25 ޖެނުއަރީ 2022
ރެކޯޑް އަދަދަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 120،000ށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު