Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ކޯލިޝަން

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ކެންޑިޑޭޓްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނަން: އިދިކޮޅު ކޯލިޝަން

ޖިންސީ ފިރައްސާރައިގެ ތުހުމަތު ކުރަނީ ޕީޕީއެމްގެ ފަރާތުން ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުގެ މައްޗަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 18 މާރިޗު 2021 | ބުރާސްފަތި 18:23
އިދިކޮޅު ކޯލިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-

އިދިކޮޅު ކޯލިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓެއްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު އޮތުމުން އެކަން ރަނގަޅަށް ބަލާ ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅު ކޯލިޝަން އިން ބުނެފިއެވެ.

ކޯލިޝަން ކެންޑިޑޭޓްއެއްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ދައުވާއެއް އޮތްކަމަށް އަޑު ގެތުރިފައި ވަނިކޮށް އެ ކޯލިޝަން އިން ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ފުރައްސާރަ އަކީ އެއްވެސް އިރެއްގައި ޕާޓީން ތަރުހީބުދީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށް ބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

ބަޔާނުގައި ބުނީ ޕީޕީއެމްގެ ފަރާތުން ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ ކޯލިޝަންގެ ސަމާލުކަމަށް އައިސްފަވާ ކަމަށެވެ. އަދި ކޯލިޝަންގެ ގާނޫނީ ޓީމުން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޯލިޝަން އިން ބުނީ ކުށެއްގައި މީހަކު ހައްޔަރުކުރުމަކީ އެމީހަކަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމެއް ނޫންކަން އިލެކްޝަންސް ކޮމިޝަންނުން ހާމަކޮށްފައިވާ ކަމަށެވެ. އެކަމަކު ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ކުޑަ ކަންކަން ނޫން ކަމަށާއި އެފަދަ މައްސަލަތައް އަވަސްކޮށް އެކަންކަމާ މެދު ގޮތް ނިންމުން އަވަސް ކުރުމަށް ކޯލިޝަން އިން އަބަދުވެސް ބާރު އަޅާ ކަމަށެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމްލޯކަލް ކައުންސިލް އިންތިޙާބު 2021އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު