Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދިރާގުގެ ޚިދުމަތް

ދެގޮތެއްނުވެ ދިވެހިންގެ ޚިދުމަތުގައި ދިރާގު

17 މެއި 2021 | ހޯމަ 14:04

ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ރާއްޖޭގެ 80 އިންސައްތައަށް ދަނީ ފޯރުކޮށްދެމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 މެއި 2021 | ހޯމަ 14:04
ދިރާގު

ދިރާގު

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ރައްޔިތުންނަށް މުވާސަލާތީ ޚިދުމަތް ދިނުމުގައި ދެގޮތެއް ނުވެ ދެމިއޮތީ ދިރާގެވެ. ދިރާގުން ދެމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންނުކޮށް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ކޮވިޑް-19ގެ ސަބަބުން ދިރިއުޅުމަށް އައި ބަދަލުތަކާއެކު މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިންތިހާއަށް އިތުރުވެގެން ދިޔައެވެ. އިންޓަނެޓާއި ޑިޖިޓަލައިޒްޑް ޚިދުމަތްތަކަށް އޮތް ޑިމާންޑު އިތުރުވެގެންދިޔައެވެ.

އެދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން އަތުކުރި އޮޅާލިއެވެ. މުވާސަލާތީ ޚިދުމަތުގެ ދުވަސް ފާހަގަކުރަމުންދާއިރު، އަހަރުގެ ޝިއާރުކަމަށް ކަނޑައަޅާފައިވާ "އެކްސެލެރޭޓިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އިން ޗެލެންޖިން ޓައިމްސް" އަށް ދިރާގުން ދަނީ މިހާރުވެސް މަސައްކަތްކުރަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެ ލޮކްޑައުނަކަށް ދިއުމާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތްތަކަށް އެންމެ ފަސޭހައިން ބޭނުން ކުރެވޭނެ ގޮތްތައް ދިރާގުން އިންތިޒާމުކުރިއެވެ. ކަސްޓަމަރުންނަށް އެންމެ ބޭނުންވާނެ ގޮތަށް، ޖީބަށް ލުއި ޚިދުމަތްތައް ފޯރުކޮށްދިނެވެ. ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޭނުންވާނެ ތަފާތު ޚިދުމަތްތައް ތައާރަފްކޮށް ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކުރުމުގެ މަސައްކަތް ދިޔައީ ހުއްޓާނުލާ ކުރިއަށެވެ. ގޭގައި ތިބެގެން މޫނިފޫހިފިލުވައި، ތައުލީމު ހާސިލްކޮށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނެވެ.

ބަލިމަޑުކަމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ދިރާގުގެ މަސައްކަތްތައް ހުއްޓައެއް ނުލައެވެ. ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލީ ކަސްޓަމަރުންގެ ފައިދާއަށް ވިސްނައިގެންނެވެ. މަސައްކަތްތައް މަޑުޖައްސާލައި، ބަލިމަޑުކަން ނިމުމުން ޚިދުމަތްތައް ފުޅާކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އަބަދުވެސް ބޭނުންވީ އެންމެ އަވަހަށް، އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމެވެ. ތަފާތު އެކި ޕެކޭޖްތަކާއި ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިންނެވެ.

ދިރާގުން މިހާރު ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް ބަލާއިރު، ދިރާގު ފިކްސްޑްބްރޯޑްބޭންޑްގެ ޚިދުމަތް ރާއްޖޭގެ 80 އިންސައްތައަށް ދަނީ ފޯރުކޮށްދެމުންނެވެ. އެވަގުތަކަށް ކަސްޓަމަރުންނަށް ބޭނުންވާ ޕްރޮމޯޝަންތައް ތައާރަފްކޮށް، ފަސޭހައިން ހުރިހާ ފަރާތްތަކަށްވެސް އިންޓަނެޓް ގުޅާދިނުމުގެ މަސައްކަތް ދަނީ ކޮށްދެމުންނެވެ. އޭގެ އިތުރުން 100ށް ވުރެ ގިނަ ޗެނަލްތަކާއެކު ދިރާގުޓީވީގެ ޚިދުމަތް މިހާރު ރާއްޖޭގެ 77 އިންސައްތައްއަށް ދަނީ ފޯރުކޮށްދެމުންނެވެ. މާލެ ސަރަހައްދުގައި ފޯރުކޮށްދެމުން އަންނަ މޯބައިލް ކަވަރޭޖްގެ ޚިދުމަތް ފުޅާކޮށްފައިވާއިރު، އެމްއެސްސީ ކޭބަލްގެ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ.

ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ޑޭޓާ ޕެކޭޖްތައްވެސް ވަނީ އިތުރަށް ފުޅާކޮށްފައެވެ. އަދި ބީ2ބީގެ ޚިދުމަތްތައް ފުޅާކުރުމަށް އީޑަބްލިއުއޭއާރް އަދި ވޫހޫގެ އިތުރުން އިކޯސިސް އާއި ކްލައުޑް ބެކްއަޕް އެންޑް ރިކަވަރީގެ ޚިދުމަތް ވަނީ ތައާރަފްކޮށްފައެވެ. ގޭގައި ތިބެގެން އޮންލައިންކޮށް ކިޔަވެމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެޑިއު ޒޯން ތައާރަފްކޮށްފައިވާއިރު، ހިތްހަމަޖައްސާލައި މަޖާކޮށްލުމަށް ދިރާގުޕްލޭ އަދި ނައުއެމްވީ ވެސް އެކުންފުނިން ވަނީ ތައާރަފްކޮށްދީފައެވެ. މިހުރިހާ ޚިދުމަތެއް ރާއްޖޭގެ އެކި ހިސާބުތަކަށް ދިރާގުން ފޯރުކޮށްދެނީ އެއް އަގުތަކެއްގައެވެ.

ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމުގެ ގިނަ އިންވެސްޓްމަންޓްތައް ކުރަމުން ދިޔައިރު، ކަސްޓަމަރުންނާ ގުޅިގެން ގާތުން މަސައްކަތް ކުރުމަށް ޚާއްސަ އިސްކަމެއްދެއެވެ، ކުންފުނީގެ ފަރާތުން މުޖުތަމައަށް އެހީތެރިވުމަށް ކޮށްދެވޭނެ މަސައްކަތްތަކުގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ޒުވާނުންނަށް ޚާއްސަކޮށްގެން ގަރލްސް ޓު ކޯޑް އަދި ސްޕާރކްސް ހަބް ސީޑްގެ މަސައްކަތް ވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.

ދިވެހިންނަށް ޚިދުމަތްކޮށްދިނުމުގައި ދިރާގުން 32 އަހަރު ހޭދަކޮށްފައިވާއިރު، ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ދިވެހިންގެ ޑިޖިޓަލް ޚިދުމަތުގެ ތަޖުރިބާ އިތުރަށް ފުޅާކުރުމުވެ. ކޮންމެ ހާލަތެއްގައިވެސް ދިވެހިންނާ އެންމެ ގާތުން މަސައްކަތްކުރުމުގައި ދެގޮތެއް ނުވެ ދިރާގު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެކުންފުނިން ދެއެވެ.

ދިރާގު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު
23 އޮކްޓޯބަރު 2025

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!
22 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ

22 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ
01 އޮކްޓޯބަރު 2025

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

01 އޮކްޓޯބަރު 2025
ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް
10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް