އިތިއޯޕިޔާގެ ޕްރޮސޮޕިސް ގަހުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް
13 ނޮވެންބަރ 2025 | ބުރާސްފަތި 15:55
-
712
އިތިއޯޕިޔާގެ ޞަޙަރާއަށް ބަދަލުވަމުންދާ ބިންތަކަށް ޙައްލެއްގެ ގޮތުގައި ތަޢާރަފުކުރެވި، ފުރަތަމަ ފަހަރަށް ތަޢުރީފު ލިބުނު ބޭރު ގަހެއް ކަމުގައިވާ ޕްރޮސޮޕިސް ގަސް، މިހާރުވަނީ އެ ޤައުމުގެ އިރުމަތީ އެފްރިކާގެ ނާޒުކު ޤުދުރަތީ ނިޒާމުތަކަށް ނުރައްކަލެއް ކަމުގައި ވެފައެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަޙައްދުގެ މުޖުތަމަޢުތަކުގެ ދިރިއުޅުމަށް ބިރުވެރި ނުރައްކަލެއް ކުރިމަތިވެފައިވެ އެވެ.
އުމުރުން 55 އަހަރުގެ ޚާދީޖާ ހުމިދު ޕްރޮސޮޕިސް ގަސްތަކުން ފުރިފައިވާ ސަރަހައްދެއްގައި މަޑުކޮށްލައިގެން - ފޮޓޯ: އޭއެފްޕީ
އަމީބާރާ ޑިސްޓްރިކްޓްގެ ރައްޔިތަކު ކޯރުގެ އައްސޭރިފަށުގައި ހުރި ބްރިޖެއް ހުރަސް ކުރަނީ - ފޮޓޯ: އޭއެފްޕީ
އިތިއޯޕިއާގެ އަމިބާރާ ޑިސްޓްރިކްޓްގެ ޕްރޮސޯޕިސް ޖަންގަލީގެ ވަށައިގެންވާ ވިލެޖެއްގެ ބޭރުގައި ޖަނަވާރުން ގެންގުޅޭ މީހަކު - ފޮޓޯ: އޭއެފްޕީ
އަމިބާރާގައި ގުދުރަތީ ފެންސިން މެޓީރިއަލްއެއްގެ ގޮތުގައި މިހާރު އާންމުކޮށް ބޭނުންކުރަމުން އަންނަ ޕްރޮސޯޕިސް ގަސްތަކުގެ ފަހަތުގައި އާއިލާއެއް އެމީހުންގެ ޖަނަވާރުންތައް ގޮވައިގެން - ފޮޓޯ: އޭއެފްޕީ
އަމިބާރާގައި މަސައްކަތް ކުރަމުން ދަނިކޮށް އެންޖީއޯގެ މުވައްޒަފަކު ޗެއިންސޯ ބޭނުންކޮށްގެން ޕްރޮސޯޕިސް ޕްލާންޓެއްގެ މޫތައް ކޮށައި ހަދަނީ - ފޮޓޯ: އޭއެފްޕީ
ޒުވާން ދެ ވޮލަންޓިއަރުން ވަޅި ބޭނުންކޮށްގެން ޕްރޮސޯޕިސް ގަސްތައް ކަނޑާލުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އޭއެފްޕީ