Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

ކައުންސިލް އިންތިހާބަށް ބޭނުންވާ އިތުރު ފައިސާ ލިބިއްޖެ: ޝަރީފް

އިތުރަށް ބޭނުންވާނެ ކަމަށް ލަފާކުރެވެނީ 29.8 މިލިއަން ރުފިޔާގެ ބަޖެޓެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 15 މާރިޗު 2021 | ހޯމަ 13:57
އިލެކްޝަން

އިލެކްޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ އިތުރު ފައިސާގެ ބަޖެޓު ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ދީފައިވާ ބަޖެޓުގެ އިތުރަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ 29.8 މިލިއަން ރުފިޔާގެ ބަޖެޓު އިލެކްޝަންސް ކޮމިޝަނަށް ހޯމަ ދުވަހު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރު ބާއްވަން ތާވަލްކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19ގެ ސަބަބުންނެވެ. އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހަށް އިންތިހާބު ތާވަލްކޮށްފައިވާއިރު ކޮވިޑް-19ގެ ސަބަބުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތަކާއެކު އިންތިހާބު ބާއްވާތީ އިންތިހާބަށް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ. އެގޮތުން އިންތިހާބަށް މީގެ ކުރިން ކަނޑައަޅާފައިވާ 51 މިލިއަން ރުފިޔާގެ އިތުރަށް 42 މިލިއަން ރުފިޔާ ބޭނުންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހާއެކު ބޭއްވި މަޝްވަރާތަކަށް ފަހު ކޮމިޝަނުން ވަނީ އެ އަދަދު 29.8ށް ތިރިކޮށްފައެވެ.

އެކަމާ ގުޅިގެން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "ރާއްޖެ އެމްވީ"އަށް ވިދާޅުވީ ބަޖެޓު ލިބުނުނަމަވެސް މި ދަނޑިވަޅުގައި އެހާބޮޑު ހަރަދެއް ކުރަން ޖެހުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ޝަރީފް ވިދާޅުވީ ފުރަތަމަ ލަފާކުރި އަދަދު ކުޑަކުރީވެސް ވަރަށް ގިނަ ކަންކަން މަދުކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ އެހާ ބޮޑު އިތުރު ހަރަދެއް ހިނގަނީ ސަލާމަތީ ކަންކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން އެޗްޕީއޭއިން އަންގާފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރާއިރު، ކޮންމެ ފޮއްޓަކަށް ވޯޓުލާ މީހުން އަދަދު މަދުކުރަން ޖެހޭކަމަށާއި އޭގެ ސަބަބުން ވޯޓު ފޮށިތަކާއި އޮފިޝަލުންވެސް އިތުރުކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނައިރު އަދިވެސް އޮފިޝަލުން ހަމަނުވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިކަން ހުރި މީހުން ވީހާވެސް އަވަހަށް އެކަމަށް ކުރިމަތިލުމަށް އެދިވަޑައިގެންނެވިއެވެ. ޝަރީފް ވިދާޅުވީ ކޮވިޑް-19ގެ ހާލަތަށް ބަލައި އޮފިޝަލުންގެ ބެކްއަޕް ޓީމެއްވެސް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި އެކަންވެސް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށް އޭޕްރިލް މަހުގެ 10ގައި އިންތިހާބު ބޭއްވުމަށް ތައްޔާރީތައްވަމުން އަންނައިރު މި ހާލަތުގައި ޕާޓީތަކަށް ކެމްޕޭން ކުރުމުގެ އެންމެ ރަނގަޅު ފުރުސަތުވެސް ނުލިބެއެވެ. އެގޮތުން ރަށްރަށަށް ގޮސް ކެމްޕޭން ކުރުމުގެ ފުރުސަތު މި އިންތިހާބުގައި ގެއްލިފައިވާއިރު ހުރިހާ ޕާޓީއަކުންވެސް އޮންލައިންކޮށް ކެމްޕޭންކުރުމަށް ކޮމިޝަނުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޙާބު 2021އަހުމަދު ޝަރީފް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު