Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

މޮނިޓަރިންގގެ ހާލަތުގައި އޮންނަ ރަށްތަކުގައި ވޯޓްލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އީސީއިން ކުރާނެ: ކޮމިޝަންގެ ރައީސް

އެ ރަށަކާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއެކު މަޝްވަރާ ކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މާރިޗު 2021 | ބުދަ 08:20
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަނީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަނީ

މޮނީޓަރިންގގެ ހާލަތުގައި އޮންނަ ރަށްތަކުގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓްލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ މި ދަނޑިވަޅުގައި ވަރަށް ގިނަ ރަށްތައް މޮނީޓަރިންނަށް ލަމުންދާ ކަމަށެވެ. އަދި އިންތިހާބު ދުވަސްވަރާ ދިމާކޮށް ރަށެއް މޮނީޓަރިންގގެ ހާލަތަށް ގެނެސްފިނަމަ، އެ ރަށަކާ މެދު އަމަލު ކުރާނެ ގޮތުގެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަކީ ޒަރޫރީ ކަމެއް ކަމަށް އެޗްޕީއޭ އަށް ވެސް ފެންނާތީ، މިހާރު މަޝްވަރާ ކުރެވިފައި އޮތް ގޮތުން އެ ރަށަށް އެ ބޭނުންވާ ވޯޓް ފޮއްޓާއި ސާމާނުތައް ޖެޓީ މަތިން އިލެކްޝަންގެ މުވައްޒަފުން އެ ރަށަށް ނުފައިބާ، ފޯކަލް ޕޮއިންޓުތަކާއި އޮފިޝަލުންނާ ހަވާލު ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވަައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކު ނުވަތަ ކަރަންޓީންގައި ހުރި މީހަކަށް ވޯޓުލުމުގެ އުސޫލު އެޗްޕީއޭއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި އެ އުސޫލު ފާސް ކުރުމުން އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންތިހާބަށްޓަކައި އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފައެވެ. ޝަރީފް މީގެކުރިން ވިދާޅުވެފައިވަނީ ވޯޓުލުމަށް ރަޖިސްޓަރކޮށްފައިވާ ފޮށީގެ ސަބަބުން 8000 މީހެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ރަޖިސްޓަރީ ކުރުން ކުރިއަށްދާނީ 2021 މާރޗު 23 ވާ އަންގާރަ ދުވަހުން ފެށިގެން 2021 މާރޗު 24 ވާ ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް އާންމުކޮށްފައިވާނެ ކަމަށް އިލެކްޝަންސްގެ އިއުލާނުގައިވެއެވެ.

އިލެކްޝަންސް އިން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޙާބު 2021އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު