Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ ހޮވުން

މާލޭގެ ޑެޕިޔުޓީ މޭޔަރު ހޮވުން ފަސްކޮށްފި

17 މެއި 2021 | ހޯމަ 07:55

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭ ގޮތަށް 19 މެމްބަރުން ތިބޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 މެއި 2021 | ހޯމަ 07:55
މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ކާމިޔާބުކުރުމަށްފަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ކާމިޔާބުކުރުމަށްފަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | މިހާރު

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަނޑައެޅުން ފަސްކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރ ކަމަށް ހޮވިވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒާއި ސިޓީ ކައުންސިލްގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ވަނީ ބާއްވާފައެވެ. މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސިޓީ ކައުންސިލްގެ ހެޑް އޮފީހުގައި ކުރީގެ މޭޔަރު ޝިފާ މުހައްމަދާ އެކު އިންނެވިއިރު އެހެން ކައުންސިލަރުން ރަސްމިއްޔާތުގައި ބައިވެރިވީ އޮންލައިންކޮށެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ގެނައި ބަދަލާއެކު ކައުންސިލްތަކުގެ ނާއިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުން އަދި ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކުރާނީ ކައުންސިލަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އެކަން އޮންނަނީ ހުވާ ކުރެއްވުމަށް ފަހު ބާއްވާ ފުރަތަމަ ބައްދަލުވުމުގައެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައި ވަނީ ހުރިހާ ކައުންސިލަރުން ބައިވެރިވާ ބައްދަލުވުމެއްގައި ނަގާ ސިއްރު ވޯޓަކުން ޑެޕިއުޓީ މޭޔަރު ހޮވުމަށް ކަމަށެވެ. މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން މިވަގުތު ތިއްބެވީ ކޮވިޑާ ހެދި ކަރަންޓީންގައެވެ. އެހެންވެ ޑެޕިއުޓީ މޭޔަރު ހޮވުން ފަސްކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ވަކި ތާރީޚެއް ވިދާޅެއްނުވެއެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭ ގޮތަށް 19 މެމްބަރުން ތިބެއެވެ. އޭގެ ތެރެއިން 12 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިންނެވެ. އެ ކޯލިޝަނަށް ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިފައިވާއިރު މިހާރު އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މެމްބަރަކު ހޮވުމުގައެވެ.

ޑެޕިއުޓީ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރު އާއި ހުޅުމާލެ ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝްއެވެ. ޑެޕިޔުޓީ މޭޔަރުކަމުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ޝުޖާ ހޮވަން މަސައްކަތް ކުރާއިރު އަނެއް ބައި ބޭފުޅުން ބޭނުންވަނީ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް ހަމަޖެއްސުމަށެވެ.

މާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
16 މާރިޗު 2026

ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން

16 މާރިޗު 2026
ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން
10 މާރިޗު 2026

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު
10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
09 މާރިޗު 2026

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް
08 މާރިޗު 2026

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި
03 މާރިޗު 2026

މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

03 މާރިޗު 2026
މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟
28 ފެބުރުއަރީ 2026

ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

28 ފެބުރުއަރީ 2026
ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!
26 ފެބުރުއަރީ 2026

މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރ އަރީޝް އާ ހަވާލާދީ ފަތުރަމުންދަނީ ދޮގު ހަބަރެއް: މާލެ ސިޓީ ކައުންސިލް

26 ފެބުރުއަރީ 2026
މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރ އަރީޝް އާ ހަވާލާދީ ފަތުރަމުންދަނީ ދޮގު ހަބަރެއް: މާލެ ސިޓީ ކައުންސިލް
26 ފެބުރުއަރީ 2026

މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!

26 ފެބުރުއަރީ 2026
މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް